6 އޭޕްރީލް 2020 ( ހޯމަ )

banner

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމްޖޭއެސް އިން ހޯދައިފި

ރޭ ފުވައްމުލަކުއިޖްތިމާއީ މަރުކަޒުގެ އައުޓް ޑޯރ ވލޮލީ ކޯޓުގައި ކުޅެވުނު ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭޢެސް) އިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު އެމްޖޭއެސް މޮޅުވީ 3-2 ން ޑްރީމް ކިލަރސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސް ޓީމުގެ ވަސީމް އަހްމަދުއެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ދިނުން އޮތެވެ. އަދި މުބާރާތުގެ ވަނަތަކަށް އިނާމާއި ސެޓްފިކެޓް ދީފައިވެއެވެ.

ޔޫތު މިކް ވޮލި ބޯޅަ މުބަރާތުގެ ފައިނަލް މެޗު – އެމްޖޭއެސް އަދި ޑރީމް ކިލަރސް

މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމްޖޭއެސްޓީމުގެ ކެޕްޓަން މުހައްމަދު އަހުމަދު (ޖ.5) އެވެ.

މުބާރާތުގެ އެންމެ މޮޅު އަނހެން ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑރީމް ކިލަރސްގެ މަރިޔަމް ސަމާއެވެ.

މުބާރާތުގެ އެންމެ މޮޅު އަންހެން 3 ކުޅުންތެރިންނަކީ

އާމިނަތު ނަޒީރާ – ޑްރީމް ކިލަރސް

އާމިނަތު ނަބީލާ – އެމްޖޭއެސް

މަރިޔަމް ހަސަން – ފުވައްމުލައް ސިޓީ ޕޮލިސް

މުބާރާތުގެ އެންމެ މޮޅު ފިރިހެން 3 ކުޅުންތެރިންނަކީ

ޒިނާގު އަލީ – ޑްރީމް ކިލަރސް

ވަސީމު އަހުމަދު – އެމްޖޭއެސް

އަހުމަދު ސަބާހު – ފުވައްމުލައް ސިޓީ ޕޮލިސް އެވެ.

21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ  ފާތިމަތު މާޔާ- ފުވައްމުލައް ސިޓީ ޕޮލިސް އެވެ.

ފުވައްމުލައް ކޮމިއުނިޓީ ސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޔޫތް މިކްސް ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ އެމްޖޭއެސް، ޑްރީމް ކިލާސް، ފުވައްމުލައް ސިޓީ ޕޮލިސް އަދި ދަޑިމަގު ޒުވާނުންގެ ޖަމިއްޔާއެވެ.

ޔޫތު މިކް ވޮލި ބޯޅަ މުބަރާތުގެ ފައިނަލް މެޗު – އެމްޖޭއެސް އަދި ޑރީމް ކިލަރސް



ކިޔުންތެރިންގެ ޚިޔާލު


  1. ޖާނަލިސްޓއ 12 ޑިސެމްބަރ 2019 09:12

    ޚަބަރު ނިމުނުއިރުވެސް އެމް.ޖޭ.އެސް. އާއި ބައްދަލުކުރި ޓީމެއްނޭގުނު