A wide advertisement which will be shown on all devices. (700 x 100)

ފަޚުރުވެރި ކާމިޔާބީ އާއެކު ޖޫނިއާ ޓީޓީ ޓީމު ރަށަށް އައުމުން ހޫނު މަރުހަބާއެއް!

ޖޫނިއާ ޓީޓީ ޓީމު ހޯދި ކާމިޔާބަށް އެއާޕޯޓުން މަރުހާބާ ކިޔުން- 2023 ޖެނުއަރީ

ފަޚުރުވެރި ކާމިޔާބީ އާއެކު ޖޫނިއާ ޓީޓީ ޓީމު ރަށަށް އައުމުން ހޫނު މަރުހަބާއެއް މިއަދު ކިޔައިފިއެވެ.

ޖޫނިއާ ޓީޓީ ޓީމަށް އެއާޕޯޓުން މަރުހަބާ ކީ މޭޔަރު އިސްމާއީލު ރަފީގު އާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނެވެ. އެއާޕޯޓުން ކުޅުންތެރިންގެ ކަރިގައި މަލުގެ ހަރުތައް އަޅުވާއި ވެއެވެ.

ޖޫނިއާ ޓީޓީ ޓީމު ހޯދި ކާމިޔާބަށް އެއާޕޯޓުން މަރުހާބާ ކިޔުން- 2023 ޖެނުއަރީ

ޓީޓީ ޓީމުގެ ކާމިޔާބީ ފަހާގަކުރުމަށް މިއަދު ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ސިޓީ ކައުންސިލުން ކުޑަ ހަފުލާއެއް ބާއްވައި މޭޔަރު ވަނީ ކުޅުންތެރިންޏާިއ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.

އެކުދިންގެ ކާމިޔާބީ ފަހާގަކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވެސް ވަނީ  ރިޔާސީ ގެކޮޅުގައި އެ ކުދިންނާއި ބައްދަލުކޮށް ހިއްވަރު ދެއްވާފައެވެ.

ޖޫނިއާ ޓީޓީ ޓީމު ހޯދި ކާމިޔާބަށް ނާއިބުރައީސް މަރުހާބާ ދެންނެވުން- 2023 ޖެނުއަރީ

މިމުބާރާުގައި ވާދަކުރުމަށް ފުވައްމުލައް ސިޓީގެ ޓިމުގައި ހިމެނުނީ ޖުމުލަ 8 ކުޅުންތެރިންނެވެ. އެއި މުޅިންވެސް 13 އަހަރުން ދަށުގެ ސްކޫލް ކުދިންނެވެ. އެއިން ކޮންމެ ކުއްޖަކުވެސް އަނބުރާ ރަށަށް އައީ މަދުވެގެން އެއް މެޑެލެ ހިފައިގެންނެވެ. ބައެއް ދަރިވަރުްނ 2 ނޫނީ 3 މެޑެލްވެސް ޙާސިލުކޮށްފައި ވެއެވެ. އޭގެތެރޭގައި ގޯލްޑް މެޑެލާއި ސިލްވާ އަދި ބްރޯނޒް މެޑެލެ ވެސް ހިމެނއެވެ. އަދި އެދުނިން ބަިއވެރިވި 13 އަހަރުން ދަށުގެ ބަޔާއި 17 އަހަރުން ދަށުގެ ބައިން ޗެމްޕިއަން ކަމާއި ރަނަރަޕް ކަން އަދި 3 ވަނަ މަގާމު ވެސް ހޯދާފައި ވެއެވެ.

ނިމުނު ޑިސެމްބަރު މަހު 25-30އަށް މާލޭ ޓީޓީ ސެންޓަރުގައި ބޭއްވުނުން ގައުމީ 60 ވަނަ ޓީޓީ (ޓޭބަލް ޓެނިސް) މުބާރާތުގައި އަލަށް ބައިވެރިވި ފުވައްމުލައް ސިޓީގެ ޖޫނިއާ ޓީމުން ވަނީ ފަޚުރުވެރިވުން ހައްގު މަގާމުތަކެއް މުބާރާތުގައި ހާސިލުކޮށްފައެވެ. އަދި ގައުމީ ރޭންކިންގަިއވެސް ޖޫނިއާ ގްރޫޕުން ފުރިހަމައަށް ގައުމީ ލެވެލްގައި ފައިހަރުކޮށްފައިވާކަން ހަމަވެގެން ދިޔައެވެ. މިމުބާރާތގައި މުޅިއެކު 65 ކުޅުންތެރިން ވާދަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީ ޓީމުގެ ޖޫނިއާ ކުޅުްނތެރިނަގެ ކުޅުމަށް ޓީޓީ ކޯޗުންނާއި ބެލުންތެރިންގެ ލޯބި ލިބިގެންގޮސްފައި ވެއެވެ.

ޖޫނިއާ ޓީޓީ ޓީމަށް އެއާޕޯޓުން މަރުހާބާ ކިޔުން- 2023

ގައުމީ 60 ވަނަ ޓީޓީ (ޓޭބަލް ޓެނިސް) މުބާރާތުހެ ކާމިޔާބީތައް

މުބާރާތުގައި ފުވައްމުލައް ސިޓީ ޓީމުން ވަނީ 13 އަހަރުން ދަށުގެ ބައިގެ ގިނަ ވަނަތަކެއް ހާސިލުކޮށްފައެވެ.

13 އަހަރުން ދަށުގެ ފިރިހެން

ޑަބަލްސް ޗެމްޕިއަން: އައިމަން އަހުމަދު ރަޝީދު އާއި ޔަޒީން ހުސައިން ޝަރީފް

ޑަބަލްސް ރަނަރަޕް: މުހައްމަދު ޒާއިމް އަހްމަދު އާއި މުހައްމަދު އާން އަލީ

ސިންގަލްސް 3 ވަނަ: މުހައްމަދު އާން އަލީ

13 އަހަރުން ދަށުގެ އަންހެން

ޑަބަލްސް ޗެމްޕިއަން: މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒް

ޑަބަލްސް 3 ވަނަ: އައިޝަތު ނަބާހަތު އަމްޖަދު އާއި އާމިނަތު ޝަޔާން

ސިންގަލްސް ޗެމްޕިއަން: މިޝްޔާ އަހުމަދު އާދަމް

ސިންގަލްސް ރަނަރަޕް: އާމިނަތު ޒާޔާ އަބްދުލް އަޒީޒް

މި އުމުރުފުރާގައި މިކްސްޑް ޑަބަލް ކުޅެފައެއް ނުވެއެވެ.

ގައުމީ 60 ވަނަ ޓީޓީ މުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމުން 13 ޖޫނިއާ ބައިން ފާޚުރުވެރި ކާމިޔާބީތަކެއް ހޯދި.

17 އަހަރުން ދަށުގެ ފިރިހެން

ޑަބަލްސް 3 ވަނަ: އައިމަން އަހުމަދު ރަޝީދު އާއި ޔަޒީން ހުސައިން ޝަރީފު

17 އަހަރުން ދަށުގެ އަންހެން

ޑަބަލްސް 3 ވަނަ: މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒް

ޖޫނިއާ ޓީޓީ ޓީމަށް އެއާޕޯޓުން މަރުހާބާ ކިޔުން- 2023

ގައުމީ ޓީޓީ ރޭންކިން 2022

13 އަހަރުން ދަށުގެ ގައުމީ ރޭންކިން – ފިރިހެން

ރޭންކް 1. މުހައްމަދު އާން އަލީ

ރޭންކް 2. ޔަޒީން ހުސައިން ޝަރީފް

ރޭންކް 3. މުހައްމަދު ޒާއިމް އަހްމަދު

13 އަހަރުން ދަށުގެ ގައުމީ ރޭންކިން – އަންހެން

ރޭންކް 2. މިޝްޔާ އަހުމަދު އާދަމް

ރޭންކް 4. އާމިނަތު ޒާޔާ އަބްދުލް އަޒީޒް

ރޭންކް 6. އައިޝަތު ނަބާހަތު އަމްޖަދު

ރޭންކް 7. އާމިނަތު ޝަޔާން

15 އަހަރުން ދަށުގެ ގައުމީ ރޭންކިން – ފިރިހެން

ރޭންކް 3. މުހައްމަދު ޒާއިމް އަހްމަދު

ރޭންކް 4. ޔަޒީން ހުސައިން ޝަރީފު

ރޭންކް 5. މުހައްމަދު އާން އަލީ

ރޭންކް 6. އައިމަން އަހުމަދު ރަޝީދު

15 އަހަރުން ދަށުގެ ގައުމީ ރޭންކިން – އަންހެން

ރޭންކް 5. މިޝްޔާ އަހުމަދު އާދަމް

ރޭންކް 8. އާމިނަތު ޒާޔާ އަބްދުލް އަޒީޒް

ރޭންކް 10. އައިޝަތު ނަބާހަތު އަމްޖަދު

ރޭންކް 12. އާމިނަތު ޝަޔާން

ގައުމީ 60 ވަނަ ޓީޓީ މުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމުން 13 ޖޫނިއާ ބައިން ފާޚުރުވެރި ކާމިޔާބީތަކެއް ހޯދި.

ފުވައްމުލައ ސިޓީގައި ޓީޓީ އިންޑޯ ހޯލެއް ހުޅުވައި އިންޑިއާގެ ކޯޗެއްގެ ބެލުމުގެ ދަށުން ތަމްރީނުތައް ފެށިތާ އަދި މިވީ 6 މަސްދުވަހެވެ. މިކުރު މުއްދަތުގައި ކޯޗުންނާއި ކުޅުންތެރިން އަދި ބެލެނިވެރިންގެ ބުރަ މަސައްކަތުން ހޯދުނު މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !