A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސުކޫލްގެ ފުޓްބޯޅަ މުބާރާތް ފަށައިފި

ފުވައްމުލަކު ސުކޫލްގެ ފުޓްބޯޅަ މުބާރާތުގެ ޕްރީސްކޫލް ބައިގެ މެޗެއް ކުރިއަށްދަނީ. ފޮޓޯ: އެފްއެސް ފޭސްބުކް ޕޭޖް

ފުވައްމުލަކު ސުކޫލް (އެފްއެސް) ގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް އިއްޔެ އެސުކޫލްގެ ކުޅިވަރު ދަނޑުގައި ފައްޓައިފިއެވެ.

ފުވައްމުލަކު ސުކޫލްގެ ހަތަރު ހައުސްގެ މެދުގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ތިން އުމުރު ފުރާއެއްގައި އެސުކޫލްގެ ހަތަރު ހައުސް އިން ވާދަކުރެއެވެ. އެގޮތުން ދެ އުމުރުފުރާއެއްގެ ބަޔާއި ޕްރީ ސުކޫލްބައިވެސް ހިމެނެއެވެ. އެސުކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ހުރިހާ ފިރިހެން ދަރިވަރުންނަށްވެސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެ ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ދީފައިވާގޮތަށް ބާއްވާ މުބާރާތުގެ އުމުރު ފުރާތަކަކީ ގުރޭޑް 5،6،7 ގެ ދަރިވަރުންނަށް އެއް ގުރޫޕެއްގައި އަދި 2،3،4 އެއްގުރޫޕެއްގައި ކުޅޭ ގޮތަށެވެ. އަދި އެލްކޭޖީ، ޔޫކޭޖީ އަދި ގުރޭޑް 1 އެއީ އެއް ގުރޫޕްއެވެ. 

އަދި  އިއްޔެވެސް ވަނީ ތިން އުމުރުފުރާގެ މެޗްތައް ކުޅެފައެވެ. މިއަދުވެސް މިމުބާރާތުގެ މެޗްތައް ކުރިއަށް ދާނެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ އަންނަ ހަފްތާގެ އާދީއްތަ އަދި އަންގާރަ ދުވަހުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !