އިއްޒަތްތެރި މެންބަރެވެ. ދާއިރާގެ ތަރައްގީއަށް އިސްތިއުފާދިނުން ބުއްދިވެރިއެވެ.

Share on facebook
Share on twitter
Share on google

ކޮންމެ އިންތިޚާބަކީވެސް ސިޔާސީ ވައުދުތަކުގެ މޫސުމެވެ. ޚާއްސަކޮށް ރިއާސީ އިންތިޚާބާއި ބަރުލަމާނު ނުވަތަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުތަކުގެ ވައުދުތައް ފާހަގަކޮށްލެވެ. އެއްވެސް ބަޔަކު މިދެއިންތިޚާބުން ބަލިވާކަށް ބޭނުމެއްނުވެއެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ނިމުނު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފާހަގަކުރެއެވެ. މިހާތަނަށް އެއްދާއިރާއަކަށް އެންމެ ބޮޑެތި ވައުދުވެވުނު އިންތިޚާބެވެ. ރަން ގޮނޑީގެ ގޮތުގައި ސިފަކުރެވުނު އިންތިޚާބެވެ. މިއިންތިޚާބާއިއެކު ސަރުކާރުންވަނީ ބޮޑެތި މަޝްރޫއުތައް އެދާއިރާއަށް އިއުލާންކޮށް ބައެއް މަޝްރޫއުތައް ފަށާފައެވެ. ނަތީޖާއަކީ އެގޮނޑި ފަސޭހަކަމާއިއެކު ސަރުކާރުން ކާމިޔާބުކުރުމެވެ.

ނިމިދިޔަ ބައިއިލެކްޝަނާއިއެކު ސިފަވެގެން މިދިޔައީ ސަރުކާރުން ކިތަންމެ ބޮޑެ ހޭދައެއްކޮށްގެން ވިޔަސް މިދުވަސްކޮޅު ބައިއިލެކްޝަންތައް ކާމިޔާބުކުރަން ބޭނުންވާކަމެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަންތަކެވެ. އެހެންކަމުން، ދާއިރާގެ ތަރައްގީއަށް ދަޑިވަޅުގައި އިންތިއުފާދޭން ކެރޭނީ ކޮން މެންބަރަކަށް ހެއްޔެވެ. އިއްޒަތްތެރި މެންބަރުން ކެންޕޭނުގައި ވިދާޅުވީ އެމެންބަރުން މަސައްކަތް ކުރައްވާނީ ދާއިރާގެ ކުރިއެރުމަށެވެ. ދާއިރާގެ ތަރައްގީއަށެވެ. އެހެންކަމުގައިވާ ނަމަ، މިދަޑިވަޅުގައި އިންތިއުފާ ދެއްވައި އަލުން ބައި އިލެކްޝަނަކަށް ހުޅުވާލުމަކީ ސަރުކާރުން އެދާއިރާއެއްގައި ބޮޑެތި މަޝްރޫއުތައް ފެއްޓުމަށް ކުރެވޭ ޕްރެޝަރެކެވެ.

ބައެއް މެންބަރުން ހިތަށް އަރާވަޑައިގެންފާނެވެ. ސަރުކާރުގެ މެންބަރުންގެ ގޮތުގައި ސަރުކާރަށް ގިނަ ގުނަ ފިއްތުންތައް ކުރިމަތިކުރުވައި ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް މިގެންދަނީ ކުރަމުންނެވެ. ނަމަވެސް، ކޮމަންޑޫ ދާއިރާ ނަމޫނާއަކަށް ބަލާކަމުގައިވާނަމަ، ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާފައިވަނީ އެމްޑީޕީގެ މެންބަރެކެވެ. ގިނަ ގުނަ މަޝްރޫއުތަކުގެ ވާހަކަދެކެވުނެވެ. ނަމަވެސް، ތަރއްގީގެ ގިޔަ ބޮޑެތި މަޝްރޫއުތައް ވައުދަކަށްވެ އެކަމަށް އަމަލީ މަސައްކަތް ފެށުނީ ބައި އިލެކްޝަނާއި ހަމައިންނެވެ. ވީމާ ފެންނާން އޮތް ހަގީގަތަކީ ސަރުކާރުން އިސްކަންދެނީ އިންތިޚާބަށެވެ. ޚާއްސަކޮށް ރިއާސީ އިންތިޚާބާއި ބަރުލަމާނުގެ އިންތިޚާބަށެވެ.

ނިމިދިޔަ ބައިއިލެކްޝަނުގެ ނަތީޖާތަކަށް ބުރަވެ، ދާއިރާގެ ތަރައްގީއަށް އިސްތިއުފާދޭން ކެރޭނީ ރައްޔިތުންގެ މަޖިލީހުގެ ކޮން މެންބަރަކަށް ހެއްޔެވެ.

4.0/5.0 Article rating
14 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments