A wide advertisement which will be shown on all devices. (700 x 100)

ރިސޯޓުތަކުން ސާވިސް ޗާޖު ބަހަނީ ރަގަޅަށްބާ؟

ސާވިސްޗާޖުގެ ޝަކުވާ އަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އާންމުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ. އެގޮތުން، ބައެއް ރިސޯޓުތަކުން ސާވިސްޗާޖު ދިނުން ލަސްކުރުމާއި ސާވިސްޗާޖުގެ ގޮތުގައި ދޫކުރާ އަދަދު ކުޑަވުމަކީ މެދުނުކެޑި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަމާއި ގުޅިގެން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަޒީފާއާއިބެހޭ ގާނޫނަށް ގެނައި ބަދަލާއިއެކު ސާވިސްޗާޖު ނެގުން ވަނީ ޓްރިސްޓް ރިސޯޓްތަކާއި ޓޫރިސްޓް ފެސިލިޓީތަކަށް މަޖުބޫރުކުރެވިފައެވެ. އަދި މިގާނޫނާއި ގުޅިގެން މިއަހަރު މާޗު މަހު 16 ވަނަ ދުވަހު ގެޒެޓުކުރި ގަވާއިދުގައި ސާވިސް ޗާޖުނަގާނެ ގޮތާއި ސާވިސް ޗާޖުބަހާނެ ގޮތާއި މުވައްޒަފަކަށް ޖެހޭ ސާވިސްޗާޖު މިނާނެގޮތްވެސް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މުވައްޒަފަކަށް ލިބޭ ސާވިސް ޗާޖު މިނާނީ އެމަހެއްގައި ލިބުނު ޖުމްލަ ސާވިސް ޗާޖު، އެމަހެއްގައި ހުރިހާ މުވައްޒަފުން މަސައްކަތް ކުރެވުނު ދުވަހުން (ކޮންމެ މުވައްޒަފަކު އެމަހެއްގައި މަސައްކަތްކުރި ދުވަސް ހޯދުމަށްފަހު އެދުވަސްތައް އެއްކުރުމުން އަންނަ އަދަދު) ގެއްލުމަށްފަހު އެމުވައްޒަފަކު އެމަހެއްގައި މަސައްކަތްކުރި ދުވަހާއި ގުނަ ކޮށްލުމުން އަންނާނީ އެމުވައްޒަފަކަށް ހައްގުވާ ސާވިސް ޗާޖެވެ. ރިސޯޓުތަކުން ބޭނުންނަމަ އިދާރީ ފީގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިނެއްގެ ގޮތުގައި ގާނޫނުގައި 1 އިންސައްތަ ކަނޑައަޅާފައިވެއެވެ.

 

މުވައްޒަފަކަށް ހައްގުވާ ސާވިސް ޗާޖު = (އެމަހެއްގައި ލިބުނު ޖުމްލަ ސާވިސް ޗާޖު / ހުރިހާ މުވައްޒަފުން މަސައްކަތްކުރި ދުވަސް) * އެމުވައްޒަފަކު މަސައްކަތްކުރި ދުވަސް

 

މީގެ އިތުރުން، ފުރަތަމަ 6 މަސްދުވަހުގެ ސާވިސްޗާޖާއި ގުޅޭ މައުލޫމާތު (ޖެނުއަރީ 2021 އިން ޖޫން 2021) މީރާ އަށާއި ލޭބާ ރިލޭޝަން އޮތޯރިޓީއަށް ހުށަހެޅުމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. އަދި މިމައުލޫމާތު އޮކުޓޫބަރު 1 ގެ ކުރިން މީރާއަށް ހުށަހެޅުމަށާއި ފާއިތުވީ އަހަރުގެ ފަހު 6 މަސް ދުވަހުގެ ހިސާބު 1 އެޕްރީލް 2021 ގެ ކުރިން ހުށަހެޅުމަށްވެސް އެގަވާއިދުގައި ބުނެފައިވެއެވެ.

މިބަދަލަށްފަހު އިއްޔެ ޓުއަރިޒަމް މިނިސްޓަު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ރިސޯޓުތަކާއި އެހެން ޓޫރިސްޓު ފެސިލިޓީތަކުން ސާވިސް ޗާޖު ބަހަނީ ރަނގަޅަށް ކަމަށެވެ. ޓުއަރިޒަމް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ “މިހާރު ތިބެނީ ވަރަށް އެޑިއުކޭޓެޑް ކުދިން. އެކުދިން ހިސާބު ކޮށްލާނެ އެތަނަށް ވަންނަ ވަރު. އަދި ހިސާބު ކޮށްލާފައި އެއިން ޖެހޭ އަދަދުވެސް އެނގޭނެ. އެހެންވެ ސާވިސް ޗާޖުގެ ގާނޫނަށް ގެނައި ބަދަލާއި ލޭބާ ރިލޭޝަންސް އޮތޯރިޓީން އެއާ ގުޅިގެން ހެދި ގަވާއިދުގެ އަލީގައި އަޅުގަނޑުމެން މިބަލަނީ ސާވިސް ޗާޖުގެ ކަންކަން ރަނގަޅަށް ދާ ކަމަށް”ވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސާވިސް ޗާޖުގެ ކަންކަން ގޯސްކޮށް ދާނަމަ އެކަން މިނިސްޓްރީ އަށް މެއިލްގެ ޒަރީއާ އިން އެންގުމުން ވަގުތުން އެކަން ބަލާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީ އަށް މައްސަލަ ހުށަހަޅާނީ team@tourism.gov.mv އަށް މެއިލް ކޮށްގެންނެވެ.

ސާވިސް ޗާޖުގެ ކަންކަން ރަނގަޅަށް ދާކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ގިނަ ރިސޯޓުތަކުގެ މުވައްޒަފުން އަންނަނީ ސާވިސް ޗާޖު ދިނުމުގައި ރިސޯޓުތަކުން މަކަރު ހަދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފާއިތުވީ ޖޫން މަހުގެ ސާވިސް ޗާޖަށް ބަލާއިރު ބޮޑު ސާވިސް ޗާޖެއް ދީފައިވާ އިތާފުށިން 763 ޑޮލަރު ދީފައިވާއިރު ދިގަލިން ދީފައިވަނީ 68 ޑޮލަރެވެ. ޖޫން މަހަކީ އޮފު ސީޒަނަށް ވާތީވެ ޖޫން މަހުގެ ސާވިސް ޗާޖާއި މިއަހަރުގެ ފުރަތަމަ 5 މަހުގެ ސާވިސްޗާޖާއި ދެމެދު ބޮޑު ތަފާތެއް ހުއްޓެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !