31 މެއި 2020 ( އާދީއްތަ )

banner

ކުޑަކުދިންނަށް ގޯނާ ކުރުން ރިޕޯރޓު ކުރުމަށް ބާރުއެލުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

ދީނީ ހަރުކަށި ފިކުރުގެ މީހަކު ގާނޫނާއި ޚިލާފަށް ކުޑަ އަންހެން ކުއްޖަކު ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފި

ދީނީ ހަރުކަށި ފިކުރުގެ ފިރިހެންނަކު ގާނޫނާއި ހިލާފަށް 15 އަހަރުގެ އަންހެން ކުއްޖަކު ގެންގުޅުނު މައްސަލައެއްގައި ފުވައްމުލައް ސިޓީން ހައްޔަރުކޮށްފިއެވެ. އޭނާއަށް ތުހުމަތު ކުރެވެނީ ކައިވެނި ކޮށްގެން ކަމަށް ބުނެ އެކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެވެ.

މިދިޔަ އާދީއްތަ ދުވަހު މެންދުރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހާއަކީ އުމުރުން 39 އަހަރުގެ ޒުވާން ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކުރިންވެސް ކުޑަކުދިންނާއި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން މީޑީއާއަށް މައުލޫމާތު ދީފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ މާދަޑު އަވަށަށް ނިސްބަތްވާ އެ އަންހެން ކުއްޖާގެ މަންމަ ވެސް ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަ އަންހެން ކުއްޖާއަށް އިހުމާލުވި ކަމުގެ މައްސަލަކަމަށް ފުލުހުން ބުނެއެވެ. އަންހެން ކުއްޖާގެ މަންމަ، 35 އަހަރު، ހައްޔަރުކުރީ ފާއިތުވި އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން އާއްމުކޮށްފައިވާ ކުޑަކުދިންނާއި ބެހުނު މީހުގެ ލިސްޓްގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ 6 މީހުން ހިމެނެއެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ހިނގާފައިވާ އަދި ހިގަމުން އަންނަ ކުޑަކުދިންނާއި ބެހުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދުވަސްވަރެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާއި ދެކޮޅަށް އަޑުފަށްގަޑު ފަޅައިގެން ދިޔައީ ރ. މަޑުއްވަރީ ގައި ކުޑަ އަންހެން ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ ކަމަށް ފެތުރުނު އަޑާއި ގއ. ކަނޑުހުޅުދޫގައި ހިނގަިއދިޔަ އެފަދަ މައްސަލަތަކާއި ގުޅިގެންނެވެ.

މިފަދަ އެތައް މައްސަލަތަކެއްގެ މައުލޫމާތު ސޯޝަލް މީޑީއާގައި މިދުވަސްކޮޅު ވަރަށް އާމެވެ. ބައެއްމީހުން ގަބޫލުކުރާ ގޮތުގައި އަދިވެސް މިފަދަ މައްސަލަތައް ރިޕޯރޓް ކުރާ މިންވަރު ވަރަށް ދަށެވެ.

މިކަމާއި އެއްބަޔަކު ސަރުކާރުގެ ވަޒީރުން ކުށްވެރިކުރާއިރު އަނެއްބަޔަކު ދީނީ ބައެއް ފިކުރުތަކުގެ މީހުންނަށް ވެސް އިނގިލި ދިއްކުރެއެވެ.ކިޔުންތެރިންގެ ޚިޔާލު