A wide advertisement which will be shown on all devices. (700 x 100)

މިއަދުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ހޭޒް ޓީމުން

މިއަދުގެ ފުރަތަމަ މެޗު ހޭޒް ޓީމު ބީން ކާމިޔާބުކުރި އިރު ދެވަނަ މެޗު ކާމިޔާބުކުރީ އެމްޖޭއެމް އޭޓީމު. ފޮޓޯ: ކްރިކެޓް ފުވައްމުލައް

މިހާރު ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ކުރިޔަށްދާ ފުވައްމުލަކު ސްކޫލްތަކުގެ ފިރިހެން ކުދިންގެ ކްރިކެޓް މުބާރާތުގެ މިއަދުގެ ފުރަތަމަ މެޗު ހޭޒް ބީ ޓީމުން ކާމިޔާބުކުރީ 29 ލަނޑުންނެވެ. މިއަދުގެ ދެވަނަ މެޗު އެމްޖޭއެމް އޭ ޓީމުން ކާމިޔާބުކުރީ 19 ލަނޑުގެ ތަފާތުން ހޭޒްގެ ޑީ ޓީމު ބަލިކޮށްގެންނެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ހޭޒް ބީީމުން ޓޮސް ދިމާވެގެން ކުޅެން ނިކުމެ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ 5 އޯވަރުގައި 65 ލަނޑު ހެދިއެވެ. އަދި މުޅި އިނިންސްގެ 15 އޯވަރުގައި 8 ވިކެޓަށް 129 ލަނޑު ހެދިއެވެ. އެޓީމުގެ އައިހަމް ހާފު ސެންޗަރީ ހެދީ 22 ބޯޅައާއި ކުރިމަތިލައި 6 ބޯޅަ ހަޔަކަށް ޖަހައިގެންނެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އެޓީމުގެ މާޒިން އެވެ.

ޖަވާބުގައި އެމްޖޭއެމް ބީ ޓީމު ކުޅެން އަރާ މުޅިންވެސް ކުޅެން ޖެހުނީ ޕްރެޝަރުގައެވެ. އެމްޖޭއެމް ބީ ޓީމުގެ ކެޕްޓަން ޖޫދު 27 ލަނޑު ހެދި އިރު ހޫދު 14 ލަނޑު ހެދިއެވެ.

މިއަދުގެ ދެވަނަ މެޗުގައި ހޭޒްގެ ޑީ ޓީމުގެ މައްޗަށް އެމްޖޭއެމްގެ އޭ ޓީމު ކުރި ހޯދީ 19 ލަނޑުންނެވެ. ޓޮސް ކާމިޔާބުކޮށް އެމްޖޭއެމް އޭ ޓީމުން ބެޓް ކުރަން ނިކުމެ 5 ވިކެޓަށް 123 ލަނޑު ހެދިއެވެ. މިމެޗުގައި އެމްޖޭއެމްގެ ކެޕްޓަން މާން 32 ލަނޑު ހެދި އިރު އަނަސް 25 ލަނޑު އަދި އައިވަން 15 ލަނޑު ހެދިއެވެ.

ޖަވާބުގައި ހޭޒް ޑީ ޓީމަށް ކުޅެން ނިކުމެ މާ އެދެވޭ ވާދަވެރި ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެޓީމަށް ހެދުނީ 104 ލަނޑެވެ. މި އިނިންސްގައި އެމްޖޭއެމް ޓީމުގެ މާނު އަދި ހައިޝަމް އަދި ހައިކަލް ގެ އުކުން ފާހަނގަވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !