A wide advertisement which will be shown on all devices. (700 x 100)

ހޮސްޕިޓަލަށް ނުގޮސް ދާއިމީ ބަލިތަކުގެ މީހުންނަށް ބޭސް ސިޓީ އައުކޮށްދެނީ

ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުން އަންނަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަލުތަކެއް އުޟުބަށް ބުރަކޮށް މަސައްކަތް ކުރަމުން

ދާއިމީ ބަލިތަކަށް ފަރުވާ ހޯއްދަވާ މީހުން ހޮސްޕިޓަލަށް ނުގޮސް ބޭސް ސިޓީ އައުކޮށްދިނުމުގެ އިންތިޒާމު ފުވައްމުލަކު ހޮސްޕިޓަލުން ހަމަޖައްސައިފައިވާ ކަމަށް ހާމަކުރައްވައެވެ.

މިއަދު އެ ހޮސްޕިޓަލުން އައްމު ކުރައްވާފައިވާ ބަޔާނުަގއި ވާގޮތުން ދާއިމީ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުން، އެމީހުނަށް  ޑޮކްޓަރ އެންމެ ފަހުން ދީފައިވާ ބޭސް ސިޓީގެ ފޮޓޯއެއް އެކަމަށް ކަނޑައެޅިިފައިވާ ނަންބަރު 7930075 އަށް ވައިބަރ ކުރެއްވުމުން، އައު ބޭސް ސިޓީއެއް ހަދައި ދިނުމުގެ އިންތިޒާމް އެ ހޮސްޕިޓަލުން މިހާރު ވާނީ ގާއިމު ކޮށްފައި ކަމަށް ވެއެވެ.

އެގޮތުން ބޭސް ސިޓީގެ ފޮޓޯއެއް ވައިބާރ ކޮށް އެކަމާއި ގުޅޭ ހޮސްޕިޓަލާއި މުއާސަލާތު ކުރުމަށް އެނަމްބަރން ވައިބަރު ބޭނުން ކުރުމަށް އެދިަފއިވެއެވެ.

މީގެ އިތުރުން ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހޭފަދަ ހާލަތެއްގައި ވެސް އެކަމާއި ގުޅޭ ގޮތުން ކަންތައްތައް ކުރަންވާ ގޮތް ވައިބަރ މެދުވެރިކޮށް އިރުޝާދު ދެމުން ދާނެކަމަށް ވެއެވެ.

މިއީ މިހާރު ދިމާވެގެން އުޅޭ ކޮވިޑް19 ގެ ހާލަތަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަޅާފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ.

މީގެއިތުރުން ވެސް ރައްކާތރިކަމުގެ ގިނަ ފިޔަވަޅުތަކެއް ފުވައްމުލަކު ހޮސްޕިޓަލުން އަޅަމުންދާކަން ފާހަގަ ކުރެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !