A wide advertisement which will be shown on all devices. (700 x 100)

އާމްދަނީ އާއި ހޭދައިގެ ސާރވޭގެ މަސައްކަތަށް މީހުން ހޯދަނީ

ފަގީރުކަމުގެ ސާރވޭ 2018، ދުވާލަކަށް 74 ރ. އަށްވުރެ މަދުން ލިބެނީ ފަގީރުން

ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހިންގާ ސާވޭ 2020/2019 ގައި މަސައްކަތް ކުރޭނެ މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ. މިސާރވޭ ފުވައްމުލައް ސިޓީގައި ވެސް ކުރިޔަށް ގެންދެވޭނެއެވެ.

މިއީ 6 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ ސާރވޭއެކެވެ. ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މީގެ ކުރިންވެސް މިސާރވޭ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިޔަށްގެ ންގޮސްފައިވެއެވެ.

މިސާވޭއަށް 26 އެނިއުމަރޭޓަރުން (މައުލޫމާތު އެއްކުރާ މީހުން) ހޯދަން ވަނީ އިއުލާން ކޮށްފައެވެ. މިސާރވޭ އަށް ބައިވެރިން ހޮވުމުގައި ބަލަނީ ޖީސީއީ އޯލެވެލް ފެންވަރަށް ތައުލީމު ހާސިލުކޮށްފައި ހުރުމާއި، އުމުރުން 18-40 އަހަރާއި ދެމެދުގެ މީހުން ކަމުގައި ވުމެވެ. މީގެ އިތުރުން ބޯހިމެނުމާއި މިފަދަ ސާރވޭތަކުގައި ކުރިން ބައިވެރިވެފައިވާ ފަރާތްތކާއި އަތޮޅު ތެރެއަށް މަސައްކަތްކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ އާބާދީގެ %46.5 މީހުންނަށް ލިބެނީ ދުވާލަކަށް 148ރ. އަށް ވުރެ މަދުން – އެކަމަކު މަދު ބަޔަކަށް ބޮޑު އާމްދަނީއެއް ލިބޭ

މިސަރވޭއަށް ހޮވޭ ފަރާތްތަކަށް 8 ދުވަހުގެ ތަމްރީނު ދެވެނެ ކަމަށާއި އަދި ތަމްރީނަށް ފަހު އެފަރާތްތަކުން ސާރވޭގައި ބައިވެރިވާނަމަ ތަމްރީނުގައި ހޭދަވި ކޮންމެ ދުވަހަކަށް 100 ރުފިޔާގެ މަގުން އެލަވަންސެއް ދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެ ިއތުރުން ސާވޭގެ އަމަލީ މަސައްކަތު ދުވަހަކަށް 500ރ ގެ މަގުން އުޖޫރަ ދިނުމަށް ހަމަޖެހިފައި ވެއެވެ.

މިސާރވޭގެ ތަމްރިނުގެ މުއްދަތަކީ އަންނަ މާރިޗް މަހު7 އިން 14 އެވެ. އަދި ސާރވޭގެ މަސައްކަތް ކުރަންޖެހެނީ  މާރިޗް 15 އިން 22 އަށް ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.

އާމްދަނީއާއި ޚަރަދުތަކުގެ ސާވޭ 2018

މިސާރވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސާރވޭގެ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް އައިޑީކާޑުގެ ކޮޕީއަކާއެކު 19 ފެބްރުއަރީ 2020 ގެ މެންދުރުފަހު 2:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު 6865001 އާއި 6862820 އިން ލިބޭނެކަމަށް ހާމަކުރައްވައެވެ.

އާމްދަނީއާއި ޚަރަދުތަކުގެ ސާރވޭގައި ބަލާ ބައެއް ކަންތައްތައް

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !