ސްޓްރީޓް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމު އާޖެންޓީނާ އަށް

3ދ3 ސްޓީރީޓް ސޮކާ މުބާރާތުގެ ޗެމްޕިއަން ކަން ޓީމު އާޖެންޓީނާ އަށ
Share on facebook
Share on twitter
Share on google

“ދަސްޕޮޓް 3ދ3 ފުވައްމުލައް ސްޓްރީޓް ސޮކާ 2022″ގެ ނަމުގައި ހޯދަޑު ސްޕޯޓްސް އިން އިންތިޒާމުކޮށް ސްޓްރީޓް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމު އާޖެންޓީނާ އިން ހޯދައިފިއެވެ.

ހޯދަޑު ފުޓްސަލް ދަނޑުގައި ކުރިޔަށްދިޔަ މިމުބާރާތުގެ ފައިނަލުގައި ޓީމް އާޖެންޓިނާއި އާއި ވަދަކުރީ ޓީމު ޕޯޗްގަލް އެވެ. މިމެޗު އާޖެންޓިނާއިން ކާމިޔާބުކުރީ 3-2 އިން ނެވެ.

3ދ3 ސްޓްރީޓް ސޮކާ މުބާރާތުގެ ރަނަރަޕް ޓީމު ޕޯޗުގަލް

ސެމީ ފައިނަލުގައި އައިޝޯސްކިލް ޓީމާއި އާޖެންޓިނާ ބައްދަލުކުރި މެޗުން 12-4ގެ ބޮޑު ތަފާތަކުން މޮޅުވީ ޓީމުް އާޖެންޓީނާ އެވެ.

މުބާރާތް ނިމުމުން މުބާރާތުގެ ވަނަތަކަށް ތައްޓާއި އިނާމު އަދި ހަނދާނީ ފިލާ ދިނުން ބާއްވާފައި ވެއެވެ.

މުބާރާތުގެ ވަނަތައް:

ޗެމްޕިއަން ޓީމު: އާޖެންޓީނާ

ރަނަރަޕް ޓީމު: ޕޯޗްގަލް

3 ވަނަ ޓީމު: އައިޝޯސްކިލް ޓީމު

3ދ3 ސްޓީރީޓް ސޮކާ މުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ކޮއްޓައި ނެއްޓުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހީ ޕޯޗްގަލް ޓީމުގެ އަހުމަދު ސިނާހު، ޓީމު ޕޯޗުގަލް އެވެ. އޭނާ މިމުބާރާތުގައިި 17 ގޯލު ޖަހާފައި ވެއެވެ.

މުބާރާތުގެ އެނެމް މޮޅު 3 ކުޅުންތެރިންނަކީ

އިބްރާހިމް އަރީޒް – ޓީމު ޕޯޗްގަލް

އަހުމަދު ނާއިމް – ޓީމު އާޖެންޓީނާ

އިނާން އަހުމަދު – ޓީމު އާޖެންޓީނާ އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އިޔާޝް އެވެ.

3ދ3 ސްޓީރީޓް ސޮކާ މުބާރާތުގެ އެނެމް ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެނެްމ އުއްމީދި ކުޅުންތެރިޔާ

މި މުބާރާތުގައި 15 ޓީމަކުން ވާދަކޮށްފައި ވެއެވެ. މިއީ މިފަދަ މުބާރާތެއް ފުވައްމުލައް ސިޓީގައި ބޭއްވުނު ފުރަތަމަ ފަހަރެވެ. ސްޓްރީޓް ސޮކާއަށް ޚާއްސަވާ ގޮތަށް ހޯދަޑު ފުޓްސަލް ދަނޑު ވަނީ މިމުބާރާތަށް، ތައްޔާރުކޮށްފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ދަ ސްޕޮޓްއެވެ. ކޯ-ސްޕޮންސަރަކީ ކިއުބީއެމްސީއެވެ. އަދި ޕާޓުނަރުންނަކީ ރޯޔަލް ރެސްޓޮރެންޓް، އައިބޭ، އެމްއެމް ސްކްއާ، ބާބާ ގާޑިޔާ، ޕެބްލްސް ބައި ރޯޔަލް އެވެ.

މި މުބާރާތަށް ސައުންޑް ހަދިޔާކޮށް ފައިވަނީ ފުވައްމުލަކު ޕޮލިސް އިންނެވެ. އަދި މުބާރާތުގެ ބޯޅަ ވެސް ހަދިޔާކޮށްފައި ވަނީ ފުވައްމުލަކު ޕޮލިސް އިންނެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments