6 އޭޕްރީލް 2020 ( ހޯމަ )

banner

ޓޫރިސްޓް އުޅަނދު ފުވައްމުލަކު ބަދަރަށް ވަނުން ވަގުތީގޮތުން މަނާކޮށްފި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ބާރަށް ފެތުރެމުންދާ ކޮރޯނާ ރޯގާއަށް ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކު ބަދަރަށް ޓޫރިސްޓް އުޅަނދުފަހަރު ވަނުން މަނާކޮށްފިއެވެ.

މިއަދުން ފެށިގެން ވަގުތީ ގޮތުން ފުވައްމުލަކު ބަދަރު ޓޫރިސްޓް އުޅަނދުފަހަރަށް ބަންދުކޮށްފައިވަނީ ވަގުތީ ގޮތުން ކަަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. މިކަމަކީ ކޮރޯނާ ރޯގާއަށް ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ރަށްރަށަށް ޓޫރިސްޓުން ގޮވައިގެން ކުރާ އެކްސްކާޝަން ދަތުރުތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެންގުމާއި ގުޅިގެން އެކަމަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން އެޅި ފިޔަވަޅެއްކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

ގިނަ އަދަދަށް ޑައިވިން ކުރުމަށް ޔޫރަޕުގެ ފަތުރުވެރިން ފުވައްމުލަކަށް ޒިޔާރަތްކުރާއިރު ޔޫރަޕުގައި ދަނީ މިބަލި އާދަޔާ ޚިލާފަށް ފެތުރެމުންނެވެ. އެގޮތުން، ފްރާންސް، ސްޕެއިން، ޖަރުމަނު ފަދަ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާ ގައުމުތަކުގައި 1 ހާހަށްވުރެ ގިނަ މީހުން މިބައްޔަަށް ވަނީ ޕޮޒިޓިވުވެފައެވެ. އަދި އެންމެ ބާރަށް މިބަލި ފެތުރެމުންދާ އީރާން، އިޓަލީ އަދި ދެކުނު ކޮރެއާގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު 10 ހާހަށްވުރެ ގިނައެވެ.

މިބައްޔާއި ގުޅޭ ގޮތުން އަވަސް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ބުނެފައެވެ. އަދި މިރޯގާއަކީ ބައިނަލްއަގްވާމީ “ޕެންޑަމިކް” އެއް ކަމަށް ވެސް އެޖަމިއްޔާއިން ކަނޑައަޅައިފިއެވެ.ކިޔުންތެރިންގެ ޚިޔާލު