މިއަދު ހަވީރު ފުވައްމުލަކުގައި ނިމުނު މައިލޯ އިންޓަރ ސްކޫލް 21 ވަނަ އެތުލެޓިކްސް މީޓުގެ ގިނަ އިވެންޓްތަކެއް މިއަދު ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި އަދުގެ އިވެންޓްތަކުން ޏ.އެއީސީގެ އިތުރުން ގ.ދ އަތޮޅު ތައުލީމީ މަރުކަޒާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އައޑު ހައި ސްކޫލުން ވަނީ ގިނަ ވަނަތަކެއް ހޯދާފައެވެ.
800 މީޓަރު ދުވުން 15 އަހަރުން ދަށް:
އަންހެން ކުދިންގެ ބައިން 1 ވަނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ފާޠިމަތު ޝިބާހަތު
ފިރިހެން ކުދިންގެ ބައިން 1 ވަނަ
ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް އިފާޒް
800 މީޓަރު ދުވުން 17 އަހަރުން ދަށް:
އަންހެން ކުދިންގެ ބައިން 1 ވަނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުޙައްމަދު.
ފިރިހެން ކުދިންގެ ބައިން 1 ވަނަ އައްޑޫ ހައި ސްކޫލްގެ މުހާޖިރު ޒިޔާދު.
ޖެވެލިންގ ތްރޯ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ރާއިފާ އަލީ.
4×100 މީޓަރު ރިލޭގެ 13 އަހަރުން ދަށުގެ
ފިރިހެން ކުދިންގެ ބައިން 1 ވަނަ ހާފިޒު އަހުމަދު ސްކޫލް
އަންހެން ކުދިންގެ ބައިން 1 ވަނަ ހދ.އަތޮޅު ތައުލީމީ މަރުކަޒު
17 އަހަރުން ދަށުގެ ފިިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒު
15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒު.
ލޯންގް ޖަމްޕްގެ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ނަހޫ. ނަހޫ 1 ވަނަ ހޯދީ ގައުމީ ރެކޯޑަކާ ވެސް އެކުގައެވެ. އޭނާ ވަނީ 4.92 މީޓަރަށް ފުންމައިގެން ރެކޯދް ހަދާފައެވެ.
ޑިސްކަސް ތްރޯ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ޖިވާ.
ޚިޔާލުތައް