A wide advertisement which will be shown on all devices. (700 x 100)

ގެދޮރުވެރިކަމުގެ މަޝްރޫޢުން އަމިއްލަ ގޯތީގައި ގެއަޅާދޭން ހުޅުވާލައިފި

ފުވައްމުލައް ސިޓީގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކުގެ އެތެރެ ބައްލަވާލައްވަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ގެއެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. އެގޮތުން ގޯތީގައި ގެއެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލަށް ހުށެޅުމަށް އިއުލާންކޮށްފައި ވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިޔަށްގެންދާ މި މަޝްރޫޢުގެ ދަށުން އަތޮޅުތަކުގައި ދިރިއުޅޭ މީހުން ގެދޮރުވެރިކުމުގެ ގޮތުން، ރަށްރަށުގެ ލޭންޑްޔޫޒް ޕްލޭނާއި އެއްގޮތަށް ރޯހައުސް އަދި ފްލެޓް އެޅުމާއި އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތްކޮށް ދިމުނަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން މުޅި ޖުމްލަ 20000 (ވިހި ހާސް) ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައި ވިޔަސް ފުވައްމުލައް ސިޓީގައި އަޅާނީ ކިތައް ހައުސިން ޔުނިޓް ކަމާއި ކިތައް ފްލެޓް އަދި ރޯ ހައުސް ކަން އަދި ކަނޑައަޅާފައި ނުވާކަމަށް ވެއެވެ.

މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ފޯމުތައް ހުށަހެޅުުމުން، ގިނަ ބަޔަކު އެދޭގޮތްތައް ބެލުމަށްފަހު ކޮންމެ ބަޔަކުން ވެސް ހައުސިން ޔުނިޓް އަޅާނެ އަދަތުތައް ދެނެގަނެވިގެންދާނެ ކަމަށް ވެއެވެ.

މިކަމާއި ގުޅޭ އުސޫލު ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްޓްރީން މިހާރު ވަނީ އާއްމު ކުރައްވާފައެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ވެސް މިއުސޫލު ވަނީ ހާމަކުރައްވާފައެވެ.

ކޮންމެ ރަށެއްގައި ވެސް ގޯތީގައި ގެއަޅާނެ މިންވަރާއި ރޯހައުސް އަދި ފްލެޓް އަޅާނެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ އިން ތައްޔާރު ކުރާ ނެޝެނަލް ޑިވެލޮޕްމެންޓް ޕްލޭނާއި އަތޮޅުތަކުގެ ހައުސިން ނީޑް އެސެސްމެންޓަށް ބަލައިގެން ކަމަށް މިކަމާއި ބެހޭ އުސޫލުގައި ވެއެވެ.

މިއުސޫލުގެ 3.4 ގައި ވާގޮތުން، މި މަޝްރޫއުގެ ދަށުން އެޅުުމަށް ހަމަޖެހިފައި ވަނީ:

އަމިއްލަ ގޯތީގައި ދެބުރިއަށް 2 ޑިޒައިނަކަށާއި، 1 ބުރިއަށް 3 ޑިޒައިނަކަށް،

ރޯހައިސް އެޅުމުގައި 2 ބުރިއަށް 2 ޑިޒައިނަކަށާއި، އެއްބުރިއަށް 2 ޑިޒައިނަކަށް، އަދި

ފްލެޓް އިމާރާތް ކުރުމުގައި 2 ޑިޒައިނަކަށް އިމާރާތް ކުރުމަށް ލޭއައުޓް ހަދާފައިވެއެވެ.

މިއިން ކޮންމެ ޑިޒައިނަކަށް ވެސް ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައި ވަނީ ތަޅުމުގެ އޭރިއާ 900 އަކަފޫޓުގެ މިނަށް، 3 ކޮޓަރިއާއި 3 ފާޚާނާ، ސިޓިން ރޫމް އަދި ބަދިގެ ހިމެނޭ ގޮތަށެވެ.

ގޯތީގައި ގެ އަޅުމަށް ނުވަތަ ރޯހައުސް އެޅުމަށް ނުވަތަ ފްލެޓް އިމާރާތް ކުުރުމަށް މިތަނުން ޑިޒައިނެއް ޚިޔާރުކުރުމުގެ ފުރުސަތު ގޯތީގެ ވެރިފަރާތަށާއި ސިޓީ ކައުންސިލަށް އެބައޮތެވެ.

މިހާރު އިއުލާންކޮށްފައިވާ އުސޫލުގައި މިކަމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދޭނޭގޮތް ވެސް ހިމަނާފައި ވެއެވެ. އެގޮތުން:

18-30 އަހަރާއި ދެމެދުގެ ފަރާތްތަކަށް 7 ޕޮއިންޓް

30 އަހަރުން މަތީގެ ފަރާތްތަކަށް 10 ޕޮއިންޓް

1-2 ދަރިން (18 އަހަރުން ދަށުގެ) ތިބިނަމަ 5 ޕޮއިންޓް

3-4 ދަރިން (18 އަހަރުން ދަށުގެ) ތިބިނަމަ 7 ޕޮއިންޓް

5 ނުވަތަ އެއަށްވުރެ ގިނަ ދަރިން (18 އަހަރުން ދަށުގެ) ތިބިނަމަ 10 ޕޮއިންޓް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނަމަ ނުވަތަ އެފަދަ މީހަކު ބަލަމުންދާ ނަމަ 7 ޕޮއިންޓް ދިނުމަށް ކަނޑައަޅާފއި ވެއެވެ.

އިމާރާތްކުރުމަށް ހަވާލުކުރެވެ ގޯއްޗަކީ އިމާރާތްކުރުމަށް އެކަށީގެންވާ ބިމަކަށްވުމާއި، އެތަން އިމާރާތްކުރާ ފަރާތާއި ހަވާލުކުރުމަށް ކައުންސިލާއި ހަވާލުކުރަން ޖެހެއެވެ. އަދި އެއިގެ ފަހުން އިމާރާތްކޮށް ނިމެންދެން އެތަނެއް އޮންނާނީ އިމާރާތް ކުރާ ފަރާތުގެ ބެލުމުގެ ދަށުއެވެ.

މި މަޝްރޫއުގެ ދަށުން ގޯތި އިމާރާތް ކުރާނީ ސަރުކާރުގެ “ފަހި ދިރިއުޅުން ކޯޕަރޭޝަން” އިންނެވެ.

އިމާރާތް ކުރުމަށް ޑައުން ޕޭމެންޓް ދައްކާކަށް ނުޖެހެއެވެ. އަދި ފައިސާ ދައްކަން ފަށަން ޖެހެނީ އިމާރާތް ހަވާލުވާ ހިސާބުންނެވެ. މި މަޝްރޫޢުގެ ދަށުން އަޅާ ގެތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ. ފައިސާ ދައްކާ ނިމެންދެން އިމާރާތް ހުންނާނީ ބޭންކްގައި ރަހުނު ކުރެވިަފއެވެ.

ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް ފުވައްމުލައް ސިޓީއިން ވެސް ބައެއް މީހުންނަށް ގޯތި ލިބިފައިވީ ނަމަވެސް ގެ އަޅާނެ ގޮތެއް ނެތުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ. އަދި ގިނަ ގޯތިތަކެއް ފަޅަށް އޮތްކަން ފާހަގަ ވެއެވެ.

އެހެންކަމުން، ސަރުކާރުގެ މި މަޝްރޫޢާއިއެކު ގިނަ ބަޔަކު ގެދޮރުވެރިވެގެންދާނޭ ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !