9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ފުޓްސަލް ރެފްރީ ކޯހެއް ބާއްވަނީ

ފުވައްމުލަކުގައި ފުޓް ސަލް ރެފްރީ ކޯހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ނޭޝަނަލް އިންސިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން ކުރިއަށްގެންދާ ރެފްރީ ކޯސް އޮންނާނީ އޯގަސްޓް މަހުގެ 23 އިން 29 އަށް ފުވައްމުލަކުގައެވެ. ފުޓްސަލް ރެފްރީ ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޙަކީ 31 ޖުލައި 2019 އެވެ.

ފުޓްސަލް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަ ކުރެވެއެވެ. އަދި ފުޓްސަލް ރެފްރީކަމުން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށްވެސް ފުޓްސަލް ރެފްރީން ފާހަގަކުރެއެވެ. ފުވައްމުލަކުގައިވެސް ފުޓްސަލް ރެފްރީން މަދުކަމުން ބައެއް މުބާރާތްތައް ބޭއްވުމަށް ރަށުން ބޭރުން ރެފްރީން ގެންނަން ޖެހެއެވެ. މިހެންކަމުން ފުވައްމުލަކުގެ ޒުވާނުނަށް ކުޅިވަރުގެ މިފަދަ ރޮގަކުން ކުރިއަށްދިޔުމަށް ލިބޭ ފުރުސަތަކެވެ.

ކޯހާއި ގުޅޭ އިތުރު މައުލޫމާތު 3326986 އަދި 9686555 އިން ލިބޭނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުވައްމުލަކު ކޮމިއުނިޓީ ސެންޓަރުން ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު