މައިލޯ 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް މިއަދު ފުވައްމުލަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 26 ސްކޫލަކުން ޓީމުތައް ބައިވެިރކޮށްފައި ވެއެވެ. މިމުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ މި ޖުލައި މަހު 23-26 ށް ފުވައްމުލަކު ސްޓޭޑިއަމްގައެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ފުވައްމުލަކަށް އައި ޓީމުތަކަށް ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެތުލެޓިސްކްގައި ގިނަ ކާމިޔާބީތަކެއް ހޯދާފިވާ ފުވައްމުލަކުގެ ސްކޫލްތަކުން މިމުބާރާތަށް ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުން ފުވައމްުލަކުގެ 4 ސްކުލުން ވެސް ވަނީމުބާރާތަށް ރަނގަޅަށް ތައްޔާރު ވެފައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތައް:
1. ހދ. އަތޮޅު ތައުލީމީ މަރުކަޒު
2. އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް (މާލެ)
3. އަމީނިއްޔާ ސްކޫލް (މާލެ)
4. ބިލަބޮންހަިއ އިންޓަރނެޗަނަލް ސްކޫލް (މާލެ)
5. ދަރުމަވަންތަ ސްލުކް (މާލެ)
6. ޖަމާލުއްދީން ސްކޫލް (މާލެ)
7. ތާޖުއްދީން ސްކުލް (މާލެ)
8. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (މާލެ)
9. ދ. އަތޮޅު ސްކޫލް
10. ލ. އިސްދޫ ސްކޫލް
11. ގއ. ދާންދޫ ސްކޫލް
12، ގއ. ގެމަނަފުށި ސްކޫލް
13. ގދ. އަބޫބަކުރު ސްކޫލް
14. ގދ. އަތޮޅު ތައުލީމީ މަރުކަޒު
15. ގދ. އަތޮޅު ސްކޫލް
16. ތިދޫ ސްކޫލް (ގ.ދ)
17. ފުވައްމުލަކު ސްކޫލް (އެފްއެސް)
18. ޏ. އަތޮޅު ތައުލިމީ މަރުކަޒު (ޏ. އޭއީސީ)
19. މުހައމްުދު ޖަމާލުއްދީން ސްކުލް (އެމްޖޭއެސް)
20. އައްޑު ހައި ސްކޫލް
21. ހިތަދޫ ސްކޫލް
22. އިރުޝާދިއްޔާ ސްކޫލް
23. މަރަދޫ-ފޭދު ސްކޫލް
24. މަރަދޫ ސްކޫލް
25. ޝަރަފުއްދީން ސްކޫލް (ސ.)
26. ކެންގަރޫ ކިޑްސް ހުސްނިއްޔާ ޕްރި ޕްރައިމަރީ އިންޓަރނެޝަނަލް ސްކޫލް
ޚިޔާލުތައް