A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި 13 މުބާރާތް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2016 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތައް އެކައުންސިލުން އާންމުކޮށްފިއެވެ.

އަތޮޅު ކައުންސިލުން އާންމުކުރި ކުޅިވަރު ކަލަންޑަރުގައި 13 ކުޅިވަރެއް ހިމަނައި ފައިވެއެވެ. ކުޅިވަރު ކަލަންޑަރުގައި ހިމަނާފައިވާ ކުޅިވަރުތައް ފެށުމަށް ހަމެޖެހިފައިވަނީ މާރޗް މަހުގެ ތެރޭގައެވެ. އެގޮތުން މާރޗް 8 ގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމާއި 11 މާރޗް ގައި 13 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން 20 މާރޗްގައި ވޮލީބޯލް ކޯޗަރސް ޓްރޭނިންގ ކޯހަކާއި ވޮލީ ބޯޅަ ކޯޗިންގ ކޭމްޕެއް ބޭއްވުމަށް ހަމަޖައްސާފައިވެއެވެ.

އެޕްރީލް މަހު 07 ވަނަ ދުވަހު 13 އަހަރުންދަށުގެ އިންޓަރ ސްކޫލް ވޮލީ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މެއި 10 ގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 20 މެއި ގައި އޮފީސްތަކުގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޖުލައި މަހުގެ ތެރޭގައި ފުޓްސަލް (ވެޓަރަންސް) އޮފީސް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ޖުލައި މަހުގެ 20 ވަނަ ދުވަހު އިންޓަރ އެޓޯލް އެތުލެޓިކްސް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު 21 އަހަރުން ދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަތޮޅު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ކުޅިވަރު ކަލަންޑަރުގައި ތާވަލް ކޮށްފައިވެއެވެ. މީގެ އިތުރުން އަންހެން އަދި ފިރިހެނުންނަށް އަމާޒުކޮށްގެން ވޮލީ މުބާރާތެއް  އޮކްޓޯބަރ 15 ގައި ފެށުމަށް ހަމަޖައްސާފައިވެއެވެ. އަދި 13 އަހަރު ދަށުގެ ސުކޫލް ކުދިންނަށް އަމާޒުކޮށްގެން އިންޓަރ ސުކޫލް ކުރިކެޓް މުބާރާތެއް ނޮވެމްބަރގައި ފެށުމަށް ތާވަލް ކޮށްފައިވެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި މުޅިން އަލަށް ބާއްވާ ސަރފިންގ ފެސްޓިވަލެއް ޑިސެމްބަރ މަހު ބޭއްވުމަށް ހަމަޖައްސާފައިވެއެވެ.

އަތޮޅު ކައުންސިލުން ވިދާޅުވީ މިމުބާރާތްތަކުގެ ތާރީހްތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

2015 ވަނަ އަހަރުވެސް އަތޮޅު ކައުންސިލުން ގިނަ މުބާރާތްތަކެއް ބާއްވާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !