A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލުގެ އިންޓަރ ހައުސް ސްޕޯރޓްސް ފެސްޓިވަލް ނިންމާލައިފި

މާރިޗު މަހު 3-4ށް ފުވައްމުލަކު ސްޓޭޑިއަމްގައި ކުރިޔަށް ގެންދެވުނު އެފްއެސްގެ ސްޕޯރޓްސް ފެސްޓިވަލް 2018. ފޮޓޯ: އެފްއެސް

ފުވައްމުލަކު ސްކޫލް (އެފްއެސް) ގެ އިންޓަރ ހައުސް ސްޕޯރޓސް ފެސްޓިވަލް 2018 އިއްޔެ ނިންމާލައިފިއެވެ. ފުވައްމުލަކު ސްޓޭޑިއަމްގައި މި މާރިޗު މަހު 3-4ށް ކުރިޔަށް ގެންދެވުނު މި ސްޕޯރޓްސް ފެސްޓިވަލް ގައި ވާދަކޮށްފައި ވަނީ އެފްސްގެ 3 ހައުސް ކަމަށްވާ ޝަމްސުއްދީން ހައުސް އާއި ނޫރުއްދީން ހައުސް އަދި އިއްޒައްދީނު ހައުސް އެވެ.

ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިޔަށް ގެންދެވުނު މިފެސްޓިވަލުގައި އެތުލެޓިކްސްގެ ގިނަ އިވެންޓްތަކެއް ގައި ދަރިވަރުން ވާދަކޮށްފައިވެއެވެ.

މި ފެސްޓިވަލުން އެއްވަނަ ހައުސް އަކީ ޝަމްސުއްދީން ހައުސް އެވެ. 

11 އަހަރުން ދަށުގެ އަންހެން ބައިން އެންމެ މޮޅު އެތުލިޓަކީ ޒުހާއެވެ. އަދި 11 އަހަރުން ދަށުގެ ފިރިހެން ބައިން އެންމެ މޮޅު އެތުލިޓަކީ ނަޒާން އެވެ. 

15 އަހަރުން ދަށުގެ ފިރިހެން ބައިން އެންމެ މޮޅު އެތުލިޓަކީ މާއިސް އެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ބައިން އެންމެ މޮޅު އެތުލިޓަކީ ނަހޫ އެވެ.

މި ފެސްޓިވަލުން އެކިއެކި ވަނަތައް ހޯދި ދަރިވަރުންނަށް މެޑެއްޔާއި ހަނދާނީ ލިޔުން ދިނުން އިއްޔެ އޮތް ނިންމުމުގެ ރަސްމިއްޔާތުގައި އޮތެވެ.

މި ހަރަކާތް ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެސްކޫލުގެ ސްޕޯރޓްސް ކްލަބުގެ ފަރާތުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. 

ފުވައްމުލަކު ސްކޫލުގެ ޕްރިންސިޕަލަކީ ދަޑިމަގު ޑޭޒީމާގެ ހަސަން ޒަރީރުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !