A wide advertisement which will be shown on all devices. (700 x 100)

ފުޓުބޯޅައިގެ އެންމެ މަޝްހޫރު ދެ ފޯރވަޑުން – މެސީ އާއި ރޮނަލްޑޯ

ފުޓޯބޯޅައިގެ ދުނިޔޭގައި އެންމެ ވާދަވެރި ދެ ފޯވަޑުން - ފޮޓޯ ޔޫއެފާ

ފުޓުބޯޅައިގައި ކިތަންމެ މޮޅަށް ކުޅުނަސް ފޯވަޑުން ގޯލު ނުޖެހަންޏާ އެއީ ކާމީޔާބީއެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. މިފަހަރު މިބަލާލަނީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ފޯވަޑުން ކަމަށްވާ ސްޕެއިންގެ ރިއަލް މެޑްރިޑަށް ކުޅޭ ފޯޗުގަލްގެ ތަރި ކްރިސްޓިއާނާ ރޮނަލްޑޯ އާއި ސްޕޭނުން ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ކެޓަލޯނިއާއަށް ނިސްބަތްވާ ބާސެލޯނާގެ ތަރި އާޖެންޓީނާގެ ލިއޮނެލް މެސީގެ ގޯލު ޖެހުމުގެ ކެރިއަރަށެވެ.

ފުޓޯބޯޅައިގެ ދުނިޔޭގައި އެންމެ ވާދަވެރި، ސަޕޯޓަރުން އެންމެ ގިނަ މި ދެ ފޯވަޑުންގެ ތަފާތު ގޮތްގޮތުން އާޅާކިޔުމަކީ ވާދަވެރިން އަބަދުވެސް ޝައުގުވެރިވާ ކަމެކެވެ. އެގޮތުން މިފަހަރު މިބަލާލަނީ ޔޫއެފާ ކްލަބު މުބާރާތްތަކުގައި މި ދެ ކުޅުންތެރިން ގޯލު ޖަހާފައިވާ ގޮތަށެވެ. 

ޔޫއެފާ ކްލަބު މުބާރާތްތަކުގައި މި ދެ ކުޅުންތެރިން ވެސް ވަނީ ކުރީގެ ރެކޯޑް ދެމެހެއްޓި ސްޕެއިންގެ ފޯވަރޑް ރައުލް ގޮންޒާލެއްޒްގެ 71 ލަނަޑުގެ ރެކޯޑް 2014/15ގެ ސީޒަނުގައި މުގުރާލާފައެވެ.

ފާއިތުވި ހަފުތާގެ ޗެމްޕިއަންސް ލީގުގައި ޖެހި ގޯލާއެކު މެސީއަށް ޖުމްލަ 100 ގޯލު ހަމަކުރެވުނު އިރު ރޮނަލްޑޯ ވަނީ ފައިތުވި ސީޒަނުގައި 100 ގޯލު ޖަހައި ރެކޯޑް ހަދައިފައެވެ. ޔޫއެފާ ކްލަބް ޗެމްޕިއަން ޝިޕާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ވެސް މި ދެ ކުޅުންތެރިންނެވެ. 

މި ދެ މުބާރާތުގެ ޖުމްލަ ލަނޑު ލިސްޓުން 119 ލަނޑާއެކު ރޮނަލްޑޯ ކުރި ހޯދާއިރު މެސީއަށް އަދި ހަމަކުރެވުނީ 100 އެވެ.  

ޔޫރަފުގެ އެންމެ ޝަރަފުވެރި ކްލަބު މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް 116-97 ލަނޑުން މެސީއަށް ވުރެ ކުރީގައި އޮތީ ކްރިސްޓްިއާނާ ރޮނަލްޑޯއެވެ. 

މެސީއާއި ރޮނަލްޑޯގެ ކުޅުން ކިތަންމެ ތަފާތު ނަމަވެސް ޔޫއެފާ ޗެމްޕއިންސް ލީގުގައި މެސީއަށް ވުރެ ރޮނަލްޑޯ ގިނަ މެޗް ކުޅެފައިވެއެވެ. އެއީ:

ކްރިސްޓިއާނާ  ރޮނަލްޑޯ(ޖ.7): 147 މެޗު ކުޅެ 116 ގޯލު ޖެހުމުން މެޗަކަށް އެވްރެޖުކޮށް އެ ޖެހެނީ 0.79 އެވެ. 

ލިއޮނެލް މެސީ (10)؛ 121 މެޗު ކުޅެ 97 ގޯލު ޖެހުމުން މެޗަކަށް އެ ޖެހެނީ 0.8 އެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގެ 3 ފައިނަލުގައި ގޯލުޖެހި ހަމައެކަނި ކުޅުންތެރިއަކީ ކްރިސްޓިއާނާ ރޮނަލްޑޯއެވެ.

މެސީ ގޯލު ޖެހި މެޗުތަކުން މިހާތަނަށް ޓީމު ބަލިވެފައި ވަނީ އެންމެ 3 މެޗުންނެވެ. މެސީގެ ހުރިހާ ގޯލެއްވެސް ޖަހާދީަފއި ވަނީ ބާސެލޯނާއަށެވެ. ނަމަވެސް ކ.ރޮނަލްޑޯ ގެ ގޯލުތައް ފެނިފައި ވަނީ މެންޗެސްޓަރ ޔުނައިޓޭޑާއި ރިއަލް މެޑްރިޑުންނެވެ. 

މެސީގެ ހުރިހާ ގޯލަކީ ވެސް މުބާރާތުގެ ފައިަލް ބުރުގެ ގޯލުތަކެވެ. ނަމަވެސް ކ.ރޮނަލްޑޯ ވަނީ ކޮލިފައިން ބުރުގަައި ވެސް ގޯލު ޖަހާފައެވެ.

މެސީ އާއި ރޮނަލްޑޯ ވެސް ވަނީ މި މުބާރާތްތަކުގައި 7-7 ހެޓްރިކް ހަދާފައެވެ. 

ދެ ކުޅުންތެރިން ވެސް ވަނީ ގްރޫޕް ސްޓެޖުގެ މެޗުތަކުގައި 60 ގޯލު ޖަހާފައެވެ.

މި ދެކުޅުންތެރިން ވެސް ވަނީ އިދިކޮޅު އެއްޓީމެއްގެ ކޮޅަށް 9 ގޯލު ޖަހާފައެވެ. ރޮނަލްޑޯ 9 ގޯލު ޖަހާފައި ވަނީ ބެޔާން މިޔުނިކް ކަޮޅަށް އަދި މެސީ 9 ގޯލު ޖަހާފައި ވަނީ އާސެނަލް ކޮޅަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !