A wide advertisement which will be shown on all devices. (700 x 100)

ގައުމީ ޖޫނިއާ ޓޭބަލް ޓެނިސްގައި ޓީމުގައި ފުވައްމުލަކުން ހިމެނުނީ ‘ޒާއިމު’

ޒާއިމު - ގައުމީ ޖޫނިއާ ޓީޓީ ޓީމުގައި ހިމެނިއްޖެ. 2023 އޭޕްރީލް

ފުވައްމުލައް ސިޓީ ޖޫނީއާ ޓީޓީ ކުޅުންތެރިންގެ ތެރެއިން މިފަހަރު އެންމެ މަތީ ކާމިޔާބީއެއް ހޯދި މުހައްމަދު ޒާއިމު އަހުމަދު އެވެ. ޒާއިމު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގައި ހިމެނި، އަންނަ މޭ މަހު އިންޑިއާގައި ބާއްވާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގައި ކުޅުމަށް ހޮވިފައެވެ.

ޔޫތު ޓީޓީ ޗެމްޕިއަންޝް 2023ގައި ހިމެނޭ ކެޑޭޓް ބައިން މުބާރާތުގައި ވާދަކުރުމަށް ހޮވުނު 3 ކުޅުންތެރިންގެ ތެރޭގައި ޒާއިމު ވަނީ ހިމެނިފައެވެ. އެއާއެކު ރާއްޖޭގެ ގައުމީ ޓީމުން މި ލިބުނު ޖާގައި އާއިއެކު އަންނަ މޭ މަހު 17-14 އަށް އިންޑިއާގެ އަރްނާޗަލްގައި ބާއްވާ ޔޫތު ޓީޓީ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް އޭނާއަށް ފުރުސަތު ލިބިގެން ދިޔައީއެވެ.

ޒާއިމު – ގައުމީ ޖޫނިއާ ޓީޓީ ޓީމުގައި ހިމެނިއްޖެ. 2023 އޭޕްރީލް

އެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ކެޑޭޓް ބަޔާއި ޖޫނިއާ ބައިގައެވެ. ކެޑޭޓް ބައިން ރޭންކިންގެ އެންމެ މޮޅު 3 އަންހެން ކުދިންނާއި އެންމެ މޮޅު 3 ފިރިހެން ކުދިންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބެއެވެ.

ޔޫތު ޓީޓީ މުބާރާތުގެ ޖޫނިއާ ބައިގައި ކުޅުމަށް ފުރުސަތު ލިބެނީ އަންހެން އަދި ފިރިހެން، ކޮންމެ ބަޔަކުން ރޭންކިންގެ އެންމެ މޮޅު 4 ކުދިންނަށެވެ. މިބައިގައި ފުވައްމުލަކުގެ ކުއްޖަކު ހިމެނިފައެއް ނުވެއެވެ. ނަމަވެސް ޖޫނިއާ ރޭންކިންގެ 7، 8 އަދި 9 ގައި ތިބީ ފުވައްމުލަކުގެ 3 ކުދިންނެވެ.

ޒާއިމުގެ އިތުރުން ރޭންކިންގައި ވާދަކުރުމަށް ދިޔަ އަނެއް 2 ދަރިވަރުން ވެސް ވަނީ ކެޑޭޓް ބައިގެ ގަދަ 7 ގައި ހިމެނި އަދި ޖޫނިއާ ރޭންކިންގެ ގަދަ 10 ގައި ހިމެނިފައެވެ.

މިފަހަރު ރޭންކިންގައި ބައިވެރިވުމަށް މާލެ ދިޔައީ:

މުހައްމަދު ޒާއިމު އަހުމަދު

ޔަޒީން ހުސޭން ޝަރީފު

މުހައްމަދު އާން އަލީ އެވެ.

މި 3 ދަރިވަރުން ވެސް ވަނީ ހޯޕްސް ބައިންނާއި ކެޑެޓް ބައިން ކާމިޔާބީ ތަކެއް ހޯދާފައެވެ.

ޓީޓީ ގައުމީ ރޭންކިން އެކުލަވާލެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ ހޯޕްސް އާއި ކެޑޭޓް، ޖޫނިއާސް އާއި ސީނިއާ އެވެ.

ފުވައްމުލައް ޓީޓީ ހޯލު 2022

ހޯޕްސް ކެޓަގަރީ:

މިއީ ރޭންކިންއަށް އަލަށް ވާދަކުރާ ކުދިން ވަނުމަށް ހުޅުވާލެވޭ ފުރަތަމަ ބައެވެ. މިބައިގައި ކުޅުމުގެ ފުރުސަތު ހުޅުވާލީ ފާއިތުވި ޖެނުއަރީގެ ރޭންކިންގައި އެންމެ ކުރީގައި ތިބި 10 ކުޅުންތެރިންނަށެވެ. މިބައިން އެންމެ މޮޅު ދެކުދިން ކެޑޭޓް ބަޔަށް ޕްރޮމޯޓް ކުރެއެވެ. އަދި އެ ކުދިން ޖެހޭނީ ކެޑޭޓް ލިސްޓްގައި މިހާރު ތިބި ކުދިންނައި ވާދަކުރާށެވެ.

މިކެޓަގަރީގެ ބައިން މިފަހަރު ހޮވުނީ:

އަންހެން

1 ވަނަ: އާއިޝަތު އަލްސާ ނާފިޒު – 10 ޕޮއިންޓް

2 ވަނަ: މިޝްކާ ބިންތު މުއިއްޒު – 9 ޕޮއިންޓް

ފިރިހެން:

1 ވަނަ: މުހައްމަދު ޒާއިމު އަހުމަދު – 17 ޕޮއިންޓް

2 ވަނަ: ޔަޒީން ހުސޭން ޝަރީފް – 16 ޕޮއިންޓް

 

ކެޑޭޓް ކެޓްގަރީ:

މިބައިގެ ލިސްޓްގައި ހިމެނޭ ކުދިންނާއި އަލަށް ޕްރޮމޯޓްވި ކުދިން އެއްކޮށް ވާދަކޮށްގެން އެންމެ މަތިން ޕޮއިންޓް ލިބޭ 7 ކުދިން ޖޫނިއާ ބަޔަށް ޕްރޮމޯޓް ކުރެއެވެ. އަދި ޕްރޮމޯޓްވާ ކުދިން ވާދަކުރަން ޖެހޭނީ ޖޫނިއާ ބައިގެ ލިސްޓްގައި ހިމެނޭ ކުދިންނާއެވެ.

މި ކެޓަގަރީން އެންމެ މޮޅު 3 ކުއްޖަކު އިންޑިއާގެ އަރްނާޗަލްގައި ބާއްވާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތް 2023 ގެ ކެޑޭޓް ބައިގައި ވާދަކުރުމަށް ހޮވެއެވެ.

އަންހެން

*1 ވަނަ: މިޝްކާ މުހައްމަދު އިބުރާހިމް – (ފްރީޒް)

*2 ވަނަ: އާއިޝަތު ޒާރާ ޝާހިލް – 12 ޕޮއިންޓް

*3 ވަނަ: އާއިޝަތު އަލްސާ ނާފިޒު – 11 ޕޮއިންޓް

4 ވަނަ: މިޝްކާ ބިންތު މުއިއްޒު – 10 ޕޮއިންޓް

ފިރިހެން:

*1 ވަނަ: އުމޭރު މުހައްމަދު މުއިއްޒު – 16 ޕޮއިންޓް

*2 ވަނަ: އައުން އިބްރާހިމް ލަތީފު – – 15 ޕޮއިންޓް

*3 ވަނަ: މުހައްމަދު ޒާއިމު އަހުމަދު – 14 ޕޮއިންޓް (ފުވައްމްުލައް)

4 ވަނަ: މުހައްމަދު ޚަލަފު – 12 ޕޮއިންޓް

5 ވަނަ: ޔަޒީން ހުސޭން ޝަރީފު – 12 ޕޮއިންޓް (ފުވައްމްުލައް)

6 ވަނަ: މުހައްމަދު އާން އަލީ – 12 ޕޮއިންޓް (ފުވައްމްުލައް)

7 ވަނަ: މުހައްމަދު އާލް އިމްރާން – 10 ޕޮއިންޓް

* ޖޫނިއާ ގައުމީ ޓީމުގައި އިންޑިއާގައި ބާއްވާ މުބާރާތަށް ހޮވޭ ކުދިން.

ފުވައްމުލައް ޓީޓީ ހޯލު 2022

ޖޫނިއާ ކެޓަގަރީ

މިބައިގައި ކުޅެނީ ޖޫނިއާ ކެޓަގަރީގައި ކުރީ ރޭން ކު ކުރެވިފައިވާ ކުދިންނާއި އަލަަށް ޕްރޮމޯޓްވި، އަންހެން 7 ފިރިހެން 7 ކުދިންނެވެ.

މިކެޓަގަރީން އެންމެ މޮޅު 4 ކުއްޖަކު އިންޑިއާގެ އަރްނާޗަލްގައި ބާއްވާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތް 2023 ގެ ޖޫނިއާ ބައިގައި ވާދަކުރުމަށް ހޮވެއެވެ.

*1 ވަނަ: ފާތިމަތު ދީމާ އަލީ – (ފްރީޒް)

*2 ވަނަ: މިޝްކާ މުހައްމަދު އިބުރާހިމް – (ފްރީޒް)

*3 ވަނަ: މަލާކް ބިންތު މުއިއްޒު – 12 ޕޮއިންޓް

*4 ވަނަ: އާއިޝަތު ޒާރާ ޝާހިލް – 11 ޕޮއިންޓް

5 ވަނަ: އާއިޝަތު އަލްސާ ނާފިޒު – 10 ޕޮއިންޓް

6 ވަނަ: މިޝްކާ ބިންތު މުއިއްޒު – 9 ޕޮއިންޓް

7 ވަނަ؛ ސާރާ މޫސާ ޖަމީލް – 8 ޕޮއިންޓް

ފިރިހެން

*1 ވަނަ: އާޚިއަރު އަހުމަދު ޚާލިދު  – (ފްރީޒް)

*2 ވަނަ: މުހައްމަދު ތާބިން ޝުޖާއު – (ފްރީޒް)

*3 ވަނަ: ޒީކް ހަސަން ލަތީފު – (ފްރީޒް)

*4 ވަނަ އުމޭރު މުހައްމަދު މުއިއްޒު – 14 ޕޮއިންޓް

5 ވަނަ: ހަސަން އާދު އާސިމު – 13 ޕޮއިންޓް

6 ވަނަ: އައުން އިބްރާހިމް ލަތީފު – – 12 ޕޮއިންޓް

7 ވަނަ: މުހައްމަދު ޒާއިމު އަހުމަދު – 11 ޕޮއިންޓް (ފުވައްމްުލައް)

8 ވަނަ: ޔަޒީން ހުސޭން ޝަރީފު – 10 ޕޮއިންޓް (ފުވައްމްުލައް)

9 ވަނަ: މުހައްމަދު އާން އަލީ – 9 ޕޮއިންޓް (ފުވައްމްުލައް)

10 ވަނަ: މުހައްމަދު ޚަލަފު – 8 ޕޮއިންޓް

11 ވަނަ: މުހައްމަދު އާލް އިމްރާން – 7 ޕޮއިންޓް

ގައުމީ 60 ވަނަ ޓީޓީ މުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމުން 13 ޖޫނިއާ ބައިން ފާޚުރުވެރި ކާމިޔާބީތަކެއް ހޯދި.

ސީނިއާ ކެޓަގަރީ

މިކެޓަގަރީގެ ރޭންކިން މިފަހަރު ނުކުޅެއެވެ.

ފާއިތުވި ޖެނުއަރީ މަހު ކުޅުނު ގައުމީ ރޭންކިންގައި ފުވައްމުލަކުގެ ޒުވާން ޓީމުން ވަނީ ކާމިޔާބީތަކެއް ހޯދާފައި ވެއެވެ. އެގޮތުން އެ ފަހަރުގެ ރޭންކިންގެ 15 އަހަރުން ދަށުގެ ބައިގައި ފުވައްމުލައް ސިޓީގެ 4 ފިރިހެން ކުދިންނާއި 4 އަހެންހެން ކުދިން ހިމެނުނެވެ. ނަމަވެސް މިފަހަރުގެ ރޭންކިންގައި ކުޅުމަށް މާލެ ދިޔައީ ފިރިހެން 3 ކުޅުންތެރިން އެކަންޏެވެ.

ފުވައްމުލަކުގެ ޓީޓީ ޓްރެއިނިންގައި ދާދި ފަހުން ކޯޗާއި ޖެހުނު މައްސަލަތަކެއްގައި ކުޅުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ކުޅުން ފެށީ މި މަހުގެ ތެރޭގައެވެ.

ޖޫނިއާ ޓީޓީ ޓީމު ހޯދި ކާމިޔާބަށް ނާއިބުރައީސް މަރުހާބާ ދެންނެވުން- 2023 ޖެނުއަރީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !