ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދަޑިމަގު ރަނިންގެ ޓީމު ހޯދައިފިއެވެ. ފުވައްމުލަކު ސިޓީގެ ޔޫތު ސެންޓަރުގެ ވޯލީ ކޯޓުގައި ކުރިއަށް ދިޔަ ފައިނަލް މެޗުން ރަނިންގެ ޓީމު މޮޅުވީ ފްރެންޑްސް ކްލަބް ފުނާޑާއި ވާދަކޮށް 3-0 ސެޓުންނެވެ.
މެޗްގެ ސެޓުތައް ދަނޑިމަގު ރަނިން ގެންދިޔައީ 21،25، 21،25 އަދި 14،25 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނޑިމަގު ރަނިން ޓީމްގެ ނިރުމަލާއެވެ.
ރޭގެ ފައިނަލް މެޗަށް ފަހު އަންހެން ޑިވިޝަންގެ ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ.
+1
+1
ޚިޔާލުތައް