A wide advertisement which will be shown on all devices. (700 x 100)

މިއަހަރު ފުވައްމުލައް ސިޓީގައި ޕޮލިޓެކްނިކްގެ ކެމްޕަހެއް ހުޅުވަނީ

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަހެއް މިއަހރުތެރޭ ފުވައްމުލައް ސިޓީގައި ހުޅުވޭނެ

ފުވައްމުލައް ސިޓީގައި މިއަހަރުތެރޭ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަހެއް ހުޅުވިގެންދާނެކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވެއްޖެއެވެ. ސީއީއޯ އަހުމަދު ނާސިރު މިކަން ހާމަކުރައްވާފައިވަނީ ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޕޮލިޓެކްނިކުން ރާއްޖޭގެ ގެތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. މިކަލް ނޫހަށް މައުލޫމާތު ލިބިފަިއވާ ގޮތުގައި ފުވައމްުލަކުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމަޕހެއް ހިންގުމަށް ހަމަޖެހިފައިވަނީ ކުރިން ނާއިބު އަބޫބަކުރު ސްކޫލް (ހޯދަޑު ސްކޫލް) ހިންގި އިމާރާތުގައެވެ.

އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ވެސް ހޯދަޑު ސްކޫލުގައި ޖޫނިއަރ ކޮލެޖެއް ގާއިމުކޮށް ފަންނީ މަސައްކަތްތަކުގެ ތަމްރީނު ކުރިޔަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރިވިފައިވެއެވެ.

ޕޮލިޓެކްނިކްގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން އިތުރަށް ހުޅުވާ 2 ކެމްޕަސް ކަނޑައަޅާފައި ވަނީ އާބާދީގެ ބޮޑުމިނަށް ބެލުމަށްފަހު، ފުވައްލައް ސިޓީއާއި ގދ. ގައްދޫގައި ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ލާނިން ސެންޓަރެއް ނުވަތަ ކެމަޕަހެއް ހުޅުވުމުގެ ބަދަލުގައި ޕޮލިޓެކްނިކުގެ އަމާޒަކީ ކުދި އާބާދީތަކަށް ޚާއްސަކޮށްގެން މޯބައިލް ޓްރެއިނިންގ ސެޓަޕްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ރާއްޖެއަށް ސްކިލް އެޑިއުކޭޝަން ތަޢާރަފްކޮށް ހިލޭ ކޯސްތައް ހިންގާ ޕޮލިޓެކްނިކްގެ 4 ކެމްޕަސް އާއި 3 ލަރނިންގ ސެންޓަރ މިހާރުވެސް ރާއްޖޭގެ އެކިތަންތަނުގައި ހިންގަމުންދެއެވެ. މިހާރު ޕލޮޓެކްނިކްގެ ކެމްޕަސްތައް ހުރީ މާލެއާއި އައްޑު ސިޓީ ހިތަދޫއާއި، ރ.އަލިފުއްޓާއި ހދ. ކުޅުދުއްފުށިގައެވެ.

ފާއިތުވި ވެރިކަމުގައި ޕޮލިޓެކްނިކުގެ ހާލަތު ވަރަށްބޮޑަށް ދަށެވެގެން ގޮސް ކެމްޕަސްތަކުގައި ހިންގާފައި ހުރީ ވަރަށް މަދު ކޯހެއް އަހުމަދު ނާސީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެ ކޯސްތަކުގެ ފެންވަރު ދަށްކަން ވެސް އަހުމަދު ނާސިރު ފާހަގަކުރެއްވިއެވެ.

ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމުގެ ގޮތުން މިއަހަރުގެ ތެރޭ 10 ކޯހެއް ކުރިއަށް ގެންދިއުމަށް މޯލްޑިވެސް ޕޮލިޓެކްނިކުން ނިންމާފައ ިވެއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްގައި މިޖެނުއަރީ އާއި ފެބްރުއަރީމަހު ރާއްޖޭގެ ހަތަރު ރަށެއްގައި ސެޓްފިކެޓް ލެވެލް 3 އަދި ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކެއް ކުރިއަށްގެންދިއުމަށް ރޭވިފަިއވާމަށް ވިދާޅުވިއެވެ. މި ކޯސްތަކުން މިއަހަރު 4 ހާސް ކުދިން ތަމްރީންކުރުމަށް އަމާޒުކުރެވިފައިއެވެ.

ސީއީއޯ އަހުމަދު ނާސިރ އިތުރަށް ހާމަކުރެއްވި ގޮތުގައި ފާއިތުވި އަހަރު އަހަރު އެޑިއުކޭޝަން  މިނިސްޓްްރީއާއި އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ޕޮލިޓެކްނިކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިހާރު ޕޮލިޓެކްނިކުން ދަސްވެނިވާ ކޮންމެ ކުއްޖަކީ ވެސް ވަޒީފާ ކަށަވަރުވެފައިވާ ކުއްޖެއްކަމަށް ވިދާޅުވިއެވެ. މިކަން ޙާސިލްކުރުމަށް ޕޮލިޓެކްނިކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ކާމިޔާބު މަސައްކަތެއް ކޮށްފައިވާ ކަމަށް އަހުމަދު ނާސިރު ފާހަގަކުރެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !