ބައެއް ރިސޯޓުތަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ ދީފި

Share on facebook
Share on twitter
Share on google

ރާއްޖޭގެ ބައެއް ރިސޯޓްތަކުން މިމަހު ސާވިސްޗާޖުގެ ގޮތުގައި ބައިލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ބަހައިފިއެވެ. ސާވިސްޗާޖާއި ގުޅޭ މައުލޫމާތު ހާމަކުރާ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިމަހު ވެލާ ވެލާ ޕްރައިވެޓް އައިލެންޑާއި ވަލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ސޮނެވާ ރިސޯޓްތަކުން ބައިލައްކަ އަށްވުރެ މަތިން ސާވިސް ޗާޖު ދީފައިވެއެވެ.

ސާވިސް ޗާޖުގެ ގޮތުން ބޮޑު އަދަދެއް ބަހަމުންދާ ވެލާ ރިސޯޓްގެ ކޮންމެ މުވައްޒައެއީ ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރުފިޔާ) ރުފިޔާ މިމަހު ދީފައިވާއިރު އިތާފުށިން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (51،194ރުފިޔާ) ދީފައި ވެއެވެ. އަދި ސޮނެވާގެ ރިސޯޓްތަކުން ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރުފިޔާ) ދީފައިވާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް މުވައްޒަފުންނަށް ރިސޯޓްތަކުން ބަހަމުންދެއެވެ. ނަމަވެސް، އެކި ރިސޯޓްތަކުގައި ސާވިސް ޗާޖުގެ ގޮތުގައި ބަހާއަދަދު ވަރަށްވެސް ތަފާތެވެ. އެގޮތުން، މިމަހު ބައެއް ރިސޯޓްތަކުން ބައިލައްކަ ރުފިޔާ ބަހާފައިވާ އިރު އަނެއްބައި ރިސޯޓްތަކުން 10 ހާހަށްވުރެ ދަށުންވެސް ބަހާފައިވެއެވެ. ވިލާގެ ރިސޯޓުތައް ކަމަށްވާ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާއިން 602 (9282ރުފިޔާ) ޑޮލަރު ދީފައިވާއިރު  ޕެރެޑައިސް އައިލެންޑް ރިސޯޓުން ދީފައިވަނީ 592(9128ރުފިޔާ) ޑޮލަރެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ މުސާރައިގެ އިތުރުން ސާވިސް ޗާޖަށް އިސްކަން ދިންނަމަވެސް، ބައެއް ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ދޫކުރާ އަދަދު ސިއްރުކުރުމަށް މަސައްކަތްކުރާ ކަމަށް ގިނަ ރިސޯޓްތަކުގައި މަސައްކަތްކޮށްފައިވާ ފަރާތަކުން މިކަލް ނޫހަށް މައުލޫމާތުދެއެވެ. އެހެންކަމުން، ސާވިސް ޗާޖުގެގޮތުގައި ލިބޭ އާމްދަނީ ހާމަކުރާ ވެބްސައިޓްތަކާއި ޕޭޖްތަކަށް އެމައުލޫމާތު ހޯދުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެއެވެ. އަދި ހުރިހާ ރިސޯޓެއްގެ މައުލޫމާތު ހާމަކުރެވިފައިވެސް ނުވެއެވެ.

3.3/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments