6 އޭޕްރީލް 2020 ( ހޯމަ )

banner

އޮފީސް ފުޓްސަލް ކަޕް ގެ ޖާޒީ ހަވާލުކުރުން- އެފްސީސީ ރިކްރިއޭޝަން

ފުވައްމުލައް އޮފީސް ފުޓްސަލް ކަޕް: އެލިކޯން އާއި އެއަރޕޯރޓް ރިކްރިއޭޝަން މޮޅުވެއްޖެ

އިއްޔެ ހަވީރު ފެށި ފުވައްމުލައް އޮފީސް ފުޓްސަލް ކަޕްގެ ފުރަތަމަ ދުވަހުގެ ދެމެޗުން އެލިކޯން އާއި ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަން ކްލަބް މޮޅުވެއްޖެއެވެ. ފުވައްމުލަކު އިޖުތިމާއީ މަރުކަޒާއި ފުވައްމުލައް ސިޓީ ގުޅިގެން ބާއްވާ އޮފީސް ފުޓްސަލް މުބާރާތުގައި 8 ޓީމަކުން ވާދަކުރެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ފުވައްމުުލައް ސިޓީ ޕޮލިސް ޓީމާއި އެލިކޯން ގެ ޓީމެވެ. މިމެޗު 2-1 ން ކާމިޔާބުކުރީ އެލިކޯން ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެލިކޯން ޓީމްގެ މަހުމޫދު ފާއިޒް އެވެ.

އޮފީސް ފުޓްސަލް ކަޕް ގެ ފުރަތަމަ މެޗުގެ މޮޅުކުރުންތެރިޔާ މަމްދޫހު ފާއިޒު

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް 2 ގެ ދެ ޓީމު ކަމަށްވާ ކްލަބް ވެމްކޯ އާއީ ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަން ކްލަބުގެ ޓީމެވެ. މިމެޗު 3-0 ން ކާމިޔާބުކުރީ ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަން ކްލަބުގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެއަރޕޯރޓް ރިކްރިއޭޝަން ކްލަބުގެ ޖާޒީ ނަމަބަރު 20 އަހުމަދު ސިނާޙު އެވެ.

މިމުބާރާތުގައި މިއަދު ބައްދަލުކުރާނީ ގްރޫޕް 1 ން އެމްއެންޑީއެފް ފުވައްމުލައް އާއި ސަދަރން ލިންކް ފުވައްމުލައް އެވެ. ދެވަނަ މެޗގައި ވާދަކުުރާނީ އެފްސީސީ ރިކްރިއޭޝަން ކްލަބް އާއި ފެނަކަ ރިކްރިއޭޝަން ކްލަބެވެ.

މި މުބާރާތް ހުޅުވާލާފައި ވަނީ ފުވައްމުލައް ސިޓީގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ އަމިއްލަ މުއައްސަސާތަކަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ދައުލަތުގެ 7 މުއައްސަސާއެއްގެ ޓީމާއި އަމިއްލަ އެއް ކުންފުނީގެ ޓީމު ހިމެނެއެވެ.ކިޔުންތެރިންގެ ޚިޔާލު