25 ފެބުރުއަރީ 2020 ( އަންގާރަ )

banner

ގާނޫނަށް މިގެނެވުނު ބަދަލާއެކު ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިކަމެއް ލިބިގެންދަނެ.

ގާނޫނަށް ގެނައި އިސްލާހާއެކު ބައެއް ވިޔަފާރި ހުއްދަތައް ނަގަން ނުޖެހޭގޮތަށް އަމަލުކުރަން ފަށައިފި

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހަށް މި ޖެނުއަރީ މަހު 4 އިން ފެށިގެން އަމަލުކުރަން ފެށުމާއި ގުޅިގެން ކުރިން ހުއްދަ ނަމަމުން އައި ބައެއް ކަންތައްތައްތަކަށް ހުއްދަ ނަގަން ނުޖެހޭގޮތަށް އަމަލުކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކުރިން އެކައުންސިލް މެދުވެރިކޮށް ދޫކުރަމުން އައި ބައެއް ހުއްދަތައް އިކޮނޮމިކް މިނިނސްޓރީން ދޫކުރުން ހުއްޓާލުމާއި ގުޅިގެން އެކައުންސިލުން ވެސް އެހުއްދަތައް ދޫކރުުން ވަނީ ހުއްޓާލާފައެވެ. އެގޮތުން މިހާރު ދޫކުރުން ހުއްޓާލާފައިވާ ހުއްދަތަކަކީ:

އިމްޕޯރޓް މުދަލުގެ ވިޔަފާރި ކުރުމުގެ ހުއްދަ

ސައި ހޮޓާ ހިންގުމުގެ ހުއްދަ

ރެސްޓޯރަންންޓް ހިންގުމުގެ ހުއްދަ އަދި

ކެންޓީން ހިންގުމުގެ ހުއްދަ ކަމަށް އާއްމުކޮށްފައިވާ  އިއުލާނުގައި ވެއެވެ.

މިއާއެކު އެހުއްދަތަކަށް ކުރިން ބަލައިގަންނަމުން އައި މަހު ފީ ބަލައިގަތުން ވެސް ވަނީ ހުއްޓާލާފައެވެ.

މިއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓރީ ކުރުމުގެ ގާނޫނު (ގާނޫނު ނަމްބަރު 18/2014) ގައި ބުނާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނާރޝިޕެއް، ނުވަތަ ކޯޕަރޓިވް ސޮސައިޓީއެއް ރަޖިސްޓރީކޮށްގެން ވިޔަފާރި ކުރިޔަށް ގެންދެވޭނެ ކަމަށް ވެއެވެ. އަދި އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

ނަމަވެސް ކަމާއި ގުޅުންހުރި އެހެން ދާއިރާތަކުން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނެއެވެ. އެގޮތުން ކާބޯތަކެތި ވިއްކާތަންތަނުގެ ސާފުތާހިރުކަން ބަލާފައި ދޭ ހުއްދަފަދަ ހުއްދަތައް އަދިވެސް ނަގަން ޖެހޭނެެއެވެ.



ކިޔުންތެރިންގެ ޚިޔާލު