A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސުކޫލްގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުލޫ އަދި ރެޑް ހައުސްއަށް

ފުވައްމުލަކު ސްުކޫލްގެ ފުޓްބޯޅަ މުބާރާތުގެ ދެ އުމުރު ފުރައިން ޗެމްޕިއަންކަން ހޯދި ބްލޫހައުސް

ފުވައްމުލަކު ސްކޫލް (އެފްއެސް)ގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ އެކި އުމުރު ފުރާތަކުގެ ޗެމްޕިއަންކަން ބުލޫ އަދި ރެޑް ހައުސް ހޯދައިފިއެވެ.

އިއްޔެ އާއި މިއަދު ކުޅުނު ފައިނަލް މެޗްތަކުގެ ތެރެއިން ޕްރީސްކޫލް ބައިގެ ޗެމްޕިއަންކަން ރެޑް ހައުސް ހޯދީ ފައިނަލުގައި ގްރީން ހައުސްއާއި ވާދަކޮށްގެން 1-0 އިންނެވެ. މިއަދު ކުޅުނީ ގުރޭޑް 2،3،4 ގެ އުމުރު ފުރައާއި 5،6،7 ގެ އުމުރުފުރާގެ ފައިނަލެވެ. މިމެޗްތަކުގެ ތެރެއިން ދެ މެޗްވެސް ކާމިޔާބުކުރީ ބްލޫ ހައުސްގެ ޓީމްތަކެވެ.

މިއީ ފުވައްމުލަކު ސްކޫލްގެ ހުރިހާ ފިރިހެންކުދިންނަށް ބައިވެރިވެވޭގޮތަށް ރާވާފައިވާ މުބާރާތެއް ކަމަށް އެސުކޫލް އިން ވިދާޅުވިއެވެ. މިއަދުގެ މެޗަށްފަހު މަގާމްތަކަށް ހޮވުނު ކުޅުންތެރިންނާއި ޗެމްޕިއަންޓީމަށް އިނާމްދީފައިވެއެވެ.

ފުވައްމުލަކު ސްކޫލް އިން ކުރިން ވިދާޅުވީ މިމުބާރާތުގައި އެސްކޫލްގައި ތައުލީމް ހާސިލްކުރާ 190 ފިރިހެން ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !