A wide advertisement which will be shown on all devices. (700 x 100)

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީއެއް ފުވައްމުލަކުގައި އަޅަނީ

ފުވައްމުލަކު ދަނޑުބިމެއް - ފޮޓޯ - ފުވައްމުލައް ސިޓީ ކައުންސިލް

ޔޫއެން ޑީޕީ ގެ “ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސްސްޓެއިނަބަލް އެގްރިކަލްޗާ އިކޮނޮމީ” ގެ ދަށުން މިނިސްޓްރީއޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ އެދޮލެއްވުމުގެ މަތިން ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީއެއް އެޅުމަށް ނިންމާ އެތަން އަޅާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

ފުވައްމުލަކުގައި އަޅާ ދަނޑުވެރިކަމުގެ ޤައުމީ ލެބަކީ ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ ލެބެވެ. މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 3 ސެޕްޓެންބަރުގެ ކުރިން، ފިނޭންސް މިނިސްޓްރީއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. މިޕްރޮޖެކްޓުގެ ބިޑުތައް ހުޅުވުން އޮންނާނީ 21 ސެޕްޓެންބަރު ގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި އަޅާ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ތަރައްޤީކުރާނީ ރައްޔިތުން ބަލައިގަންނާނެ ފަދަ ގޮތަކަށް 4 ކަމަކަށް ޚާއްސަ ލެބޯޓަރީއަކާއި އެކުގައިކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. މިތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭއިރު، ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫޢުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !