A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ދެވަނަ ބިއްސާވެލީގެ އުފާ ތުނޑީގެ ބޮޑު ދޮންވެލިގަނޑާއެކު

އޮކްޓޯބަރުަ މަހުގެ ބިއްސާވެލި ތޫނޑުގެ ބޮޑު ދޮންވެލިގަނޑާއެކު

މި އަހަރުގެ ދެވަނަ ބިއްސާވެއްޔާއިއެކު ފުވައްމުލައް ސިޓީ ގިނަބަޔެއްގެ އުފާވެރިކަން އިތުރުވީ ފުވައްމުލަކުގެ ތުނޑީގެ ދޮންވެލިގަނޑު މިފަހުން ދުވަހަކު ވެސް ބޮޑު ނުވާވަރަށް ބޮޑުވެފައި އޮތުމުންނެވެ. އެއާއެކު ގިނަ ބަޔަކު ތުނޑިއަށް ޖަމާވެ ހިތްހަމަޖެހުމާއި މަޖާ ނަގަމުން އާދެއެވެ.

މިފަހަރުގެ ބިއްސާވެލީގެ ރީތިކަން އިތުރުވެގެން ދާ ޚާއްސަ އެއްސަބަބަކީ ވެސް ބޮޑު ހުދު ދޮންވެލިގަނޑެވެ. ފުވައްމުލަކު ތުނޑީގެ ބޮޑު ދޮންވެލިގަނޑުގެ ފުޅާ މިންބެލި އާއްމު މީހަކު ހާމަކުރި ގޮތުގައި 300 ފޫޓާއި ގާތްކުރާ މިނަކަށް ދޮންވެލިގަނޑުގެ ފުޅާމިން އެބަހުއްޓެވެ.

ފުވައްމުލައް ސިޓީ ތުނޑީގެ ބޮޑު ދޮންވެލިަގނޑު، އޮކްޓޯޞަރ 2019، ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މިއަދު ހެނދުނު ތުނޑިއަށް ލީ ވެލި-ބިއްސާވެއްޔާއެކު ރަށުގެ ހުރިހާ އުމުރެއްގެ މީހުންވެސް ކުޅެ މަޖާކުރުމަށް ތުނޑިއަށް ޖަމާވަމުން ދެއެވެ. މިގޮތަށް ލާ ބިއްސާވެލި ގިނަފަހަރާ އެހާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެއެވެ. ދެތިން ދުވަހުގެ ތެރޭގައި ދޮންވެލިގަނޑަށް ބަދަލުއައިސް ބިއްސާވެލި ހިނދިގެން ދެއެވެ. ވުމާއެކު ބިއްސާވެލީގެ ހިތްހަމަޖެހުން ލިބިގަތުމަށް ގިނަ ބަޔަކު ބިއްސާވެލީގެ ޚަބަރާއެކު އެދިމާލަށް ދިއުމަށް ތައްޔާރުވާން ފަށައެވެ.

އޮކްޓޯބަރުގެ މަހުގެ ބިއްސާވެލި ތޫނޑުގެ ބޮޑު ދޮންވެލިގަނޑާއެކު. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މިއަހަރުގެ ފުރަތަމަ ބިއްސާވެލި ލާފައިވަނީ ފާއިތުވި އޯގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ.

އޮކްޓޯބަރުގެ މަހުގެ ބިއްސާވެލީގައި އުފަލާއި މަޖާ ނަގަނީ. ފޮޓޯ: އިރާކް އިބްރާހިމް

އޯގަސްޓް މަހުގެ ބިއްސާވެލި ލީ ގިނަ އަހަރުތަކަށް ބިއްސާވެއްޔެގެ ހިލަމެއް ވެސް ނުވެ ދިއުމަށްފަހު އެވެ. ބިއްސާވެއްޔަކީ ކުރީގެ ދުވަސްތަކުގައި ގިނައިން ފުވައްމުލަކު ތުނޑީން ފެނުނު މަންޒަރެއްކަމަށް ވެއެވެ.

ބިއްސާވެލި ލަނީ ތުނޑީގެ ބޮޑު ދޮންވެލިގަނޑުގެ މެދުން އަޑިވެ މޫދު ލޮނު އެހިސާބުން ތިލަމުންނެވެ. ފުވައްމުލަކު މީހުން ބިއްސާވެލި ސިފަކުރަނީ މޫދުލޮނުގެ ސުވިމިން ޕޫލެއްގެ ގޮތުގައެވެ. ބިއްސާވެލީގެ ލޮނުގަނޑު އެކި ހިސާބުގައި ފުންމިން ތަފާތުވެފައި ވުމުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފެތުމަށް ބިއްސާވެލި ބޭނުންކުރެވެއެވެ. އަދި މޫދާ ޚިލާފަށް ރާޅުގެ އަސަރު ނެތުމުން ވަރަށް ހިތްގައިމުކޮށް ފަތާލެވެއެވެ.

ފުވައްމުލައް ސިޓީ ތުނޑީގެ ބޮޑު ދޮންވެލިަގނޑު، އޮކްޓޯޞަރ 2019، ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ގިނަ ދުވަސްތަކަކަށް ފަހު ތުނޑިއަށް ބިއްސާވެޔެއް ލައިފި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !