4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019: ފެނަކަ ރިކްރިއޭޝަން ކްލަބު-ހުދު

އޮފީސް ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގެ ޓީމުތައް ކަނޑައެޅިއްޖެ

ފުވައްމުލަކު އިޖުތިމާއީ މަރުކަޒުން މިހާރު ކުރިޔަށްގެންދާ ފުވައްމުލައް އޮފީސް ފުޓްސަލް ކަޕްގެ ސެމީ ފަިއނަލުގައި ކުޅެނެ ޓީމުތައް ކަނޑައެޅިއެއްޖެއެވެ. މިއަދު ހަވީރު ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗްތަކާއެކު ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމުތައް މިވަނީ މުޅިން ޔަގީން ވެފައެވެ.

އެގޮތޮން ގްރޫޕް 1 އން ސެމީ ފައިނަލުގައި ކުޅޭނީ ސަދާރން ލިންކް ފުވައްމުލައް އާއި ފުވައްމުލައް ސިޓީ ޕޮލިސް ޓީމުއެވެ. އަދި ގްރޫޕ 2 ން ސެމީ ފައިނަލުގައި ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަނާއި ފެނަކަ ރިކްރިއޭޝަން ކްލަބެވެ.

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019، ގްރޫޕް ސްޓޭޖުގެ ޕޮއިންޓް ޓޭބަލް

މިއަދު ހަވީރު ކުޅެވުނު މުބާރާތުގެ 11 ވަނަ މެޗުގައި ވާދަކުރީ ފުވައްމުލައް ސިޓީ ޕޮލިސް އާއި އެމްއެންޑީއެފް ފުވައްމުލައް އެވެ. މިމެޗުން 5-1 ން މޮޅުވީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމެވެ. މިމޮޅާއެކު އެޓީމަށް ވަނީ ގްރޫޕްގެ 2 ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގަ ލިބިފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމްގެ ޖާރޒީ ނަމްބަރު 5 މުހައްމަދު ޝިހާމެވެ. މި ގްރޫޕްގެ 1 ވަނ ލިބެނީ ސަދާން ލިންކް ޓީމަށެވެ.

މިމުބާރާތުގެ 12 ވަނަ މެޗުގައި އެއަރޕޯރޓް ރިކްރިއޭޝަން ކްލަބު އާއި ފެނަކަ ރިކްރިއޭޝަން ކްލަބް ބައްދަލުކުރި މެޗު ނިމުނީ 1-0 ން އެއަރޕޯރޓް ރިކްރިއޭޝަން ކްލަބު މޮޅުވެގެންނެވެ. މިމެޗަށް ނުކުތް އިރުވެސް މި ދެޓީމުވެސް ވަނީ މުބާރާތުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޔަގީން ވެފައެވެ. ނަމަވެސް މިމެޗުން މޮޅުވެގެން އެއަރޕޯރޓް ރިކްރިއޭޝަން ކްލަބަށް ގްރޫޕްގެ 1 ވަނަ ލިބުނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެއަރޕޯރޓް ރިކްރިއޭޝަން ޓީމުގެ ޖާރޒީ ނަމްބަރު 20 އަޙުމަދު ސިނާޙު އެވެ.

ސަދާރން ލިންކްގެ ކުޅުންތެރިއަކު ބޯޅަ އޭނާގެ ކޮންޓްރޯލް ދަށަށް ގެނެސްފައި

ސެމީ ފައިނަލުގެ މެޗުގައި މާދަމާ ބައްދަލުކުރާނީ:

ހަވީރު 3:50 ގައި ސަދާރން ލިންކް އާއި ފެނަކަ ރިކްރިއޭޝަން ކްލަބް

ހަވީރު 5:00 އެއަރޕޯރޓް ރިކްރިއޭޝަން ކްލަބު އާއި ފުވައްމުލައް ސިޓީ ޕޮލިސް އެވެ.

މާދަމާގެ ދެ މެޗަށްފަހު އަނެއް ދުވަހު މުބާރާތުގެ ފައިނަލް މެޗު ކުޅޭނެއެވެ.

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019: ސަދަރން ލިންކް ޓީމް



ކިޔުންތެރިންގެ ޚިޔާލު