A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލްތަކުން އެލްޖީއޭ ބޯޑަށް އިސްމާއީލު ރަފީޤު

އެލްޖީއޭ ބޯޑަށް ފުވައްމުލައ ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤް ހޮވިއްޖެ

ލޯކަލް ގަވާމެންޓް އޮތޯރިޓީގެ (އެލްޖީއޭ) ބޯޑުގައި ސިޓީ ކައުންސިލުގެ ފަރާތުން ތަމްސީލުކުރާނެ މެމްބަރަކު ހޮވުމަށް ބޭއްވި އިންތިޚާބު ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލު ރަފީޤު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިޔަށްދިޔަ އިންތިޚާބުގައި އިސްމާއީލު އާއި ވާދަކުރެއްވީ މާލެސިޓީގެ މޭޔަރު ޑރ.މުއިޒު އެވެ. މިއިންތިޚާބު އިސްމާއީލު ރަފީގު ކާމިޔާބުކުރެއްވީ 24 ވޯޓާއެކު 3 ވޯޓު ގެ ތަފާތުންނެވެ. ޑރ.މުއިއްޒުއަށް ލިބުނީ 21 ވޯޓެވެ.

ފުވައްމުލައް ސިޓީ 7 ކައުންސިލަރުންގެ ތެރެއިން އިސްމާއީލުއަށް 5 ވޯޓު ލިބުނު އިރު ޑރ.މުއިއްޒުއަށް 1 ވޯޓު އަދި ބާތިލް 1 ވޯޓު ލާފައި ވެއެވެ.

އައްޑޫ ސިޓީގެ 13 ކައުންސިލަރުންގެ ތެރެއިން 7 ވޯޓް ޑރ.މުއިއްޒު ހޯދިއިރު، އައްޑޫ ސިޓީ ކައުންސިލްގައި އެމްޑީޕީގެ 7 ކައުންސިލަރުންގެ ތެރެއިން އިސްމާއީލަށް ލިބިފައި ވަނީ 6 ވޯޓެވެ.

މާލެ ސިޓީ 19 ކައުންސިލަރުންގެ ތެރެއިން ހިމެނޭ އެމްޑީޕީގެ 6 ކައުންސިލަރުންގެ ވޯޓު އިސްމާއީލަށް ލިބިފައިވާ ކަމަށް ނަތީޖާއިން ދައްކައެވެ.

ކުޅުދުއްފުށި ސިޓީ 7 ކައުންސިލަރުންގެ ފުރިހަމަ އިއްތިފާގާއެކު އިސްމާއިލަށް 7 ވޯޓު ލިބިފައިވާކަމަށް މައުުލޫމާތު ލިބެއެވެ.

އެލްޖީއޭ ބޯޑަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤް ހޮވިފައިވަނީ ޑރ.މުއިޒު އާއި ވާދަކޮށްގެނެން

ރާއްޖޭގައި މިހާރު އޮތް 4 ސިޓީ ކަމަށްވާ މާލެސިޓީ އާއި އަޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ 4 މޭޔަރުންގެ ތެރެއިން 3 މޭޔަރުންނަކީ އެމްޑީޕީ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކުރެއްވިފައިވާ މޭޔަރުންނެވެ. ޕީޕީއެމްއަށް ލިބިފައި ވަނީ މާލެ ސިޓީގެ މޭޔަރުކަން އެކަންޏެވެ.

އެލްޖީއޭގެ ބޯޑަށް އެމްޑީޕީގެ އަށް ނިސްބަތްވާ މޭޔަރުންގެ ފަރާތުން ވާދަކުރެއްވީ އިސްމާއީލު ރަފީގު އެވެ. އަދި ޑރ. މުއިއްޒު ކުރިމަތިލީ ޕީޕީއެމްއިންނެވެ.

ލޯކަލް ކައުންސިލް ގާނޫނުގައި މިހާރު އޮތްގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަތޮޅު ރައީސުންގެ ތެރެއިން މެންބަރެއް ހުންނަން ޖެހެއެވެ.

ރަށު ކައުންސިލަރުންގެ ގޮނޑިއަށް 7 ކައުންސިލަރަކު ވާދަކުރެ އެވެ. އެއީ، އެމްޑީޕީގެ 5 ކައުންސިލަރުންނާއި ޕީޕީއެމްގެ 1 ކައުންސިލަރަކު އަދި އަމިއްލަ ގޮތުން އިންތިހާބުވެ ހުރި އެއް ކައުންސިލަރެކެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅު ރައީސްގެ ގޮނޑިއަށް ޕީޕީއެމް ކެންޑިޑޭޓް ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ހޮވިފައި ވަނީ އިންތިޚާބަކާ ނުލައެވެ. އެއީ، އެ ގޮނޑިއަށް އެމްޑީޕީއިން ވާދަކުރި ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރު ފޯމް ހުށަހަޅުއްވާފައިވަނީ ވަގުތު ހަމަވިފަހުން ކަމަށް ބުނެ ފޯމް ބަލައިނުގަތުމަށް ނިންމުމުންނެވެ. ނަމަވެސް، ބަޝީރު (ބައްޓޭ) ބުނެފައިވަނީ ގަޑި ޖެހުމުގެ ކުރިން ކަމަށާއި އެމައްސަލާގައި އިލެކްޝަން ކޮމިޝަންގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !