އުމަރު ހައްޔަރުކުރުމުގެ ކުރިން މިކަންތައްތައް ސާފުކޮށްދެއްވާށެވެ!

:މުހައްމަދު ޔާމީން
Share on facebook
Share on twitter
Share on google

އުތުރު ތިލަފަޅުގައި ސިފައިންްގެ ބަނދަރެއް ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއްމުކުރެއްވި ލިޔެކިއުންތަކަކީ ބޮޑު އޮޅުވައިލުމެއް ކަމަށް ވިދާޅުވެ، އޭނާ ހައްޔަރުކޮށް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ރާއްޖެއާއި އިންޑިއާ ސަރުކާރާއިއެކު އުތުރު ތިލަފަޅު ތަރައްގީކުރުމަށް ވެވުނު އެއްބަސްވުމުގެ ދެލިކޮޕީއެއްކަމަށް ބުނާ ލިއުމެއް އުމަރު ނަސީރު ލީކުކޮށްލުމާއިއެކު އޭނާ ހައްޔަރުކޮށް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.އޭނާ ހައްޔަރުކޮށް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ. ރަގަޅު ވާހަކައެކެވެ. ފިތުނަ ފަސާދަ އުފެއްދުމަކީ އެއްގޮތަކަށްވެސް ދިވެހިން ބޭނުންވާ ކަމެއްނޫނެވެ. ސިޔާސީ ޚިޔާލުތަފާތުވުންތައް އޮތް ނަމަވެސް މިގައުމުން ފިތުނަ ފަސާދައަށް ފުރުސަތު ދީގެންނުވާނެއެވެ.

ނަމަވެސް، އެބުނާ ދެލި ކޮޕީގައި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަންބޮޑުވާންޖެހޭ އެތަށް ކަމެއް ހިމެނިފައިވެއެވެ. ވީމާ އުމަރު ނަސީރު ހައްޔަރުކުރުމުގެ ކުރިން އެކަންތައްސާފުކޮށް ދިނުން މުހިންމެވެ. ޚާއްސަ ގަރާރާއި ބިލާއި ހުށަހަޅަންވީ މިދެންނެވި ކަންތައްތައް އަވަސްކުރުމަށެވެ.

އުމަރު ނަސީރު ލީކުކޮށްލި ދެލިކޮޕީއާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ތަފްސީލެއް ނެތެވެ. ހަަމައެކަނި އެދެލިކޮޕީއަކީ ސައްހައެއްޗެއް ނޫންކަން ބަޔާންކޮށްލީއެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ އެބުނާ ކަރުދާހުގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމުގައި ނުހިމެނެނީ ކޮންކޮން ކަންތަކެއްތޯ ބެލުމަށެވެ. އެއެއްބަސްވުމަކީ ސިއްރެއްކަމަށް ބަލާފައި ސިއްރެއްގެ ގޮތުގައި ބޭއްވުނު ނަމަވެސް، ސައްހަ ނޫންކަމަށް ބުނާ ލިޔެކިއުމުގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެއެއްބަސްވުމުގައި ނުހިމެނޭ ކަންތައްތައް ބަޔާންކުރެވިދާނެއެވެ. މިވަގުތު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކާއި ވަހުމު ފިލުމަށް އެކަންތައް ކުރުން މުހިންމެވެ. އިއްޒަތްތެރި މެންބަރުންނޭވެ. އުމަރު ނަސީރު ހިފާ ހައްޔަރުކުރުމުގެ ކުރިން މިކަންތައްތައް ސާފުކޮށް ދެއްވަ ބައްލަވާށެވެ.

1- ޔޫޓީއެފް ހިންގުމަށާއި އިދާރީ ކަންކަމަށް އެކަށީގެންވާ ވަރަށް އިންޑިއާ ސިފަައިިންނަށް ހުއްދަ ލިބެން ޖެހޭ ވާހަކަ އެބުނާ ސައްހަ ނޫން ލިއުމުގައި އެބައޮތެވެ. އަދި ބަނދަރު ތަރައްގީކުރުމުގެ ކުރިން ޑިޒައިންކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު ވެސް، އަދި ފަހުން ފެސިލިޓީ މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް، އެކަމަށް އެކަށީގެންވާ ވަރަށް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް، އެބުނާ ސައްހަ ނޫން ލިއުމުގައި އެބައޮތެވެ. މިވާހަކަ އަސްލު އެއްބަސްވުމުގައި ނުހިމެނޭތޯއެވެ.

2- ޔޫޓީއެފް ތަރައްގީކުރާނީ އެކަމަށް ކަނޑައަޅާ ކޮމިޓީއަކުން ކަމަށް އެއްބަސްވުމުގައި ސޮއިކުރި ދުވަހު ސަރުކާރުން ހާމަކޮށްފައި އެބައޮތެވެ. ނަމަވެސް އެކޮމިޓީ އެކުލެވިގެންވާ ގޮތް އެދުވަހުވެސް ބަޔާންކޮށެއް ނުދެއެވެ. އެސައްހަ ނޫން ލިއުމުގައި ބުނާ ގޮތުން މިކޮމިޓީ އެކުލެވިގެންވަނީ ދިވެހި ތިން މެންބަރުންނާއި އިންޑިއާ ތިން މެމްބަރުންގެ މައްޗަށެވެ. އެގޮތުން ރާއްޖެއިން ކަނޑައަޅާ ތިން މެންބަރުންނަކީ ޗީފް އޮފް ޑިފެންސް ފޯސް އާއި ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ. އިންޑިއާ ތަމްސީލުކުރައްވާނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރާއި އިންޑިއާ ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ. މިކޮމިޓީގައި ރާއްޖެއަކަށް އަޣުލަބިއްޔަތެއްނެތެވެ. އިއްޒަތްތެރި މެންބަރުންނޭވެ. ސޮއިކުރެވުނު އެއްބަސްވުމުގެ އަސްލުގައި އޮތީ އެގޮތަށް ނޫންކަން ކަށަވަރުކޮށް ދެއްވާށެވެ.

3- ޔޫޓީއެފަކީ ދިވެހި ރާއްޖޭގެ މިލްކެއް ނަމަވެސް ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރުޓީ) އެއް އުފައްދަ އެވެ. ޔޫޓީއެފްގެ ހިންގުމުގައި ދުވަހުން ދުވަހަށް ނަގަން ޖެހޭ ޒިންމާތައް ނަގާނީ ޖޮއިންޓް ރެސިޑެންޓް ޓީމުން ކަމަށް އެބުނާ ސައްހަނޫން އެއްބަސްވުމުގައި އެބައޮތެވެ. ސޮއިކުރެވުނު އެއްބަސްވުމުގެ އަސްލުގައި އެގޮތަށް އެބައޮތްތޯއެވެ.

4- ޔޫޓީއެފްގައި ހިމެނޭ ހުރިހާ ފެސިލިޓީއެއް، އޭގެ ތެރޭގައި ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، ދެ ގައުމުގެ ސިފައިންނަށް ބޭނުންކުރެވޭނެ ކަމަށާއި ބަނދަރު ހެދުމާއި ހިންގުމުގައި އިންޑިއާއިން ވެސް ހޭދަކުރާތީ، ބަނދަރުން އިންޑިއާއިން ހޯދާ އެއްވެސް ހިދުމަތަކަށް ފީއެއް ނުނެގޭނެ ކަމަށް އެބުނާ ސައްހަ ނޫން ލިއުމުގައި އެބައޮތެވެ. އިއްޒަތްތެރި މެންބަރުންނޭވެ. ސޮއިކުރެވުނު އެއްބަސްވުމުގެ އަސްލުގައި މިގޮތަށް ނެތްތޯއެވެ.

5- އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެ ކަމަށާއި އެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރަށް އެއްބަސްވުން ދެމިގެންދާނެ ކަމަށް އެބުނާ ލިއުމުގައިވެއެވެ. ސޮއިކުރެވުނު އެއްބަސްވުމުގެ އަސްލުގައި ވާ މުއްދަތަކީ ކޮބައިތޯއެވެ. އަދި އެއެއްބަސްވުން މުއްދަތު އިތުރުކުރެވޭނެ ގޮތަކީ ކޮބައިތޯއެވެ.

މކަންތައްތަކަކީ އާންމު ރައްޔިތުން އޮޅުފިލުވަން ބޭނުންވާ ކަންތައްތަކެވެ. ވީމާ އުމަރު ނަސީރު ހިފާ ހައްޔަރުކުރުމުގެ ކުރިން މިކަންތައްތައް ސާފުކޮށްދެއްވުން ކީއްތޯއެވެ.

5.0/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
Anonymous
Anonymous
30 days ago

Umar hayyaru kuranjehey aneh baghavaai nugen nanees