މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ދަޑިމަގު ދާއިރާގެ ކައުންސިލް އިންތިޚާބު 33 ވޯޓުގެ ތަފާތުން ޝީޒާ އިބްރާހިމް ކާމިޔާބުކުރައްވައިފިއެވެ. މިމަހު 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުން އެއްވަރުވެ ދެވަނަ ބުރަކަށްދިޔަ މިއިންތިޚާބުގައި ވޯޓުލުމަށް ބެހެއްޓުނީ އެންމެ 3 ވޯޓު ފޮއްޓެވެ. އެއީ ފުވައްމުލަކު ސިޓީގައި ބެހެއްޓުނު 2 ވޯޓު ފޮއްޓާއި މާލެ ސިޓީގައި ބެހެއްޓުނު 1 ވޯޓު ފޮއްޓެވެ. މިތިން ވޯޓު ފޮށީގެ ތެރެއިން، ފުވައްމުލަކު ސިޓީގައި ބެހެއްޓުނު 1 ނަންބަރު ވޯޓު ފޮއްޓާއި މާލޭގައި ބެހެއްޓުނު ވޯޓުފޮށިން ޝީޒާ އިބްރާހިމް ކުރި ހޯދިއިރު ފުވައްމުލަކު ސިޓީގައި ބެހެއްޓުނު 2 ނަންބަރު ވޯޓު ފޮށިން ކުރިލިބުނީ އައިޝަތު އަބްދުލް ގާދިރަށެވެ.
ޖުމްލަ ވޯޓު:
އައިޝަތު އަބްދުލް ގާދިރު، 562 ވޯޓް
ޝީޒާ އިބްރާހިމް، ޝީޒާ އިބްރާހިމް، 595 ވޯޓް
ފުވައްމުލަކު ސިޓީ ދަޑިމަގު 1؛
އައިޝަތު އަބްދުލް ގާދިރު، 142 ވޯޓް
ޝީޒާ އިބްރާހިމް، ޝީޒާ އިބްރާހިމް، 169 ވޯޓް
ފުވައްމުލަކު ސިޓީ ދަޑިމަގު 2:
އައިޝަތު އަބްދުލް ގާދިރު، 228 ވޯޓް
ޝީޒާ އިބްރާހިމް، ޝީޒާ އިބްރާހިމް، 163 ވޯޓް
ފުވައްމުލަކު ސިޓީ ދަޑިމަގު، މާލެ 1:
އައިޝަތު އަބްދުލް ގާދިރު، 192 ވޯޓް
ޝީޒާ އިބްރާހިމް، ޝީޒާ އިބްރާހިމް، 263 ވޯޓް



ޚިޔާލުތައް