A wide advertisement which will be shown on all devices. (700 x 100)

ކޯވިޑް19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުވައްމުލައް ސިޓީގައި މެކުހަށް

ފުވައްމުއް ސިޓީ ކައުންސިލްއި ފުވައްމުކު ހޮސްޕިޓަލް ގުޅިގެން ކުރިޔަށްގެންދާ ކްރޯނާވައިރަސްގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ފޯރީގައި ކުރިޔަށް

ރާއްޖެއިން ކޮވިޑް19 (ކޮރޯނާ ވައިރަސް) ފެނުމާއި ގުޅިގެން ރައްޔިތުން މިވަގުތަށ ްކުރުން އެންމެ މުހިންމު އެއްކަމަކީ އާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ސިއްޙީ އިދާރާތަކުން އިރުޝާދު ދެއެވެ. އެގޮތުން ބަލިން ރައްކާތެރިވެ ތިބުމަށް ބޭނުންވާ ސައްހަ މައުލޫމާތު ދިނުން ފުވައްމުލައް ސިޓީގައި ވަނީ މެކުހަށް ޖަހާފައެވެ.

ބަލީގެ މައުލޫމާތު އާއްމުންނަށް ފޯރުކޮށް ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި، ފުވައްމުލައް ހޮސްޕިޓަލް ގުޅިގެން ފުވައްމުލައް ސިޓީގެ ގެގޭ ދޮރުން ދޮރަށް ހިންގަން ހިންގަން ވަނީ ފަށާފައެވެ.

އެގޮތުން ފުވައްމުލަކު ހޮސްޕިޓަލްގެ ކްލިނިކަލް ސްޓާފުންނާއި ސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ހިމެނޭގޮތަށް ޓީމްތަކަކަށް ބަހާލައިގެން  ފުވައްމުލައް ސިޓީގެ 8 އަވަށުގެ ގޭގެއަށް ހެނދުނު 9:00 އިން 12:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ޒިޔާރަތްކުރަން ވަނީ ފަށާފައެވެ.

ފުވައްމުއް ސިޓީ ކައުންސިލްއި ފުވައްމުކު ހޮސްޕިޓަލް ގުޅިގެން ކުރިޔަށްގެންދާ ކްރޯނާވައިރަސްގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ފޯރީގައި ކުރިޔަށް

 ފުވައްމުލަައް ސިޓީގެ ރައްޔިތުންނާއި އަދި އެސިޓީގައި ދިރިއުޅޭ އެންމެހާ ފަރާތްތައް ކޮވިޑް-19 (ކޮރޯނާ ވައިރަސް) ގެ ނުރައްކަލުން ރައްކާތެރިކޮށް ހޭލުންތެރި ކުރުވުމަށް، 10 މާރޗް 2020 ވަނަ ދުވަހު ދޮރުން ދޮރަށް ހިނގަން ފެށި ޕްރޮގްރާމްގައި މިހާރުވަނީ މާދަޑު އަވަށާއި މާލެގަން އަވަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީ ލީފްލެޓް ފަދަ ތަކެތި ފޯރުކޮށްދީފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ. މިޕްރޮގްރާމުގައި އިއްޔެގެ ނިޔަލަށް 899 ގެއަކަށް ޒިޔާރަތްކޮށް 2606 މީހުނާއި ބައްދަލުވެ މައުލޫމާތު ދީފައިވާކަމަށް ހާމަކުރެއެވެ.

މިގެ އިތުރުން ވެސް ފުވައްމުލަކުގެ ސްކޫލްތަކާއި އެކިއެކި މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މައުލޫމާތު ދިނުމުގެ ސެޝަންތައް ފުވައްމުލަކު ހޮސްޕިޓަލުން އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

ފުވައްމުއް ސިޓީ ކައުންސިލްއި ފުވައްމުކު ހޮސްޕިޓަލް ގުޅިގެން ކުރިޔަށްގެންދާ ކްރޯނާވައިރަސްގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ފޯރީގައި ކުރިޔަށް

އެގޮތުން ވެމްކޯ-ފުވައްމުލައް މުވައްޒަފުންނާއި،، ފެނަކަ-ފުވައްމުލައް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (MPL) ގެ ފުވައްމުލަކުގެ މުވައްޒަފުންނާއި، އެމް.އެން.ޑީ.އެފް ޕޯސްޓުގައި މަސައްކަތް ކުރައްވާ ސިފައިންނާއި، ސިތާނާ ގްރޫޕް ފިހަރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މައުލޫމާތު ދީފައި ވެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި މަސައްކަތް ކުރާ ބަގްލާދޭޝްގެ މީހުނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ހުކުރު ދުވަހު ހަވީރު 4:30ގައި ރަސްމީ ބޯޅަ ދަނޑުގައި ކުރިޔށްގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

ފުވައްމުއް ސިޓީ ކައުންސިލްއި ފުވައްމުކު ހޮސްޕިޓަލް ގުޅިގެން ކުރިޔަށްގެންދާ ކްރޯނާވައިރަސްގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ފޯރީގައި ކުރިޔަށް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !