A wide advertisement which will be shown on all devices. (700 x 100)

ޗެސް މުބާރާތުން އެއްވަނަ މުހައްމަދު މޫސާ ދީދީ

އީދު ދެވަނަ ދުވަހު ފެށުނު ފުވައްމުލައް ޗެސް ކަޕުގެ ޗެންޕިއަންކަން މުހައްމަދު މޫސާ ދީދީ ހޯދައިފިއެވެ. މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފޯރިއާއިއެކު ކުރިއަށް ދިޔަ މިމުބާރާތުގައި އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ އިއްޔެއެވެ. ކުރީގެ ކައުންސިލް ނާއިބު ނާއިބު ރައީސް ހުސެއިން ޝާފީ ޝަރަފުވެރިކޮށްދެއްވި ރަސްމިޔާތުގައި ވަނަވަނަ އަށް އައިފަރާތްތަކަށް ތައްޓާއި ހަދާނީ ލިއުން ދިނުމުގެ އިތުރުން ބައިވެރިންނަށްވެސް ވަނީ އަގުވަޒަންކޮށް ހަނދާނީލިއުން ދީފައެވެ. މިމުބާރާތުގެ އެއްވަނަ މުހައްމަދު މޫސާ ދީދީ ހޯދިއިރު ދެވަނަ ހޯދައިފައިވަނީ އާޔަތުﷲ މޫސާއެވެ. އަދި ތިންވަނަ ހޯދައިފައިވަނީ ހުސެއިން ޝަހީމެވެ.

ޗެސް، ނުވަތަ ރާޒުވާ ފަދަ ކުޅިވަރުތަކަކީ ސިކުޑިތަނަވަސްވާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން، ތޫނުފިލިވުމާއި، ހަނދާނުގެބައި ވަރުގަދަވުމާއި، ދުރުވިސްނުމަށް މަގުފަހިވުމާއި، ސަމާލުކަން ދިނުމަށް މަގުފަހިވުން ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !