A wide advertisement which will be shown on all devices. (700 x 100)

އެފްސީ ދޫނޑިގަލޯނާއާއި އެފްސީ ދަޑިމަގު ސެމީ ފައިނަލަށް

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 13: ދަޑިމަގު ބީޓީ އެފްސީ ދޫނޑިގަލޯނާ ބައްދަލުކުރި މެޗު

މިހާރު ކުރިޔަށްދާ ފުވައްމުލައް ޔޫތު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް އެފްސީ ދޫނޑިގަލޯނާއާއި އެފްސީ ދަޑިމަގު ހޮވިއްޖެއެވެ. ގްރޫޕް ސްޓޭޖުގައި އެއް ގްރޫޕެއްގައި ހިމެނުނު މިދެޓީމު ސެމީ ފައިނަލަށް ދިޔައީ އިއްޔެ ކުޅެވުނު ކްއާޓަރ ފައިނަލު މެޗުން މޮޅުވެގެންނެވެ. އަނެއްކޮޅުން ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މިދެޓީމެވެ. ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗުން 7-0 ން މޮޅުވެފައި ވަނީ އެފްސި ދަޑިަމގު ޓީމެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 13: ދަޑިމަގު ބީޓީ 3-4 އެފްސީ ދޫނޑިގަލޯނާ

އިއްޔެ ކުޅެވުނު ކްއާޓަރ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ދަޑިމަގު ބީޓީ ޓީމާއި އެފްސީ ދޫނޑިގަލޯނާ އެވެ. މިމެޗު 4-3 ން ކާމިިޔާބުކޮށް ސެމީފައިނަލުގެ ޖާގަ ހޯދީ  އެފްސީ ދޫނޑިގަލޯނާ ޓީީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ، އެފްސީ ދޫނޑިގަލޯނާ ގެ ޖާރޒީީ ނަމްބަރު 12 މުހައްމަދު ޝުޖާއު އެވެ.

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 13: ދަޑިމަގު ބީޓީ 3-4 އެފްސީ ދޫނޑިގަލޯނާ

އިއްޔެ ދެވަނަ މެޗުގައި ދަޑިމަގު ދެޓީމު ކަމަށްވާ އެފްސީ ދަޑިމަގު އާއި ދަޑިމަގު ޖޫނިއަރ ބައްދަލުކުރި މެޗު ނިމުނީ 3-2 ން އެފްސީ ދަޑިމަގު މޮޅުވެގެންވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ، އެފްސީ ދަޑިމަގު ޓީމުގެ ޖާރޒީީ ނަމްބަރު 09 މުހައްމަދު ސާދު ނިޒާރު އެވެ.

މިމުބާރާތުގައި ވާދަކުރި ދަޑިމަގު 3 ޓީމުވެސް ވަނީ ކްއާޓަރ ފައިނަލުގައި ކުޅެފައެވެ.

މިމުބާރާތުގައި ކްއާޓަރ ފައިނަލުގައި ޓީމުތައް ކުޅެން ޖެހޭ ގޮތް ކަނޑައެޅި ގުރުއަތުލައިގެންނެވެ. ކްއާޓަރ ފައިނަލާއި ސެމީ ފައިނަލުގައި ކޮންމެ ދުވަހަކު ކުޅޭނީ ދެމެޗެވެ. މެޗުތައް ފަށާނީ 3:50 އާއި 4:50 ގައެވެ.

ދަޑިމަގު ސީނިއަރ ޓީމާއި ޖޫނިއަރ ޓީމުގެ މެޗު، މެޗު ނަމްބަރު 14 (3-2)

މިއަދު ހަވީރު ކުޅެނީ

މެޗު 15: 3:50 ގައި މިސްކިތްމަގު އގ. އާއި ޒީ-ކޮލެޖް

މެޗު 16: 4:50 ގައި ފުވައްމުލައް ސިޓީ ޕޮލިސް އާއި ދޫނޑިގަލޯނާ ޖޫނިއަރ

ސެމީ ފައިނަލުގެ މެޗުތައް މާދަމަ:

މެޗު 17: 3:50 ގައި ދަޑިމަގު ބީޓީ އާއި އެފްސީ ދޫނޑިގަލޯނާ އާއި އެފްސީ ދަޑިމަގު

މެޗު 14: 4:50 ގައި (މިއަދު މޮޅުވާ ދެޓީމު)

ފވމ ޔޫތު ފުޓްސަލް މުބާރާތް 2019، މެޗު 14: ދެޓީމުގެ ކެޕްޓަނުންނާއި ރެފުރީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !