A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭންވީ ކާކަށް؟ ކޮން ކަމަކަށް…؟

ލޯކަލް ކައުންސިލް އިންތިޚާބު 2020: ފުވައްމުލަކުގެ މޭޔަރު ކަމަށް ކުރިމަތިލާ އެމްޑީޕީ އަދި ޕީޕީއެމް ކެންޑިޭޓްުން

ކުރިމަތިވަމުން މިއަންނަ ލޯކަލް ކައުންސިލް އިންތިހާބާއި މެދު ފުވައްމުލައް ސިޓީގެ އެންމެހާ ރަށްޔިތުން ވިސްނަންވީ ކޮންކޮން އަސާސްތަކެއްގެ މައްޗަށްތޯ ބަލާލުމަކީ މާދަމާއަށްޓަކައި ކޮންމެހެންވެސް މިއަދު ކުރަންޖެހޭކަމެކެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ރަނގަބީލުގެ އަޑު އަދި ކިތަންމެ މަޑުނަމަވެސް މިކައުންސިލް އިންތިހާބުގެ ސުންގަޑި ކައިރިވަމުން އަންނަވަރަކަށް މިރަނގަބީލުގެ އަޑު އިންތިހާއަށް ގަދަވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އަދި މިރަނގަބީލުގެ އަޑު މިސިޓީގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހަމަ ކޮންމެ ރައްޔިތެއްގެ ސިކުނޑީގައި ވެސް ގުގުމަން ފަށާނެކަން ކަށަވަރެވެ.

ލޯކަލް ކައުންސިލްގެ އަޑުތަކާއި ވިދުންތައް ކިތަންމެ ގަދަނަމަވެސް އަދި ފަރުދުންގެ ސިޔާސީ ވިސްނުމާއި ފިކުރު ކިތަންމެ ތަފާތުވި ނަމަވެސް މިލޮބުވެތި ފަސްގަނޑުގެ ހިމާޔަތުގައި އަޅުގަނޑުމެން ދޫކޮއްލައިގެން ނުވާނެ ބަހާތަކެއް މިސިޓީގެ މިފަސްގަނޑުގައި އެބަހުރިކަން ދެނެތިއްބަވައިގެން އެވިސްނުމުގެ ސިކުނޑީގައި ބަހައްޓަވައިގެން ވޯޓު ކަރުދާސްކޮޅުން ބޭފުޅުން ޚިޔާރު ކުރެއްވުމަކީ މިސިޓީގެ އަމާނާތަށް ތެދުވެރިވުން ކަމާއި މެދަކުދެބަސް ވެވޭކަށް ނެތެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ކެންޑިޑޭޓުން 1

މިސިޓީގެ ކޮންމެ ފަރުދެއްގެ ކުރިމަތީގައި ވެސް މައުނަވީ އަދި އިޖުތިމާއީ ގޮތުން މިސިޓީގެ ތަރައްގީއަށް ވަރަށް މުހިންމު ކަންތައްތަކެއް މިފަސްގަނޑަށް ބޭނުންވެ އެހެނަސް މިހާތަނަށް ހައްލުނުވެ އެބަހުރިކަން ފިކުރުކޮށް ލުމަކީ ވަރަށް މުހިއްމުކަމެކެވެ.

މިސިޓީގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއް މިހާރުވެސް ކުރިމަތިވެފައިވާއިރު މިކަންކަމުގެ ތެރެއިންވެސް އިސްކަންދެވޭ ބައެއް ހާއްސަ ކަންކަމުގެ މައްޗަށް ކޮމެހެން ވެސް ފިކުރު ހިންގާލަންޖެހޭނެއެވެ. މިގޮތުން މިރަށުގައި ގާއިމް ކޮށްފައިވާ ނަރުދަމާ ޖަންކުޝަންތަކުން ނަޖިސް ލީކުވެ ޖައްވު ތަޣައްޔަރުވަމުން ގޮސް ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވުމާއި، މިރަށް ގިރަމުން ގޮސް ރަށުގެ މުހިއްމު ބޮޑުބައެއް ރަށުގެ ފަސްގަޑާއި ވަކިވެގެން ގޮސްފައިވާކަމުގެ ކަންބޮޑުވުން އޮތް މައްސަލަޔާއި، އަދިވެސް ރަށުގައި އެކަށީގެންވާ ގޮތަކަށް ހައްލުނުލިބި ހުރި ކުނިމެނޭޖު ކުރުމުގެ މައްސަލަތަކަކީ ކުރިމަތިވަމުން މިއަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މިސިޓީގެ ކޮންމެ ފަރުދެއްގެ މައްޗަށް މި ފުވައްމުލައް ކުރިމަތިކުރުވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމުގައި ދެކެންޖެހޭނެކަން ކަށަވަރެވެ.

މަތީގަ މިފާހަގަ ކޮއްލެވުނު މަދު ކަންކަމުގެމައްޗަށް ވިސްނާ ފިކުރުކޮށް، އެކަންކަން ހައްލުކުރުމުގެ ވިސްނުމާއި ފިކުރު އަދި އެކަންކަމަށް ހައްލުއޮތް ހިސާބު، އަދި އެކަންކަމުގެ ހައްލު ހޯދުމުގެ ސްޓެޓެޖިކް ޕްލޭނެއް ގެންގުޅުއްވާ ކެންޑިޑޭޓުންނަކީ ކޮބާތޯ ވަރަށް ފުންކޮށް ވިސްނާފައި ނޫނީ ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖެހުން ބުއްދިވެރި ނުވާނެކަން ކޮންމެ ރައްޔިތަކު ވެސް ވިސްނާލުން މުހިއްމު ވާނެކަމުގައި ދެކެމެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ކެންޑިޑޭޓުން 2

އަޅުގަނޑުމެން މިއެދޭ ތަރައްގީ މިފުވައްމުލަކު ސިޓީއަށް ހޯދުމުގައި ކުރިމަތިމިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިންމު ނިންމުންތަކެއް އަޅުގަޑުމެން ރައްޔިތުން ނިންމަންޖެހޭ އިންތިޚާބެކެވެ.

މިއިންތިހާބުގައި އަޅުގަނޑުމެންގެ ވިސްނުމާއި ނަޒަރު ކަތިވެއްޖެ ނަމަ ދެން މިބިންގާ މަތީގައި ތަރައްގީގެ އުސް އިމާރާތެއް އޮލަބަށް ބިނާކުރުމަކީ މުސްތަހީއްލު ކަމަކަށް ނޫނީނުވާނެއެވެ.

“އިހައްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއޭ” ބުނާ ހަމައިން މިސިޓީގެ އެއްވެސް ދަރިޔަކު މިފަސްގަޑުގެ ހިމާޔަތާއި ތަރައްގީގެ ކުރިޔަށް ފަރުދީ، ސިޔާސީ އަދި ޒާތީ ކަމެއް އިސްނުކުރުމަކީ އަންނަންއޮތް ޖީލަށް މިލޮބުވެތި ފުވައްމުލައް އަމާނާއްތެރި ކަމާއިއެކު ރައްދުކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅުކަމުގައި ދެކިގެން ފުވައްމުލަކަށްޓަކައި ވޯޓު ކަރުދާސް ކޮޅުގައި މިފަހަރު ފާހަގަ ޖެހުމަކީ ގާނޫނީ ޒިންމާ ރަގަޅު ގޮތުގައި އަދާކުރުން ކަމުގައި ދެކެމާހިގާށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އުސްކުރުބެ

    ވަރަށް ރަނގަޅު މެސެޖެއް ތި ފޯރުކޮށް ދެއްވީ.

  • ފުވައް މުލައްބޭބެ

    ވަރަށް ރަނގަޅު މެސެޖެއް ތި ފޯރުކޮށް ދެއްވީ.