A wide advertisement which will be shown on all devices. (700 x 100)

ނެޓްބޯޅައިގެ ޗެމްޕިއަންކަން މުޡައްފަރު ހައުސް (ސ) އާއި އިމާދު ހައުސް (ޖ) އަށް

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި ޗެމްޕއިން މުޡައްފަރު ހައުސް އަދި އިމާދު ހައުސް. ފޮޓޯ: ޏ.އޭއީސީ

އިއްޔެ ނިމުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުޡައްފަރު ހައުސް އާއި އަމާދު ހައުއިން ހޯދައފިއެވެ. މުޡަަފަރު ހައުސް ޗެމްޕިއަންކަން ހޯދީ 15 އަހަރުން މަތީބައިގައެވެ. އަދި އިމާދު ހައުސް އިން ޗެމްޕިއަންކަން ހޯދީ 15 އހަރުން ދަށުގެ ބައިންނެވެ.

ދެ އުމުރު ފުރައަކަށް ބާހާލެވިފައިވާ މިމުބާރާތުގެ 15 އަހަރުން މަތީ ބައިގެ ފައިނަލުގައި ވާދަކޮށް ރަނަރަޕް ކަން ލިބުނީ އިމާދު ހައުސް ގެ ސިނިއަރ ޓީމަށެވެ. އަދި 15 އަހަރުން ދަށުގެ ބައިގެ ރަނަރަޕް އަކީ ޝަނިވިރާޒާ ހައުސް ގެ ޖޫނިއަރ ޓީިމެވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި ސީނިއަރ ބައިގެ ޗެމްޕއިން މުޡައްފަރު ހައުސް. ފޮޓޯ: ޏ.އޭއީސީ

ޏ.އޭއީސީގެ އިންޑޯ ކޯޓުގައި ކުރިޔަށްދިޔަ މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް އަދި މުބާރާތުގެ ވަނަތަކަށް ހަނދާނީ ލިއުމާއި ޓްރޮފި ދީފައިވެއެވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި ޖޫނިއަރ ބައިގެ ޗެމްޕއިން މުޡައްފަރު ހައުސް. ފޮޓޯ: ޏ.އޭއީސީ

މުބާރާތުގެ ސީނިއަރ ބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ އިމާދު ހައުސްގެ ފާތިމަތު ޔަނާލް އަބްދުﷲ އެވެ. އަދި ޖޫނިއަރ ބައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ޝަނިވިރާޒާ ހައުސްގެ ފާތިމަތު އަނުމް ޝާފީ އެވެ.

މީގެއިތުރުން ކޮންމެ ބަޔަކުން ވެސް މުބާރާތުގެ އެނެމް މޮޅު 7 ކުޅުންތެރިން ހޮވާފައި ވެއެވެ

ސިނިއަރ ބައިން އެންމެ މޮޅު 7 ކުޅުންތެރިންނަކީ:

ފާތިމަތު ޔަނާލް އަބްދުﷲ (ގޯލް އެޓޭކަރ)-އިމާދު ހައުސް

އާއިޝަތު ނާޝީ ނަޝީދު (ގޯލް ކީޕަރ) – އިމާދު ހައުސް

އާމިނަތު ރޫޔާ މުހައްމަދު (ގޯލް އެޓޭކަރ) – އިމާދު ހައުސް

އާއިޝަތު ރިމް އަލީދު (ސެންޓަރ) މުޡައްފަރު ހައުސް

އާމިނަތު ނައުޝާ މުހައްމަދު (ގޯލް އެޓޭކަރ) – މުޡައްފަރު ހައުސް

އާއިޝަތު ޝާޔާ މުހައްމަދު (–) – އަމީނު ހައުސް

މަރިޔަމް އީޝާ އަކްރަމް (ސެންޓަރ) – އަމީނު ހައުސް

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ސީނިއަރ ބައިގެ އެންމެ މޮޅު 7 ކުޅުންތެރިން

ޖޫނިއަރ ބައިން އެންމެ މޮޅު 7 ކުޅުންތެރިންނަކީ:

ފާތިމަތު އަނޫމް ޝާފީ (ގޯލް އެޓޭކަރ) – ޝަނިވިރާޒާ ހައުސް

ރިއާހް ޝާކިރު އަލީ ( ގޯލް ޑެފެންޑަރ) – ޝަނިވިރާޒާ ހައުސް

މަރިޔަމް ޝުޒާ މުހައްމަދު (ގޯލް އެޓޭކަރ) – އިމާދު ހައުސް

މަރިޔަމް ރުމާން އަޙުމަދު (ގޯލް ޝޫތަރ) އިމާދު ހައުސް

މަރިޔަމް މައިސާން މުހައްމަދު (ގޯލް ކީޕަރ) – އިމާދު ހައުސް

އާމިނަތު ނައުޝާ ވަހީދު (ސެންޓަރ) – އިމާދު ހައުސް

އާމިނަތު އީމާ ޒަރީރު (ވިނގު ޑިފެންޑަރ) – އަމީނު ހައުސް

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ އެންމެ މޮޅު 7 ކުޅުންތެރިން

 

މުޡައްފަރު ހައުސް އަންހެންކުދިންގެ މިމުބާރާތުގެ ސީނިއަރ ބައިގެ ޗެމްޕިއަންކަން ހޯދި އިރު ފިރިހެން ކުދިންގެ ފުޓުބޯޅައިން ވެެސް މުޡައްފަރު ހައުސް އިން ވަނީ ޗެމްޕއިންކަން ހޯދާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !