ޓޭބަލް ޓެނިސްގައި ފުވައްމުލައް ސިޓީ ކުދިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން

ޓީތީގައި ގައުމީ ފެންވަރެއްގައި ޖޫނިއާ ޓީމުން ކާމިޔާބީތަކެއް ހާސ
Share on facebook
Share on twitter
Share on google

ދިވެހިރާއްޖޭގެ ގައުމީ 60 ވަނަ ޓީޓީ (ޓޭބަލް ޓެނިސް) މުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމުން އަންނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރުމުންނެވެ. އެގޮތުން މުބާރާތުގެ މެޗުތަކުގައި މޮޅު ކުޅުމެއް ދައުކުވައިދީ ބެލުން ތެރިން ހައިރާން ކޮށްލާފައި ވެއެވެ.

މުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމަކުން ބައިވެރިވި ފުރަތަމަ ފަހަރު މިވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ވާދަކޮށް މޮޅު ކުމެއް ދައްކައި، ޖޫނިއާ އުމުރުފުރައިން ގޯލްޑް މެޑެލާއި ސިލްވާ މެޑެލް ވެސް ހާސިލުކޮށްފައި ވެއެވެ. މުބާރާތުގައި ފުވައްމުލައް ސިޓީ ޓީމުގެ ކުޅުންތެރިންނަށް ޓީޓީ ކޯޗުންގެ ބެލުންތެރިންނާއި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ.

ފުވައްމުލައް ސިޓީ ޖޫނިއާ އަންހެން ޓީމު- ޑަބަލް ޗެމްޕިއަންކަން ހޯދި – 2022. ފޮޓޯ ޕީއެސްއެމް

މި މުބާރާގައި ފުވައްމުލައް ސިޓީގެ ޓީމުން ބައިވެރިވެފައި ވަނީ 13 އަހަރުން ދަށުގެ ބައިގައި އާއި 17 އަހަރުން ދަށުގެ ބައިގައި ޖުމުލަ 8 ކުޅުންތެރިންނެވެ.

13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމުން ވެސް ވަނީ އެ ދެ ބައިގެ ގޯލްޑް މެޑެލް ހާސިލުކޮށްފައެވެ.

ފުވައްމުލައް ސިޓީގެ ޓީމުން މިހާތަނަށް ހާސިލުކޮށްފައިވާ ވަނަތައް

އަންހެން 13 އަހަރުން ދަށް، ޑަބަލްސް – ގޯލްޑް މެޑެލް

އަންހެން 13 އަހަރުން ދަށް، ސިންގަލްސް – ގޯލްޑް މެޑެލް

އަންހެން 13 އަހަރުން ދަށް، ސިންގަލްސް – ސިލްވާ މެޑެލް

ފިރިހެން 13 އަހަރުން ދަށް، ޑަބަލްސް – ގޯލްޑް މެޑެލް

ފިރިހެން 13 އަހަރުން ދަށް، ޑަބަލްސް – ސިލްވާ މެޑެލް

މީގެ އިތުރުންވެސް ކުރިޔަށް ހުރި މެޗުތަކުން ބައެއް މެޑެލްތައް ހާސިލުކުރާނެ ކަމަށް މައުލުމާތު ލިބެއެވެ.

ފުވައްމުލައް ސިޓީ ޓީޓީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން 2022 ޑިސެމްބަރު

އަންހެން ކުދިންގެ 13 އަހަރުން ދަށުގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފުވައްމުލައް ސިޓީގެ ޓީމުގެ މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒެވެ. ފައިނަލުގައި މިޝްޔާ އާއި ޒާޔާ މޮޅުވީ މާލޭ ވައިޑީޕީގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު އަލްސާ ނާފިޒު އާއި ސާރާ މޫސާ ޖަމީލްއާ ވާދަކޮށްގެންނެވެ.

އަންހެން ކުދިންގެ 13 އަހަރުން ދަށުގެ ބައިން ސިންގަލްސް ޗެމްޕިއަންކަން އަދި ރެނަރަޕް ކަން ވެސް ހޯދީ ފުވައްމުލައް ސިޓީގެ ޓީމުގެ ދެ ކުޅުންތެރިންނެވެ.

ފިރިހެން ކުދިންގެ 13 އަހަރުން ދަށުގެ ބައިން  ޑަބަލްސް ޗެމްޕިއަން ކަން އަދި ރަނަރަޕް ހޯދީވެސް ފުވައްމުލައް ސިޓީ 13 އަހަރުން ދަށުގެ ދެޕެއާ އެވެ. އެއީ އާން އަލީ އާއި މުހައްމަދު ޒާއިމް އަހުމަދުގެ ޕެއާ އާއި، އައިމަން އަހުމަދު ރަޝިދު އާއި ޔަޒީން ހުސައިން ޝަރީފްގެ ޕެއާއެވެ.

ޓީޓީ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް 2022 ޖުލައި

ސަތާރަ އަހަރުން ދަށުގެ ބައިގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ވާދަކޮށްގެން ވެސް ފުވައްމުލައް ސިޓީ ޓީމުގެ ކުޅުންތެރިން ބައެއް ސެޓެތައް ހޯދާފައި ވެއެވެ.
އަންހެން ކުދިންގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، ގައުމީ ސްކޮޑުގައި ހިމެނޭ، ފާތިމާތު ދީމާ އަލީ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ. އެއީ ފައިނަލުގައި ޒާރާ ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ ބަލިކޮށްގެންނެވެ.

މި މަހުގެ 25 އިން 30 ގެ ނިޔަލަށް މާލޭ ޓީޓީ ސެންޓަރުގައި ކުރިޔަށްދާ މިމުބާރާތުގައި ޖުމްލަ 65 ކުޅުންތެރިންނާއެކު ވަދަކުރެއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ތިން ބަޔަކަށް، 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނަށް ބަހާލައިގެންނެވެ.

މިމުބާރާުގެ ކުރިން ކުޅެވުނު  ގައުމީ ޓީޓީ ރޭންކިން މެޗުތަކުގައި ވެސް ފުވައްމުލައް ސިޓީގެ ކުދިން ވަނީ މޮޅުކުޅުމެއް ދައްކައިފައެވެ. އެގޮތުން ހޯޕްސް ކެޓަގަރީން ކެޑޭޓް ކެޓަގަރިއަށް، 8 ކުޅުންތެރިން ހިމެނޭ ޓީމުގެ 5 ކުޅުންތެރިން ދަތުރުކޮށްފައި ވެއެވެ.

ކެޑޭޓް ކެޓަގަރީއަށް ފަހު ދެން އޮންނާނީ ޖޫނިއާ ކެޓަގަރީ އައި ސިނިއާ ކެޓަޓަގަރީ އެވެ.

ފުވައްމުލައ ސިޓީގައި ޓީޓީ އިންޑޯ ހޯލެއް ހުޅުވައި އިންޑިއާގެ ކޯޗެއްގެ ބެލުމުގެ ދަށުން ތަމްރީނުތައް ފެށި މިއަހަރު ޖުލައި މަހުގައެވެ. ވުމާއެކު މިއީ ކުރުމުއްދަތެއްގައި ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކުޅުންތެރިން މިފަހަރު މާލެ ގޮސް ވާދަ މިކުރީ އެތައް އަހަރެއްވަންދެން ކެނޑިނޭޅި ވައިޑިޕީ ޕްރިގްރާމް ހިންގަމުން އަންނަ މާލޭގެ ޓީމު ތަކާއެވެ.

 

5.0/5.0 Article rating
4 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments