25 މެއި 2020 ( ހޯމަ )

banner

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު. ފޮޓޯ: ޝިފޫ -އެފްބީ

ދެކުނު ދާއިރާގެ ވޮލީބޯޅަ މުބާރާތް މިއަދު ހަވީރު ފަށައިފި

ފުވައްމުލަކުގައި ބާއްވާ އަންހެނުންގެ ވޮލީބޯޅަ މުބާރާތް “ދެކުނު ދާއިރާ ކަޕް 2015” ގެ ކުޅުން މިއަދު ކަނދޮވަލި ވޮލީކޯޓުގައި ފަށައިފިއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފިޔާތޮށި (ޕިންކް) ކުލައިން މުޅި ސަރަހައްދުގައި ދިދަ ދަމާފައިވާއިރު މުބާރާތާއި ގުޅުން ހުރި ބެނަރތައް ވަނީ ޕީޕީއެމަށް ނިސްބަތްވާ ޕިންކު ކުލައިންނެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވެސް ބޮޑަށް ފެނިގެން ގޮސްފައި ވަނީ ސިޔާސީ މީހުންނާއެކު ސިޔާސީ ކަމެއްގެ ސިފާގައި ކަމަށް މުބާރާތް ބަލަން ދިޔަ ކުޅިވަރަށް ލޯބިކުރާ ވޮލީ ކުޅުންތެރިއަކު ހިތްހަމަނުޖެހުމާއެކު ފާހަނގަ ކުރިއެވެ.

މުބާރާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި މުބާރާތް ހުޅުވައި ދިނީ މަޖުލިސް މެންބަރު އަލީ ޝާހުއާއި މަޖުލިސް މެންބަރު އަލީ ފަޒާދެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ފުނާޑް ސްޕޯރޓްސް ކްލަބާއި ދޫނޑިގަމު ސްޕޯޓްސް ކްލަބް ބައްދަލުކޮށް 3-1 ން މޮޅުވީ ފުނާޑު ސްޕޯރޓްސް ކްލަބެވެ. މިއަދުގެ މެޗްގައި ފުނާޑް ސްޕޯރޓްސް ކްލަބުގެ ލަންކާ ދެކުޅުންތެރިން ހިފެހެއްޓޭނެ ގޮތެއް، ހަމައެކަނި ދޫނޑިގަމު ކުޅުންތެރިން ހިމަނައިގެން ނުކުތް ދޫނޑިގަމު ޓީމަކަށް ނުވިއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ، މިހާރު ކުޅެވެމުން ދަނީ “މާދަޑި އޮމަލާސް” ޓީމާއި މާލެގަމު ޔޫތު އެމްޕަވަރ ސޮސައިޓީއެވެ. މަދަމާގެ ފުރަމަ މެޗުގައި ބައްދަލު ކުރާނީ “ހޯދަޑު ސްޕައިކަރޒް” ޓީމާއި “މިސްކިތްމަގު އެންމެންގެ ގުޅުން” ޓީމެވެ.

މިފަދަ ކުޅިވަރު މުބާރާތްތަކުގައި ސިޔާސީ ކުލަޖައްސައި ޖަމާއަތުގައި އެންމެނެ އެކުވެ އުޅުމަށް ހުޅުވިފައިވާ މިފަދަ މަދު ފުރުސަތުތައް ސިޔާސީ ކުރާތީ ފުވައްމުލަކުގެ ބައެއް ޒުވާނުން ދަނީ ސޯޝަލް މީޑީއާގައި ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނާގޮތުން މިމުބާރާތުގެ މައުލޫމާތު އިތުރަށް އަޑު އަހަން ވެސް ބޭނުން ނުވަނީ ކުޅިވަރު ސިޔާސީ ކުރާތީއެވެ.


ކިޔުންތެރިންގެ ޚިޔާލު