A wide advertisement which will be shown on all devices. (700 x 100)

ސާވިސް ޗާޖުގެ ގޮތުގައި ދޭމިންވަރު ރަގަޅު ހެއްޔެވެ

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދާ ޓުއަރިޒަމް ސިނާއަތުން ދިވެހިންނަށް އެކަށީގެންވާ ފައިދާ ނުލިބޭ ވާހަކައަކީ މިއަދަކު ނުވަތަ އިއްޔެއަކު ދައްކަންފަށާފައިވާ ވާހަކަތަކެއް ނޫނެވެ. އެވާހަކަތައް ދައްކާތާ ޒަމާންތަކެއް ވެއްޖެއެވެ. މިކަމާއި ގުޅިގެން ގާނޫނުތަކާއި ގަވާއިދުތަކެއްވެސް ވަނީ ހެދިފައެވެ. ނަމަވެސް، ރިސޯޓުތަކުން މި ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލަބާ ވާހަކައަކީ އާންމު ވާހަކައެކެވެ. ރިސޯޓް އެމްޕްލޯއީ އެސޯސިއޭޝަނުން ފެށިގެން ވަކިވަކި ފަރުދުންވެސް މިވާހަކަ ދައްކައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީ އިން ވަޒީފާ އަދާކުރާ ފަރާތްތަކަށްވުރެ ރިސޯޓް އޯނަރުންގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ކުރާ ވާހަކަ ދައްކާ ދިވެހިންވެސް މަދެއްނޫނެވެ. މިވާހަކަތައް މިފަދަ ގޮތަކަށް ދެކެވެމުން ދަނިކޮށް މިހަފުތާތެރޭ ޓުއަރިޒަމް މިނިސްޓްރީއިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓުއަރިޒަމް މިނިސްޓަރު ދެއްކެވި ވާހަކައިން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް އިތުރަށް ހޫނުގަދަވެއްޖެއެވެ. ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން ހެދި ދިރާސާތަކުންނާއި މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށެވެ. އަދި އެކަމާ ދެކޮޅަށް “ފޭކް އެކައުންޓްތައް” ތަފާތު ވާހަކަ ފަތުރާތީ ދެރަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ

މިނިސްޓަރު އަލީ ވަހީދު މިދައްކަވަނީ ރަގަޅު ވާހަކަ ހެއްޔެވެ. އެހެންކަމުގައިވާ ނަމަ ސާވިސް ޗާޖު ދޫކޮށްފައިވާ ގޮތުގެ ތަފާސް ހިސާބުތައް އާންމު ކުރަންވީ ނޫންވީހެއްޔެވެ. ސާވިސް ޗާޖަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ބަހަން ގާނޫނުން ލާޒިމު ކުރާ ފީއެކެވެ. ނަމަވެސް ގިނަ ރިސޯޓުތަކުގައި ސާވިސް ޗާޖުގެ ގޮތުގައި ދޫކުރާ އަދަދަކީ ސިއްރެކެވެ. ސާވިސް ޗާޖަކީ ރިސޯޓްތަކަށް މުވައްޒަފުން ވަޒީފާއަށް ނިކުންނައިރު މުސާރަފަދައިން އުއްމީދުކުރާ އެލަވަންސެކެވެ. ބަރޯސާވާ އަދަދެކެވެ. މިފަދަ މުހިންމު އެލަވަންސެއް ސިއްރުކުރަނީ ކީއްވެގެންތޯއެވެ.

ރިސޯޓުތަކުން ސާވިސް ޗާޖު ސިއްރުކުރި ނަމަވެސް ދިވެހިންތަކެއްގެ ބުރަ މަސައްކަތުން ސާވިސް ޗާޖު ދޫކުރޭ ގޮތުގެ ތަފުސީލު ދަނީ އާންމުކުރަމުންނެވެ. ނަމަވެސް، ބައެއް ރިސޯޓުތަކުގެ އެއަދަދުތައް އެފަރާތްތަކަށްވެސް ހޯދުމަށް ވަނީ ނުކުޅެދިފައެވެ. މޯލްޑިވްސް ސާވިސް ޗާޖުގެ ނަމުގައި ހިންގާ އެފަރާތްތަކުގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ 150 ރިސޯޓުގެ ތެރެއިން ފާއިތުވީ ނޮވެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ލިބުނު ފައިސާއާއި ބެހޭ މައުލޫމާތު ލިބުނީ އެންމެ 65 ރިސޯޓުގެއެވެ. އެއީ ދެބައިކުޅަ އެއްބަޔަށްވުރެ މަދު އަދަދެކެވެ.

މޯލްޑިވްސް ސާވިސް ޗާޖު ވެބްސައިޓުގައި ވާގޮތުން، މިދިޔަ ނިވެމްބަރު މަހު ވެލާ ރިސޯޓުން 1329 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވާއިރު އިކްްއޭޓޯރިއަލް ވިލެޖުން ބަހާފައިވަނީ 70 ޑޮލަރެވެ. އަދި ގިލި ލަންކަންފުށިން ބަހާފައިވަނީ 210 ޑޮލަރު އަދި ފާރުފުށި މޯލްޑިވްސް އިން 211 ޑޮލަރެވެ. އެފަރާތުގެ މައުލޫމާތު ލިބުނު 65 ރިސޯޓުގެ އެވްރެޖް ސާވިސް ޗާޖަކީ 525 ޑޮލަރެވެ.

56 The Crossroads at Maldives               300.00
57 Vakarufalhi Island Resort               300.00
58 Shangri – La’s Villingili               298.17
59 Atmosphere Kanifushi Maldives               293.00
60 Nika Island Resort and Spa               285.00
61 JA Manafaru               273.00
62 Huvafenfushi Resort and Spa               253.63
63 Faarufushi Maldives               211.00
64 Gili Lankanfushi               210.00
65 Equator Village                 70.00

ބައެއް ރިސޯޓުތަކުން ހާހުން ސާވިސް ޗާޖުގެގޮތުގައި ދޫކުރަމުންދާއިރު 300 ޑޮލަރު ހަމަނުވާ ރިސޯޓްތައް ހުރެދާނެއެވެ. ނަމަވެސް، ރިސޯޓް މުވައްޒަފުން ޝަކުވާ ކުރަނީ އެފަރާތްތަކުން މަސައްކަތްކުރަމުންދާ ރިސޯޓުގައި ޚިދުމަތުގެ އަގު ހުންނަގޮތާއި އޮކިއުޕެންސީއާއި އަދި އެފަދަ އެހެން ރިސޯޓްތަކާއި އަޅާކިއުމަށްފަހުއެވެ.ދިވެހި ރިސޯޓްތަކަށް ސީޒަންގެ ގޮތުގައި ބަލަމުންދާ ނޮވެންބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި 300 ޑޮލަރަށްވުރެ ގިނައިން ސާވިސް ޗާޖު ނުދޭ 10 ރިސޯޓެއް ލިސްޓްކުރެވިފައިވާ އިރު ސާވިސް ޗާޖާއި ބެހޭ މައުލޫމާތު ނުލިބޭ 85 ރިސޯޓް ލިސްޓުކޮށްފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !