A wide advertisement which will be shown on all devices. (700 x 100)

ފާއިތުވީ 30 ދުވަސްތެރޭ ދެވަނަފަހަރަށް ތެލުގެ އަގުމައްޗަށް ޖައްސައިފި

އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށް އަނެއްކާވެސް ބޮޑުކޮށްފިއެވެ. މިއީ ފާއިތުވީ 30 ދުވަސްތެރޭ ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ދެވަނަ ބަދަލެވެ. މިފަހަރު ތެލަށް ގެނައި ބަދަލާއިއެކު ޑީސަލް ލިޓަރެއް އެކުންފުނިން ވިއްކާ އަގަކީ 10.95ރ އަދި ޕެޓްރޯލް ލިޓަރެއް ވިއްކާ އަގަކީ 10.72 ރ އަށް ބަދަލުގެނެސްފައިވާކަމަށެވެ. މިފަހަރުގެ އަގަށް މިއައި ބަދަލާއިއެކު ޕެޓްރޯލް ލީޓަރެއްގެ އަގު 10 އިން ސައްތަ ވަނީ ބޮޑުވެފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބޮޑު ބަދަލާއެކު އެސްޓޮއޯއިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް މިއަދުން ފެށިގެން ތެލުގެ އަގަށް ބަދަލުގެނެސްފައިވާކަމަށެވެ.

އެސްޓީއޯއިން މީގެ 25 ދުވަސްކުރިން މިދިޔަ ޖޫން މަހު 20 ވަނަ ދުވަހުވެސް ވަނީ ތެލުގެ އަގަށް ބަދަލުތަކެއް ގެނެސްފައެވެ. އެބަދަލާއިއެކު ޑީސަލް ލިޓަރެއްގެ އަގު 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަށް އަދި ޕެޓްރޯލް ލީޓަރެއްގެ އަގު 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އަށް އުފުލިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !