A wide advertisement which will be shown on all devices. (700 x 100)

ހިމަބިހި ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ދަރިވަރުންނަށް ވެކްސިން ދޭން މަޝްވަރާ ކުރަނީ

ވެކްސިން ފުރިހަމަކުރެވިފައި ވޭ ތޯ ބަލާ! އިހަކުން ނުވި ރައްކަލެއް ފަަކުން ނުވާނެ!

ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ތިބި ހިމަބިހި (މީސަލްސް) ވެކްސިންގެ 2 ޑޯޒު ފުރިހަމަ ނުކުރާ ދަރިވަރުންނަށް ވެކްސިން ދިނުމާއި ގުޅޭ ގޮތުން ސްކޫލްތަކުގެ ވެރިންނާއި ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ބައްދަލުކޮށްފިއެވެ. މިއަދު ފުވައްމުލަކު ހޮސްޕިޓަލުގައި ބޭއްވި މިބައްދަލުވުމުގައި ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވީ ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދެވެ.

މި ބައްދަލުވުމަށްފަހު ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވާފައި ވަނީ ދިވެހިރާއްޖޭގައި ފެތުރެމުންދާ ހިމަބިހި (މީސަލްސް) ބަލިން ރައްކާތެރިވުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށްނަށް ވެކްސިން ދިނުމާއި ގުޅޭ ގޮތުން ސްކޫލްތަކުގެ އިސްފަރާތްތަކާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މީސަލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުކުރާ ދަރިވަރުންނަށް ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމަށް ސްކޫލްތަކުގެ ވެރިން އެއްބަސްވެފައިވާ ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

މިއީ ސްކޫލްތަކުގެ ވެރިން ބާރު އެޅުމަށްވުރެ ބޮޑަށް ކޮންމެހެން ކަށަވަރުކުރަން ޖެހޭ ކަމެއްކަމަސ ްމިކަލް ނޫހަސް މައުލުޟާތު ދިން ފުވައްުލކުގެ އާއްމު ރައްޔިތަކު ބުންޏެވެ. ދިވެހި ސަރުކާރުން ކަނޑައަޅާފައިވަނީ ވެކްސިން ފުރިމަނުކޮށް ސްކޫލްތަކަށް ދަރިވަރުންނަށް ނުވަދެވޭނެ ކަަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ހުރިހާ ސްކޫލެއްގައި ވެސް ވެކްސިން ޖެހުމާއި ދެކޮޅުހަދައި ވެކްސިން ނުޖާހާ ތިބި ކުދިން އެބަތިބި ކަމަށް މިކަލްނޫހަށް އިތުބާރުހިފޭ މައުލޫމާތު ތަކެއް ލިބިފައި ވެއެވެ.

އެމީހުން ސްކޫލްތަކަށް ވަނީ ކިހިނެތް ކޮން ގޮތަކުން ތޯ ސުވާލު އުފެދެއެވެ. ސްކޫލަށް ކުދިން ވައްދާއިރު ވެކްސިން ކާޑު ފުރިހަމަތޯ ޔަގީން ކުރަން ޖެހެއެވެ.

ރާއްޖޭގައި ވެކްސިން ޖެހުމާއި ދެކޮޅު ހަދާކަމަށް ބޮޑަށް އަޑުއިވެނީ ދީނީ ވަކި ފިކުރުތަކެއް ގެންގުޅޭ މީހުންގެ ގްތޫޕްތަކުން ކަމަށް ވެއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ރާއްޖޭއިން އަލުން ފެނިފައިވަނީ ވެކްސިން ނުދީ ތިބި ކުދިންތަކެއްގެ ގައިންނެވެ. މިދުވަސްކޮޅު ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަމަށާއި އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މީސަލްސް ވެކްސިން ޖަހަން ފެށީ 1980ގެ އަހަހަރުތަކުގައެވެ. އެއިގެ ކުރިން އުފަންވެފައިވާ މީހުންނަށް މީސަލްސް ވެކްސިން ނުޖެހި ހުރުމުގެ ފުރުސަތު ބޮޑެވެ.

ވެކްސިން ފުރިހަމަ ނުކުރާ ދަރިވަރުނަނަށް ވެކްސިން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން -ފުވައްމުލަކު ހޮސްޕިޓަލުގައި

1980-2007 އާއި ދެމެދު އުފަންވެފައިވާ މީހުންނަށް މީސަލްސްގެ 1 ޑޯޒް، 9އެމް ފުރިހަމަ ކުރެވިފައި ހުރުމުގެ ފުރުސަތު ބޮޑެވެ.

2005-2006 އަދި 2017 ގައި އެމްއާރު ވެކްސިން ކެމްޕޭނެއް މުޅި ރާއްޖޭގައި ހިންގާފައިވެއެވެ. އަދި 2007 އަކީ ރާއްޖެގައި އެމްއެމްއާރު ވެކްސިން ކެމްޕޭނެއް ކުރިޔަށްގެންދިޔަ އަހަރެކެވެ. މިދެކެމްޕޭނުން ވެކްސްިން ޖަހާފައި ހުރިނަމަ މީސަލްސްގެ 2 ޑޯޒް ފުރިހަމަކުރެވިފައި ވާނެއެވެ.

ކުރިން މީސަލްޖެހި ރަންގަޅުވެފައިވާ މީހުން ވެސް އެ ވެކްސިން ޖަހާކަށް ނުޖެހޭނެއެވެ. އމީހުންގެ ދިފާއީ ނިޒާމުގައި މީސަލްސްއިން ދިފާއުވުމުގެ ބާރު އެކުލެވިގެން ވާނެތީއެވެ. އެހެން ނޫންނަމަ ރަކާތިރިކަން ބޮޑީ އަވަހަށް މީސަލްސް ވެކްސިބް ޖެހުމެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !