18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ދިގުވާނޑުގެ ފެށުން ރަނގަޅުކޮށް ސެމީ ފައިނަލާގާތަށް

އެފްއޭއެމް އަތޮޅު މުބާރާތުގެ ފުވައްމުލަކުގައި އިއްޔެ ކުޅުނު މެޗް ދިގުވާނޑުގެ ފެށުން ރަނގަޅުކޮށް ސެމީ ފައިނަލާގާތަށް ޖެހިލައިފިއެވެ.
އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު ބީ ގުރޫޕްގެ މެޗްގައި ދިގުވާނޑު އައިލެންޑް ޖޫނިއާރސް މެޗް ކާމިޔާބުކޮށްފައިވަނީ 3-1 އިން ފުނާޑު ޔޫތު އެސޯސިއޭޝަންގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ދިގުވާނޑު ޓީމުން ގޯލެއް ޖެހިކަމުގައިވިޔަސް ތިން ވަރަކަށް މިނިޓް ތެރޭގައި ފުނާޑު އަށް ލިބުނު ޕެނަލްޓީއަކުން މެޗްގެ ނަތީޖާ ހަމަހަ ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދިގުވާނޑު ޓީމުން އިތުރުގޯލެއް ޖަހައި މެޗްގެ ލީޑް ނެގިއެވެ. މެޗްގެ ދެ ވަނަ ހާފްގައި ދިގުވާނޑު ޓީމުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗްގެ ލީޑް ފުޅާކުރިއެވެ. ދެވަނަ ހާފްގައި ގިނަ ހަމަލަތަކެއް އުފައްދައި މޮޅަށް ކުޅެފައިވަނީ ފުނާޑު ޓީމުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިނގުވާނޑު ޓީމްގެ ޝާނިއު ޖ.12 އެވެ.
މިއަދުގެ މެޗްގައި ބައްދަލުކުރާނީ ދޫނޑިގަމްގެ ފުވައްމުލަކު ސްޕޯޓްސް ކުލަބާއި ދަނޑިމަގުގެ ތޫނޑު ޖަމްމިއްޔާއެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު