A wide advertisement which will be shown on all devices. (700 x 100)

ފްރާންސް ގައުމީ ޓީމުގައި ހިމެނޭ 7 މުސްލިމް ކުޅުންތެރިން

ދިހަ އަހަރަށްފަހު ވޯލްޑް ކަޕް ފްރާންސް އިން ދެވަނަ ފަހަރަށް އުފުލާލިއިރު އެޓީމުގައި ނިސްބަތުން ގިނަ އަދަދަށް އެފްރިކާގެ އަސްލަށް ނިސްބަތްވާ ކުޅުންތެރިން ގިނައެވެ. އަދި މުސްލިމް ކުޅުންތެރިންގެ ނިސްބަތްވެސް މިފަހަރު ބޮޑެވެ. އެގޮތުން، ފްރާންސްގެ ވޯލްޑްކަޕް ހޯދި ޓީމުގައި ހަތް މުސްލިމް ކުޅުންތެރިއަކުވެސް ހިމެނެއެވެ.

1- ޕޯލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއަންނަ ހުނަރުވެރި މިޑްފީލްޑާރ ޕޮގްބާ ވޯލްޑްކަޕަށް އައީ އުމްރާއެއް ކޮށްގެނެވެ. އިޓަލީގެ ޔުވެންޓާސް އިން މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ހުނަރުވެރި މިކުޅުންތެރިޔާ ވަނީ އިޓަލީގައި ހޭދަކުރި ކާމިޔާބު އަހަރުތަކުގެ ތެރޭގައި ގޯލްޑެން ބޯއީ އެވޯޑާއި ބްރާވޯ އެވޯޑްވެސް ހާސިލުކޮށްފައެވެ.

2- އޮސްމާނޭ ޑެމްބެލޭ

ބްރޯޝިއާ ޑޯޓްމޮންޑް އިން ބާސެލޯނާއާއި ގުޅުނު 21 އަހަރުގެ އޮސްމާނޭގެ ބައްޕަ އަކީ މާލީ އަށް ނިސްބަތްވާ މީހެކެވެ. މަންމަ ނިސްބަތްވަނީ މޮރިޓޭނިއާއަށާއި ގެނެގާލަށެވެ.

3- ކާންޓޭ

ލެސްޓާ ސިޓީއާއިއެކު ޕްރިމިއާ ލީގް ކާމިޔާބު ކުރުމަށްފަހު ޗެލްސީއަށް ބަދަލުވެ އެއަހަރު ޗެލްސީއާއިއެކު ޕްރިމިއާ ލީގު ހޯދުމުގެ ޝަރަފް ލިބުނު ކާންޓޭ އަކީ މާލީ އަށް އުފަން ހުށިޔާރު މިޑްފީލްޑަރެކެވެ.

4- އާދިލް ރާމީ

ފްރާންސްގެ މާރސޭ އަށް ކުޅެމުން ސެންޓްރަލް ޑިފެންޑާރ އާދިލް އަކީ މޮރޮކޯއަށް އުފަން ކުޅުންތެރިއެކެވެ.

5- ޖިބްރީލް ސިޑިބޭ

މޮނާކޯ އަށް ކުޅެމުން 24 އަހަރުގެ ޑިފެންޑާރ ޖިބްރީލަކީ ސެނެގާލަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. 

6- ބެންޖަމިން މެންޑީ

އިގިރޭސި ކްލަބް މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ވާތުބެކް މެންޑީ ނިސްބަތްވަނީ ސެނެގާލަށެވެ.

7- ނާބިރު ފެކިރު

ކުރިއަށް ކުޅޭ ނާބިރަކީ އަލްޖީރިއާއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !