ކޮވިޑް-19 ވެކްސިން ޖަހަން ފެށުމުން ފުވައްމުލައް ސިޓީ “ބާކީކުރުމުން” ހިތްހަމަނުޖެހުން ފާޅުކުރަނީ

ކޮވިޑް-19 ވެކްސިން ދޭން ފެށުމުގައި ވެސް ފުވައްމުލައް ސިޓީ ބާކީކުރީބާ؟
Share on facebook
Share on twitter
Share on google

ދިވެހިރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހަން ފެށުމުގައި ފުވައްމުލައް ސިޓީ “ބާކީކޮށްފައިވާ” ކަމަށް ބުނެ ހިތްހަމަނުޖެއި އާއްމުން ޝުއޫރު ފާޅުކުރަން ފަށައިފިއެވެ. ރާއްޖޭގައި ކޮވިޑް-9ގެ ވެކްސިން ޖަހަން ފެށީ ޚާއްސަ ރަސްމިއްޔާތެއްގައި އިއްޔެ، 1 ފެބްރުއަރީ 2021 ގައެވެ. އެގޮތުން ރާއްޖޭގައި 4 ސިޓީ އޮންނަ އިރު ކޮވިޑް ވެކްސިން ޖަހަން ފެށީ ފުވައްމުލައް ސިޓީ ބާކީކޮށް އަނެއް 3 ސިޓީ ގައެވެ.

އިއްޔެ ވަނީ މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ 4 ވަނަ ސިޓީ ކުޅުދުއްފުށީގައި ވެސް ކޮވިޑް-19 ވެކްސިން ދޭން ދަށާފައެވެ. ނަމަވެސް ރާއްޖޭގެ 3 ވަނަ ސިޓީ ކަމަށްވާ ފުވައްމުލައް ސިޓީ ވަނީ މިކަމުން އެއްފަރާތްކޮށްފައެވެ. މާލެ ސިޓީން 6 މަރުކަޒެއްގައި ވެކްސިން ދިންއިރު އައްޑޫ ސިޓީންއިން 1 އެއް ސެންޓަރާއި ކުޅުދުއްފުށި ސިޓީއިން އެއް ތަނުގައި އިއްޔެ ވަނީ ވެކްސިން ދޭން ފަށާފައެވެ. މި 8 ސެންޓަރުން އިއްޔެ ވަނީ 282 މީހުންނަށް ވެކްސިން ޖަހާފައެވެ.

ފުވައްމުލައް ސިޓީގެ މީހުން ފާހަގަ ކުރި ގޮތުގައި ހުރިހާ ސަރުކާރުތަކަކުން ވެސް ފުވައްމުލައް އަންނަނީ ބާކީކުރަމުންނެވެ. އެގޮތުން ސަރަހައްދީ ތަރައްގީގެ ގޮތުން ކުރާ ހުރިހާ ކަމެއް ކުރަނީ އައްޑޫ ސިޓީއަށް ކަމަށް ބުނެ އެކަމުގެ ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި ފާޅުކުރަމުން ދެއެވެ. ދެކުނުގެ ސަރަހައްދުގެ ހުރިހާ ފެސިލިޓީސް ތަކެއް އައްޑު ސިޓީއަށް އެކަނި ޖަމާކުރުމާއި ފުވައްމުލަކު މީހުން ދެކޮޅު ކަމަށް ބުނެ އަޑުއުފުލައެވެ.

ފުވައްމުލަކު މީހުން އަޑުއުފުލަނީ ދެކުނުގެ ސަރަހައްދުގައި ހިމެނެނީ ފުވައްމުލަކާއި އައްޑޫ ކަމުގައި ވާނަމަ ޚިދުމަތްތައް ދެއަތޮޅުގައި ވެސް ގާއިމުކުރުމުކުރަން ޖެހޭނެކަމަށެވެ. އެކިޚިދުމަތް ހޯދުމަށް ދެ ސިޓީގެ މީހުންވެސް އަނެއް ސިޓީއަށް ދަތުރުކުރަން ޖެހޭނެކަމަށް ގަބޫލުކޮށް އެކަން އެގޮތަށް ކުރުމަށް ގޮވާލައެވެ. މިޖީލުގެ މީހުން ކުރީއްސުރެ އޮތް ތަފާތުކުރުންތައް ބަލައި ނުގަންނާނެ ކަމަށް ދަނީ ބުނެ އަޑުއުފުލަމުން ދެއެވެ.

ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން “ފުވައްމުލައް ސިޓީ ބާކީކުރާ” ކަމުގެ އަޑުގަދަވެފައި ވަނީ މީގެ ދެ ދުވަހެއް ކުރިން ފުވައްމުލަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހައިރިސްކް ދެމީހުން އައްޑޫ ސިޓީގައި ގާއިމުކުރި ދެކުނުގެ ކޮވިޑް ފެސިލިޓީސްއަށް ގެންދަން އައްޑޫ ސިޓީން ދެކޮޅު ހެދުމާއި ވެސް ގުޅިގެންނެވެ. އެދެމީހުން އެންމެފަހުން ބައިތަިއބާފައި އެވަނީ ފުވައްމުލައް ސިޓީގައެވެ.

ފުވައްމުލަކު މީހުން ގަބޫލުކުރާ ގޮތުގައި އައްޑޫ ސިޓީގެ ގިނަބަޔަކު ފުވައްމުލައް ސިޓީގެ މީހުންނާއި މެދު ދެކެނީ ދެވަނަ ދަރަޖައިގެ ބައެއްގެގޮތަށް ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

އިއްޔެ ކޮވިޑް-19 ވެކްސިން ޖަހަން ފެށުމުން ފުވައްމުލައް ސިޓީ ބާކީކުރި ކުރުމުން މިސަރުކާރު ތެރެއިން ވެސް ސިޓީއެއްގެ ދަރަޖާގައި މިންކުރަން ނަންދީފައިވާ ފުވައްމުލަކަށް ހައްގު މިންވަރު ނުލިބޭކަން ހާމަވާކަމަށް ބުނެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ފުވައްމުލަކުގެ މަގުތައް ހަދަމުން ދަނިކޮށް، މެޝިނަރީސްތައް ގެންގޮސް އައްޑޫ ސިޓީގެ ހުޅުމީދޫގެ މަގުތައް ހަދައިނިންމީ އިސްކަންދޭ ތަރުތީ ސަރުކާރުގެ ކަންކަމުން ވެސް ހާމަކޮށްދޭ ދަލިލެއް ކަމަށް ވެސް ބުނެއެވެ.

ރާއްޖޭގައި ޖަހަން ފެށީ އިންޑިއާގެ ސެރަމް އިންސްޓޓިއުޓުން އުފައްދާ އޮކްސްފޯޑް-އެސްތްރަޒެންކާގެ ކޮވިޝިލްޑް ވެކްސިން އެވެ. އެވެކްސިންގެ 1،000،000 ޑޯޒް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހިލޭ ގެނެސްދީފައެވެ.

އިއްޔެގެ ވެކްސިން ޖަހަން ފެށުމުގެ ޚާއްސަ ރަސްމިއްޔާތުގެ އިތުރުން ވެކްސިން ޖަހަން ނިންމާފައިވަނީ އެކަމަށް އެދިގެން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބެއް ކަނޑައަޅާއެއި އެއާއި އެއްގޮތަށްކަމަށް އެޗްޕީއޭއީން ހާމަކުރެއެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހަމުން ދަނީ ސިއްޙީދާއިރާގެ ފަރޮންޓްލައިން ގައި މަސައްކަތް ކުރާ މީހުންނަށެވެ. ދެން ހައިރިސްކް ކެތަގަރީގެ މީހުނަށެވެ. އެއިގެ ފަހުން އާއްމުންނާއި. ގިނައިން ބައްދަލުވާ މީހުންނަށެވެ. އެގޮތުން ފުލހުންޏާއި ސިފައިން އަދި ޓީޗަރުން  ހިމެނެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
އެދުރުބެ
އެދުރުބެ
2 months ago

ހަޤީގަތުގައި މި ސަރުކާރުން އަދި އައްޑޫސިޒީ އަށް ކުރި އެއްވެސް ކަމެއް ނެތް. ހުޅުމީދޫ މަގަކީ ރައީސް ޔާމީން ގެ ދައުރުގައި ހަދަންދަށާ ހަމައެކަނި ތާރުކޮޅު ނޭޅި އޮތް މަގެއް. މުލަކު މަގުތައް ވެސް އެހެން. މުލަކަށް ވެސް ލިބެންޖެހޭ ކުރިއެރުން ލިބެން ޖެހޭނެ. ލިޔުމުގަ ވާ ގޮތަށް އައްޑޫ ކޮވިޑް ފެސިލިޓީއަށް މުލަކުން މީހުން ގެންނަން އިއްތިރާޒް ކުރިނަމަ އެކަމަކީ ވަރަށް ބޮޑު ގޯހެއް. ބަލައި ފިޔަވަޅު އަޅަން ވާނެ.