A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ދެވަނަ ސިންތެޓިކް ޓްރެކް ފުވައްމުލައް ސިޓީގައި އަޅަނީ

ސިންތެޓިކް ޓްރެކެއް އަތޮޅު ތެރޭގައި އެޅުމަސް އެންމެ އިސްކަންދޭން ޖެހެނީ ފުވައްމުލައް ސިޓީއަށް - އެތުލެޓިކްސްގައި އެންމެ ކާމިޔާބު ރަށް

ރާއްޖޭގައި އަޅާ ދެވަނަ ސިންތެޓިކް ޓްރެކެ ފުވައްމުލަކުގައި އެޅިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

މީޑިއާގަިއ ވާހަކަ ދައްކަވަމުން މަޚުލުފު ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން ސިންތެޓިކް ޓްރެކް އަޅަން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށި ސިޓީ އާއި، ގދ. ތިނަދޫ އާއި ފުވައްމުލައް ސިޓީގެ އިތުރުން އައްޑު ސިޓީ ހިތަދޫގައި ކަމަށެވެ.

ކުޅިވަރާ ބެހޭ މިނިސްޓރްިގެ މިނިންމުމަކީ ހެޔޮފާލެކެވެ. އެހެނީ ރާއްޖޭގައި އެއްރަށަކަށް އެތުލެޓިކްސްގައި އެންމެ ކާމިޔާބުކަމާއެކީ ކުރިޔަށް ދަނީ އަދި ކާމިޔާބު ހޯދާފައިވަނީ ފުވައްމުލައް ސިޓީން ކަމަށްވާތީ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސިންތެޓިކް ޓްރެކެއް އަޅާފައި ވަނީ ހުޅުމާލޭގައެވެ. އަތޮޅު ތެރޭގެ ފުރަތަމަ ސިންތެޓިކް ޓްރެކް އަޅަން ކުރިން މަސައްކަތް ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ނަމަވެސް މިހާރު އެތަރުތީބު ބަދަލުވެ އަތޮޅުތެރޭގެ ފުރަތަމަ ސިންތެޓިކް ޓްރެކް އެޅިގެން ދާނީ ފުވައްމުލަކުގައި ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ފުވައްމުލަކުގައި ފުރަތަމަ ސިންތެޓިކް ޓްރެކް އެޅި ނަމަވެސް އައްޑޫ ސިޓީ ހިތަދޫގައި އަޅަން ހަމަޖެހިފައިވާ ޓްރެކެ އެޅޭތޯ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުރިން އިއުލާން ކުރީ އެންމެ ފުރަތަމަ ސިންތެޓިކް ޓްރެކް އެޅިގެންދާނީ ހިތަދޫގައިކަމަށް ނަމަވެސް އަޅުގަނޑަށް ހީވަނީ މިހާރު ހިތަދޫގެ ބަދަލުގައި ފުވައްމުލަކުގައި މި ޓްރެކް އެޅިގެންދާނެ ކަމަށް. ނަމަވަސް އަދި ވެސް ހިތަދޫއާއި ދިމާލަށް މި މަސައްކަތް ގެންދެވޭތޯ ބަލާނަން.” މިނިސްޓަރު މަޚުލޫފު ވިދާޅުވިއެވެ.

ސިންތެޓިކް ޓްރެކް އެޅުމަށް ބޭނުންވާ ތަކެތީގެ އަގު ހެދުމުގެ (ބީއޯކިއު) މަސައްކަތް ފާއިތުވި ނޮވެމްބަރު މަހު ވަނީ ހެކްޒާ ކޮމްޕެނީއާއި ހަވާލުކޮށްފައެވެ. މިނިސްޓްރީއިން ހާމަކުރައްވާފައި ވަނީ މިހާރު މަސައްކަތް ކުރެވެމުން ދަނީ މި ޓްރެކްތަކުގެ މަސައްކަތް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކަމަށެވެ.

އަތޮޅުތެރޭގައި ފެންވަރު ރަނގަޅު ސިންތެޓިކް ޓްރެކްތައްކެއް އެޅުމުން ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ކުރި އެރުންތަކެއް ލިބޭނެ ކަމަށް މިނިސްޓަރު މަޚުލޫފު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !