4 އޭޕްރީލް 2020 ( ހޮނިހިރު )

banner

ރެޑުބުލް ވިނިން 5 ފުވައްމުލަކު ބުރު މާޗު 20 ގައި

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ސްޓްރީޓް ސޮކާ މުބާރާތްކަމަށްވާ ރެޑުބުލް ވިނިން 5 ގެ މިއަހަރުގެ ކޮލިފައިން ބުރުތައް މިދިޔަ ފެބުރުއަރީ މަހުފެށިއްޖެއެވެ. ކޮލިފައިން ބުރު 26 ސަރަހައްދެއްގައި ކުރިއަށްދާއިރު ފުވައްމުލަކުގައި ކުޅެވޭ ކޮލިފައިން ބުރު ފެށޭނަކަމަށް މިމުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފައިވަނީ މިމަހު 20 ދުވަހުކަމަށެވެ.

ރާއްޖޭގެ 26 ސަރަހައްދެގައި ކޮލިފައިން ބުރު ކުރިއަށްދާ މިމުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރާނީ ކޮންމެ ކޮލިފައިން ބުރެއްގެ ޗެމްޕިއަން ޓީމެވެ. ޗެމްޕިއަން ޓީމަށް 50 ހާސް ރުފިޔާ ހުށަހެޅިފައިވާ މިމުބާރާތުގައި މިފަހަރު އަލަށް އަންހެން ޓީމުތަކުގެ ކެޓަރީއެއްވެސް ވަނީ ހުޅުވާލާފައެވެ.

ފަސް ކުޅުންތެރިން ކުޅެން ނިކުމެ 10 މިނިޓަށް ކުރިއަށްދާ ގޮތަށް ރޭވިފައިވާ މެޗުގެ މޮޅުވި ޓީމު ކަނޑައަޅާނީ 10 މިނިޓުގެ ތެރޭ އިދިކޮޅު ޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑުން ބޭރުކުރެވުމުންނެވެ. ދިހަ މިނިޓްތެރޭ ހުރިހާ ކުޅުންތެރިން ދަނޑުން ބޭރުނުކުރެވިއްޖެނަމަ، އެންމެ ގިނަ ގޯލުޖަހާ ޓީމެކެވެ. ކޮންމެ ޓީމަކުންވެސް ގޯލެއް ކާމިޔާބުކުރުމާއިއެކު އިދިކޮޅު ޓީމުގެ އެއްކުޅުންތެރިއަކު ދަނޑުންފާބަން ޖެހެއެވެ.ކިޔުންތެރިންގެ ޚިޔާލު