A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެންމީހާ

އުމުރުން 117 އަހަރުގެ އީމާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުވަސްވި އަންހެނާ. ފޮޓޯ ރޮއިޓާސް

މިހާރު ދުނިޔޭގެ އެންމެ ދުވަސްވީ އަންހެނާ، އިޓާލީގެ އީމާ މޮރާނޯގެ 117 ވަނަ އުފަން ދުވަސް ފާއިތުވި ނޮވެމްބަރު މަހު 29 ވަނަ ދުވަހު ވަނީ ފާހަނގަ ކޮށްފައެވެ. ގިނިސް ވޯލްޑް ރެކޯޑްސް ގައިވާ ގޮތުން އޭނާ އުފަންވެފައި ވަނީ 1899 ވަނަ އަހަރު ނޮވެމްބަރު މަހުގައެވެ. މިހާރު ދިނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެންމީހާގެ އުމުރަކީ 112 އަހަރެވެ.

ބެލެވޭ ގޮތުގައި 1800ގެ އަހަރުތަކުގައި އުފަންވި މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ހަމައެކަނި އޭނާއެވެ.

ރޮއިޓާސް ބުނާގޮތުން އީމާ ގެ ދިގު އުމުރުގެ ސިއްރަކީ އޭނާގެ ކެއުމެވެ. ޚާއްސަކޮށް އެކަށްޗެއް ތާއަބަދު ކެއުމުގައި ދެމިހުރުމެވެ. އީމާގެ ކެއުމަށް ބޭނުން ކުރީ ރޯ ދެބިހާއި ކެއްކި އެއްބިހެވެ. ނަމަވެސް އުމުރުން ދުވަސްވުމުން އޭނާ ވަނީ ޖުމްލަ ދެ ބިލަށް ކެއުން މަދުކޮށްފައެވެ. ތަރުކާރީ އާއި މޭވާ އޭނާގެ ކެއުމުގައި ބޭނުންކޮށްފައި ވަނީ ވަރަށް މަދުން ކަމަށް އޭނާގެ ކަންކަން ދިރާސާކުރި ޓީމުގެ އޮފިޝަލަކު ހާމަކުރިއެވެ. އޭނާގެ ދިގު އުމުގުރެ އަސްލެއް ކަމަށް ދިރާސާކުރި ޓީމުން ގަބޫލުކުރަނީ ކޮންމެ ދުވަހަކު ވެސް، ކޮންމެ ހަފުތާއަކުވެސް، ކޮންމެ މަހަކުވެސް އަދި ކޮންމެ އަހަރަކު ވެސް އެކައްޗެއް ކެއުމުގައި ދެމިހުރުމެވެ.

އީމާގެ ހަޔާތުގައި ވަނީ 3 ގަރުނުގެ ތަޖުރިބާ ތަކާއި، ދުނިޔޭގެ ބޮޑު ދެ ހަނގުރާމަ (ވޯލްޑް ވަރ 1 އަދި 2)، އަދި 90 އަށް ވުރެ ގިނަ އިޓާލީގެ ސަރުކާރުތައް ތަޖުރިބާ ކޮށްފައެވެ.
އޭނާއަކީ ކުރިން ރީތި އަޑެއް ލިބި ލަވަކިޔައި އުޅުނު މީހެކެވެ. ނަމަވެސް އޭނާގެ ހަޔާތަކީ އެހާ އުފާވެރި ހަޔާތެއް ނޫން ކަމަށް އީމާ ބުނެއެވެ. އެއީ އޭނާގެ ފުރަތަމަ ލޯބިވެރިޔާ ފުރަތަމަ ބޮޑު ހަނގުރާމައިގައި ނިޔާވުމާއި، ދެވަނައަށް ކުރި ކާވެންޏަކީ އޭނާ ބޭނުން ވެގެން ކުރި ކާވެންޏަކަށް ނުވުމެވެ. އަދި ލިބުނު ހަމައެކަނި ދަރިފުޅު އުމުރުން 6 އަހަރުގައި މަރުވެފައިވުމެވެ. އެނާގެ ދަރިފުޅު މަރުވުމާއެކު އޭނާވަނީ އޭނާގެ ފިރިމީހާއާއި ވަކިވެގެންފައެވެ. އުމުރުން 65 އަހަރު ވަންދެން އޭނާ ވަޒީފާ އަދާކުރިއެވެ. ނަމަވެސް މިހާރު އެކަނިވެރި ދިރިއުޅުމެއް، އިޓަލީގެ އުތުރުގެ ރަށެއްގައި އުޅެމުންދާއިރު އޭނާ ސިފަކުރަނީ މިއީ އޭނާގެ ހަޔާތުގެ އުފާވެރި ދުވަސްތައް ކަމަށެވެ. އޭނާ ދެކެނީ މިއީ ރޯ ބިހުގެ ފައިދާ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !