A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް މެރެތަން ކާމިޔާބުކަމާއެކު ނިންމާލައިފި

ޓްރެވެލް މެރެތަން މޯލްޑިވްސްގެ ފަރާތުން ފުވައްމުލަކުަގއި ބޭއްވި މެރަތަން ނިންމާލުން

ރޭ ދަންވަރުން ފެށިގެން ކުރިޔަށްގެންދިޔަ މޯލްޑިވްސް ފުވައްމުލައް މެރެތަން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ރޭ ދަންވަރު 2:30 ގައި ފެށި ފުލް މެރެތަންއާއި އެއިގެ ފަހުން 5:30 ގައި ފެށި ހާފު މެރެތަން، 10ކމ އާއި 5ކމ ގެ ބަޔާއި އަދި އިތުރު ބައިތަކާއެކު ކުރިޔަށްގެން ގޮސް ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި ނިންމާލީ މިއަދު 10:30 އެހާކަށް ހާއިރުއެވެ.

މީއީ ފުވައްމުލަކުގައި ބޭއްވޭ މިފަދަ ފުރަތަމަ މެރެތަން ރޭހެވެ. މިރޭހުގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލައި، އަދި ތަފާތު އުމުރުފުރާތަކުން މީހުން ބައިވެރިވެފައިވެއެވެ.

މިިއީ ޓްރެވެލް މެރެތަން އޮފް މޯލްޑިވްސްގެ 3 ވަނަ ރޭސް ކަމަށް ޓްރެވެލް މެރެތަންގެ ކޯފައުންޑަރ ޝުޖާއު ހާމަކުރެއްވިއެވެ. މި އިވެންޓްގެ ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާ ކަމަށާއި އަދި އެންމެން ވެސް ރޭސް ނިންމި ކަމަށް ޝުޖާއު ހާމަކުރެއްވިއެވެ.

މި އިވެންޓް އިންތިޒާމުކުރި އައިރަނާސް އާއި ޓްރެވެލް މެރެތަންގެ ފުވައްމުލައް މެރެތަންގެ އިވެންޓް ޑައިރެކްޓަރ ޝުޖާއު މިކަލް ނޫހަށް މައުލޫމާތު ދެމުން ހާމަކުރި ކުރެއްވިގޮތުގައި އިވެންޓްގެ އެންމެހާ ކަންތައްތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިކަމުގައި ފުވައްމުލައް ސިޓީ ކައުންސިލާއި ޖީއެން ވޮލަންޓިއަރސްގެ އިތުރުން ޏ.އޭއީސީން ލިބުނު އެއްބާރުލުމާއި އެހީތެރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި މެރެތަންގެ ވަނަތައް:

ފުލް މެރެތަން 41 ކިލޯމީޓަރުގެ ދުވުން 

1 ވަނަ: ލާލް ބަހާދަރު (42004) – އިންޑިއާ ކަރުނާތަކާ އޭނާ ރޭސް ނިންމާފައިވަނީ 3 ގަޑި 13 މިނިޓް 13 ސިކުންތުން ނެވެ.

2 ވަނަ؛ މުހައްމަދު އާތިފު އިބްރާހިމް (24001)- 5:11:43

3 ވަނަ: ސިޔާދު އަލީ (42009) – 6:43:25

ފުލް މެރަތަން ގެ ވަނަތައް ހާސިލުކުރި ފަރާތްތައް

މިބައިގައި އަންހެން ދުވުންތެރިއަކު ބައިވެރިވެފައެއް ނުވެއެވެ.

މ ިބައިގެ 1 ވަނަ ހާސިލުކުރި ލާލް ބަހާދަރު ވަނީ މި މެރަތަންގެ މީގެ ކުރީ ދެ އަހަރުގެ ވެސް އެއްވަނަ ހާސިލުކޮށްފައެވެ. އޭނާ މިކަލް ނޫހަށް ބުނި ގޮތުގައި މިފަހަރު މަސައްކަތް ކުރީ ކުރީ ގެ ރޮކޭދަށްވުރެ އަވަށް ރެކޯޑެއް ހެދުމަށެވެ. އެކަން ކާމިޔާބުވެ މިފަހަރު ފުލް މެރެތަން އޭނާ ވަނީ އެކަން ހާސިލުކޮށްފައި ކަމަށެވެ.

ފުލް މެރަތަން ކާމިޔާބުކުރި ލާލް ބަހާދަރު – އިންޑިއާ

މީގެ ދެން ކުރިޔަށް އޮތް މެރެތަން އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައި އަންނަ ޑިސެމްބަރު މަހު 5-7 އަށް ކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއްވިއެވެ.

ހާފް މެރެތަން 21 ކިލޯމީޓަރުގެ ދުވުން (އަންހެން)

1 ވަނަ ޔުމްނާ ޝަފީގު (21036) – 2:19:15

2 ވަނަ: ޝީރީން މުހައްމަދު (21027) – 2:21:47

3 ވަނަ: މަރިޔަމް ނާޒިޔާ (21005) – 2:31:27

ވަނަތައް ހޯދި ފަރާތްތައް

ހާފް މެރެތަން 21 ކިލޯމީޓަރުގެ ދުވުން (ފިރިހެން)

1 ވަނަ: ހައްމާދު ޝަފީގު (21022) – 1:32:18

2 ވަނަ: އަތުލަބު މުހައްމަދު (21003) – 1:57:10

3 ވަނަ: މުހައްމަދު ރަޝީދު (21040) – 1:57:12

ހާފު މެރެތަން ކާމިޔާބުކުރި ހައްމާދު ޝަފީގު

 

10 ކިލޯމީޓަރުގެ ދުވުން (އަންހެން)

1 ވަނަ: އާއިޝަތު މިޒުނާ (10002) – 0:56:38

2 ވަނަ: ނިޒްމީނާ އަޙުމަދު (10006) – 0:58:44

3 ވަނަ: އާމިނަތު އަލީ (10035) – 1:00:28

10 ކމ. ބައިގެ ވަނަތައް ހާސިލުކުރި ފަރާތްތައް10 ކިލޯމީޓަރުގެ ދުވުން (ފިރިހެން)

1 ވަނަ: އާތިފު (10075) – 0:45:00

2 ވަނަ: އަޙުމަދު އަފުޒަލް (10058) – 0:48:26

3 ވަނަ: ހަސަން ރަޝީދު (10056) – 0:48:26

 

5 ކިލޯމީޓަރުގެ ދުވުން (އަންހެން)

1 ވަނަ: މަރިޔަމް މަލާ (50100) – 0:25:24

2 ވަނަ: ޝާމިލާ އަބްދުލް މަޖީދު (50091) – 0:30:09

3 ވަނަ: އާމިނަތު ޝިއުނާ (50033) – 0:30:29

5ކމ ބައިގެ ވަނަ ތައް ހާސިލުކުރި ފަރާތތައް

5 ކިލޯމީޓަރުގެ ދުވުން (ފިރހެން)

1 ވަނަ: އައިހަމް މޫސާ (50085) – 0:22:08

2 ވަނަ: މުހައްމަދު ޖައުޝް (50078) – 0:22:18

3 ވަނަ: މުހައްމަދު އިބްރާހިމް (50072) – 0:23:55

5ކިލޯމީޓަރ ބައިގެ ފިރިހެންބައިގެ ވަނަތައް ހޯދި ދުވުންތެރިން

 

ފުވައމްުލައް މެރަތަންގައި ކާމިޔާބު ހޯދި ފަރާތްތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !