A wide advertisement which will be shown on all devices. (700 x 100)

އެޕަލް ސްޓޯރުގެ ޚިދުމަތް މިއަހަރު ރާއްޖެއަށް އަންނަނީ

އެޕަލް އެޕްސްޓޯރ ރާއްޖެ އަންނަނީ

އެޕަލް ސްޓޯރުގެ ޚިދުމަތް މިއަރު ރާއްޖެ އަންނަނާކަން އެޕަލްގެ ޚަބަރުތައް ގެނެސްދޭ ދަވާޖް ޑޮޓްކޮމް އިން ހާމަކޮށްފިއެވެ. ނަމަވެސް އެޕަލްސްޓޯރުގެ ޚިދުމަތް ރާއްޖެއިން ލިބޭނެ ވަކި ތާރީޚެއް ބުނެފައެއް ނުވެއެވެ.

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ އެޕަލްގެ މި ނިންމުމަކީ އުފާވެރި ކަބަރެއް ކަމަށް ވިދާޅުވެފައެވެ.

މަލީހު އިތުރަށް ވިދާޅުވެފައި ވަނީ “މައިކްރޮސޮފްޓާއި ގޫގުލްގެ ހިދުމަތް ވެސް ވަރަށް އަވަހަށް ރާއްޖެ އަށް ލިބިގެންދާނެ” ކަމަށެވެ. އަދި އެޕަލްގެ އެޕް ސްޓޯރު ރާއްޖެ އަށް ލިބުމަކީ އުފާވެރި ޚަބަރެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އެޕަލްގެ މިނިންމުމާއެކު ރާއްޖޭގައި އެޕަލް އައިފޯން ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. މިގޮތަށް ރާއްޖެއަށް ޚާއްސަކޮށް ބޮޑެތި ޓެކް ކުންފުނިތަކުންް ހިދުމަތް ދޭން ފަސޭހަކަމާ އެކު އެ ކުންފުންޏެއްގެ ހިދުމަތްތައް ލިބިގެންދާނެއެވެ. މީގެއިތުރުން ކުރިން ނުލިބޭ އެތައް ހިދުމަތެއް ވެސް ލިބިގެންދާނެއެވެ.

މިހާރު ރާއްޖޭގައި ބޭނުންކުރާ އެޕަލް ފޯނުތަކާއި އައިޕެޑް ފަދަ ޑިވައިސްތައް ބޭނުންކުރަނީ އެހެން ގައުމުތަކުގެ ނަމުގައި ހަދާފައިވާ އެޕަލް އެކައުންޓްތައް ބޭނުންކޮށްގެންނެވެ. މިއީ ގިނަ މީހުންނަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ.

އެޕަލްސްޓޯރު ރައްޖެއަށް އައުމުން އެޕްތައް ގަތުމަށް ފަސޭހަވެގެން ދާނެއެވެ. މީގެއިތުރުން އެޕަލްގެ ހިދުމަތްތައް ހޯދަން ފައިސާ ދައްކަން އުފުލަންޖެހޭ ބުރައަށް ހައްލުވެގެން ދާނެއެވެ.

އެޕަލް ކްލާސްރޫމަކީ ވަރަށްގިނަ އަދަދަކަށް ފެންވަރު ރަނގަޅު ކިޔަވަިއދޭ މެޓީރިއަލްސް ހިލޭ ލިބޭ ޕްލެޓްފޯމެކެވެ. އމީގެ ސަބަބުން އެޕަލް ކްލާސްރޫމުގެ ޚިދުމަތް ރާއްޖެއިން ބެނުންކުރަން ވެސް ފަސޭހަވެގެން ދާނެއެވެ.

ނިސްބަތުން ރާއްޖޭގެ ގިނަ މީހުން އެޕަލް ފޯނުތައްވެސް ބޭނުން ކުރެއެވެ. ނަމަވެސް އެޕަލްގެ އައިފޯނަށް ފޯނަށްވުރެ ވެސް އެޕަލްގެ އައިޕެޑްތައް ބޭނުންކުރާ ދިވެހިން ގިނަ ކަމަށް ވެއެވެ.

ޓެބްލެޓްގެ އެހެން ހުރިހާ ވައްތަރު ތަކަށްވުރެވެސް އައިޕެޑް މާ ފައްކާ ކަމަށް ގިނަ ދިވެހިން ގަބޫލު ކުރެއެވެ. އެހެނީ ސެމްސަން ފޯނު ގެންގުޅޭ މީހުންނަށް ވެސް އެންމެ ބޮޑަށް ކަމުދަނީ އައިޕެޑެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ ޓްވީޓް – މިއީ އުފާވެރި ޚަބަރެއް.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !