6 އޭޕްރީލް 2020 ( ހޯމަ )

banner

ވަލީ އަހުދު މުހައްމަދު ބިން ސަލ

ސައޫދީ ޝަހީއާއިލާގެ އިސްދެމެންބަރަކު ހައްޔަރުކޮށްފި

ސައޫދީ އަރަބިޔާގެ ޝާހީ އާއިލާގެ އިސް ދެމެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށް ބައިނަލް އަގްވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެެވެ. ހައްޔަރުކޮށްފައިވަނީ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބުލް އަޒީޒުގެ ކޮއްކޮ އަމީރު އަހުމަދު ބިން އަބްދުލް އަޒީޒާއި ރަސްގެފާނުގެ ބޭބެގެ ދަރި ކުރީގެ ވަލީ އަހުދުު އަމީރު މުހައްމަދު ބިން ނިޔާފު ކަމަށް އަލްޖަޒީރާ އިން ހާމަކުރެއެވެ. މިދިޔަ ހުކުރު ދުވަހު މިދެ އަމީރުން ހައްޔަރުކޮށްފައިވަނީ ޚިޔާނާތުގެ ކުށުގައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިދެ އަމީރުންގެ އިތުރުން އަމީރު މުހައްމަދު ބިން ނިޔާފުގެ ކޮއްކޮ ނަވާފު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ނިއުޔޯކު ޓައިމްސް އިން ރިޕޯޓުކުރެއެވެ. ސައޫދީގެ އެއްވެސް ރަސްމީ އިދާރާއަކުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު، މިހާރުގެ ވަލީ އަހުމަދު މުހައްމަދު ބިން ސަލްމާނު ވަލީ އަހުދުގެ މަގާމާއި ހަވާލުވުމަށްފަހު ސައޫދީގެ ޝާހީ ޚާންދާނުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.

ސަލްމާނު ރަސްގެފާނުގެ އެއްބަޑު އެއްބަފާ ބޭފުޅަކަށް މިހާރު ދުނިޔޭގައި ހުންނެވި ހަމައެކަނި ކޮއްކޯފުޅު އަހުމަދު ބިން އަބްދުލް އަޒީޒު ވެރިކަމަށް ގެނައުމަށް ޝާހީ ޚާންދާނުގެ ތެރޭގައި މަސައްކަތް ކުރެވުނު ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ހާމަކުރެއެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު އަމީރު އަހުމަދު ބިން އަބްދުލް އަޒީޒުގެ ލަންޑަނުގެ ގެކޮޅުގެ ކުރިމަތީގައި ޔަމަނު ހަގުރާމަ އާއިދެކޮޅަށް ގޮވި މީހުންނާއި މުޚާތަބު ކުރައްވާ ޝާހީ ޚާންދާނުގެ ހުރިހާ ބޭފުޅުން ކުށްވެރި ނުކުރެއްވުމަށާއި އެހަގުރާމައިގެ ޒިންމާ އުފުއްލަވާނީ ރަސްގެފާނާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު ކަމަށް އަމީރު އަހުމަދު ބިން އަބްދުލް އަޒީޒު ވިދާޅުވިކަމަށް އަލް ޖަޒީރާ އިން ރިޕޯޓުކުރެއެވެ. އެއަށްފަހު ވެރިކަމަށް އަންނަން އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް އަމީރު އަހުމަދު ހާމަކުރެއްވުމަށްފަހު އެބުރި ސައޫދީ އަރަބިއްޔާ އަށްވަޑައިގެން ސިޔާސީ ކަންކަމާއި ދުރުގައި އުޅުއްވިއެވެ.

އަމީރު އަހުމަދަކީ މިހާރުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު ވަލީ އަހުދުގެ މަގާމަށް ގެނައުމަށް ބައިއަތު ކޮމިޓީގައި ދެކޮޅު ހެއްދެވި ޝާހީ ޚާންދާނުގެ ތިން މެންބަރުންގެ ތެރެއިން އެއްބޭފުޅެކެވެ. މުހައްމަދު ބިން ސަލްމާނު ވަލީ އަހުދުގެ މަގާމަށް އައްޔަންކޮށްފައިވަނީ އޭރުގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ނިޔާފު މަގާމުން އިސްތިއުފާ ދިނުމަށްފަހުގައެވެ. މުހައްމަދު ބިން ނިޔާފުގެ އިސްތިއުފާއަށްފަހު މުހައްމަދު ބިން ނިޔާފުގެ ހަރަކާތްތަކަށް ދިޔައީ ފާރަވެރިވަމުންނެވެ.

ސައޫދީ މަސްރަހު ދިރާސާ ކުރާފަރާތްތަކުން ހާމަކުރާ ގޮތުގައި 84 އަހަރުގެ ރަސްގެފާނު ސަލްމާނު ދުނިޔޭގައި ހުންނެވި ހިނދެއްގައި ޝާހީ ޚާންދާނުން މުހައްމަދު ބިން ސަލްމާނު ވެރިކަމަށް ގެނައުމާއި ދެކޮޅަށް ނުނިންމަވާނެއެވެ. ސައޫދީ ޝާހީ ތަޚުތުން ވެރިކަން ހިންގުމުގެ ގިނަ ބާރުތަކެއް މިހާރު ހަވާލުކޮށްފައިވަނީ މުހައްމަދު ބިން ސަލްމާނަށެވެ.

ސައޫދީ ޝާހީ ޚާންދާނުގެ އެންމެ އިސް ދެއަމީރުން ހައްޔަރުކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށާއި މިދެއަމީރުންނަކީ ގޭގައި ބަންދުކުރެވިފައި ދުވަސްތަކެއް ވެފައިވާ އަމީރުންތަކެއް ކަމުން އެދެ އަމީރުންނަށް ބަޣާވާތެއް ރޭވުމަކީ ކުރެވިދާނެ ކަމަށްކަމަށް ނުފެންނަކަމަށް އަލްޖަޒީރާގެ ރިޕޯޓަރު ހާމަކުރެއެވެ.

 ކިޔުންތެރިންގެ ޚިޔާލު